Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

މާލޭ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ވަނީ ކެންސަލް ކޮށްލާފަ. 19 މެންބަރުންގެ ތެރެއިން 8 މެންބަރުން ހާޒިރުވި އިރު، ކޯރަމް ހަމަވާން 10 މެންބަރުން ބޭނުންވޭ. އެޖެންޑާގައި ބޯހިޔާވަހިކަމުގެ ސްކީމާ ގުޅޭ ކަންކަން ހިމެނުނު އިރު، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ހިނގި ކަންކަން ބެލުން ކުރިއަށް ގެންދިޔަ ނުދިނުމަށް ޕީއެންސީ މެންބަރުން ހާޒިރު ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 10:43
މީގެ ކުރިން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް

މީގެ ކުރިން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް | މާލެ ސިޓީ ކައުންސިލް

ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުން ކޯރަމް ހަމަ ނުވެގެން ނުބޭއްވި، އެންމެފަހުން ނިންމާލައިފި އެވެ. 

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ ބުދަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަން ހާމަ ކޮށް، ޖަލްސާ ފެށި ވަގުތު ތިބި މެންބަރުން ފެންނަ ވީޑިއޯ އެއް 'އެކްސް' ގައި ހިއްސާ ކޮށްފަ އެވެ. 

އެ ވީޑިއޯ އިން ފެންނަނީ ގޮތުގައި އެވަގުތު ޖަލްސާގައ ިތިއްބެވީ މޭޔަރު އާދަމް އާޒިމް އާއި ގަލޮޅު ހުޅަނގު ކައުންސިލަރު މަރިޔަމް ނާޒިމާ، ގަލޮޅު ދެކުނު ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް، ހުޅުމާލެ ކައުންސިލަރު އަލީ އައިމަން، މައްޗަންގޮޅި އުތުރު ކައުންސިލަރު ސައީދާ ރަޝާދު އަދި ހެންވޭރު ހުޅަނގު ކައުންސިލަރު ޝައުފާ ސަލީމް ގެ އިތުރުން ސައިފް އެވެ. 

ބުދަ ދުވަހުގެ އެޖެންޑާ ވެސް ސައިފް ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެޖެންޑާ ގައި ވަނީ  މި ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމާ ގުޅޭ ސްކީމުގެ ޝަރުތުތައް ކަނޑައެޅިއިރު އެ ކައުންސިލްގެ އެއްވެސް މަޝްވަރާ އެއް ހޯދާފައި ނުވާތީ އެ ޝަރުތުތަކުގައި ކަންބޮޑުވުންތަކެއް ހުރިއިރު އެ ކަމަށް ބަދަލު ގެނައުމަށް ސަރުކާރަށް ލަފާ ދިނުމާއި ފެންނަ ގޮތެއް އަންގަން މަޝްވަރާ ކުރުމަށެވެ. 

ކައުންސިލް ގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު އާ ގުޅުން ހުރި މައްސަލަތައް އެޖެންޑާ ކުރާތީ އެކަންކަން ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މުއިއްޒު ގެ މޭޔަރ ކަމުގައި ކޮށްފައިވާ ވައްކަންތައް ބެލުން ކުރިއަށް ގެންދިއުމަށް ޕީއެންސީ ގެ ކައުންސިލް މެމްބަރުން ފުރުސަތު ނުދެނީ ރައްޔިތުންނަށް އެކަންކަން ހިނގައި ދިޔަ ގޮތް ސާފު ވެދާނެތީ ބިރުން ކަމަށް ވެސް ގިނަ ބަޔަކު ބުނަމުން ދެ އެވެ. 

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން ތިއްބަވަނީ 19 ބޭފުޅުންނެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ކައުންސިލަރުންނެވެ. ބުދަ ދުވަހުގެ ޖަލްސާއަށް ހާޒިރުވީ, 8 ކައުންސިލަރުންނެވެ.

މާލޭ ސިޓީ ކައުންސިލުގެ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ގިނަ ކައުންސިލަރުން ޖަލްސާ އަށް ހާޒިރުނުވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ޖަލްސާ ނުބޭއްވިގެން ވަނީ ކެންސަލް ކޮށްފަ އެވެ. 

ޕީއެންސީމާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްސައިފް ފާތިހުބޯހިޔާވަހިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު