Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އެމްޑީޕީގެ ކެންޑިޑޭޓުން މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

މާލޭގެ ތަރައްގީއަށްޓަކާ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މިހާރުވެސް މުހިންމު ގިނަ މަސައްކަތް ތަކަކަށް، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހިއްސާކުރާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ މެމްބަރުން ހުރަސް އަޅަމުންދާކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 10:19
އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | އަހުމަދު މައިމޫން މުހައްމަދު

ބުދަ ދުވަހު މައްޗަންގޮޅި އުތުރު ދާއިރާގައި އެމްޑީޕީގެ ކެންޑިޑޭޓުން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް އެ ދާއިރާގެ ރައްޔިތުންގެ ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމް މިހެން ވިދާޅުވީ، މި ކެމްޕެއިން ހަރަކާތާ ގުޅިގެން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުންނެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމްގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

 އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

މިގޮތުން އެމްޑީޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ޚަދީޖާ މުހައްމަދު އާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އައިޝަތު ރީޝާގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ ހައްވާ ސޮހުވާ މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބުން ހާމަވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވައިގެން އޭނާ މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތައް ވެސް ރައްޔިތުން ހެޔޮހިތުން ބަލައިގަނެފައިވާކަން ކަމުގަ އެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަރަށް ބޮޑު ތަރުހީބެއް އެމްޑީޕީ އަށް އޮތްކަން މާލޭގަ. އަޅުގަނޑުމެން ފުދޭވަރަކަށް ބޮޑު އޭރިއާ އެއް ކަވާކޮށްފިން، ހާއްސަކޮށް މައްޗަންގޮޅި އުތުރު ދާއިރާ އިން ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރެވޭ. އަދި ރައްޔިތުން ފާހަގަކުރަމުންދޭ މިހާރުވެސް އެމްޑީޕީގެ މޭޔަރަކު ހުރެގެން މިވީ ކުރު މުއްދަތުގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ކޮށްދީފަ އޮތްކަމަށް، އެހެންވީމަ ފުރިހަމަ ދައުރެއް ދިނުމަކީ ރަނގަޅުކަމެއް ކަމަށް އެމީހުން ބުނަމުންދޭ. އެހެން ވީމަ އަޅުގަނޑަށް ފާހަގަވެގެން މި ދިޔައީ އެމްޑީޕީގެ ޓީމަކާ އެއްކޮށް އަޅުގަނޑަށް މި ފުރުސަތު ލިބުނިއްޔާ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެބަ ގަބޫލު ކުރޭ މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެނެވި، މިހާރު ގެންނަމުންދާ ބަދަލުތައްވެސް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަން
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑިޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގައި ބުދަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

މާލޭގެ ތަރައްގީއަށްޓަކާ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މިހާރުވެސް މުހިންމު ގިނަ މަސައްކަތް ތަކަކަށް، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހިއްސާކުރާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީ މެމްބަރުން ހުރަސް އަޅަމުންދާކަމަށެވެ. ހާއްސަކޮށް ހައުސިން އަދި ބިންތަކުގެ ވާހަކަ މަޝްވަރާކުރުމަށް ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގެ ކޯރަމް ޕީއެންސީގެ މެމްބަރުން ގެއްލުވާލާކަމަށް އާޒިމް ވިދާޅުވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގައި އެމްޑީޕީ އިން ބޭއްވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމް އާއި އެމްޑީޕީ ގެ ކެންޑިޑޭޓުން ވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފަ އެވެ. ދާއިރާގެ އާންމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ހަރަކާތުގައި، އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްއެމްޑީޕީމައްޗަންގޮޅި އުތުރުދޮރުން ދޮރަށް ކެމްޕެއިންއެމްޑީޕީ ދޮރުން ދޮރަށް ކެމްޕެއިންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

04 ފެބުރުއަރީ 2026
މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު

މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު

04 ފެބުރުއަރީ 2026
މޭޔަރު އާޒިމް ހުޅުމާލެ ދެކުނުގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި

މޭޔަރު އާޒިމް ހުޅުމާލެ ދެކުނުގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި

03 ފެބުރުއަރީ 2026
ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު