ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް
ހޮނިހިރު ދުވަހު ހަވީރު ކުރިޔަށް ދިޔަ މި ހަރަކާތުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ މޭޔަރ އާދަމް އާޒިމް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި.


ވިލިމާލޭގައި ހޮނިހިރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން | އާދަމް އާޒިމް ކެމްޕެއިން ޓީމް
ވިލިމާލޭގައި އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް، ވިލިމާލޭގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ދައްކައިދޭ ކަމެއްކަމަށް ގިނަ ފާރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
ހޮނިހިރު ދުވަހު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ އަހުމަދު ޝާމިން ރަފީޢު ބައިވެރިވެވަޑައިގެންނެވި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ އާއި އެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ޙައްވާ އިބްރާހިމް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

މި ކެމްޕެއިން ހަރަކާތުގެ ތެރެއިން މައުލޫމާތު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބުން އިހުސާސް ކުރެވުނީ އެބޭފުޅާގެ މޭޔަރުކަމުގައި ވިލިމާލެ އަށް ކޮށްދެއްވި ޚިދުމަތްތައް ބަލައިގެންފިކަން ކަމަށެވެ. އަދި ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ހައްލު ހޯދައިދެވޭނީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ހޮވައިދީފިނަމަ ވިލިމާލެއަށް އިތުރު ކުރިއެރުމާއި ތަރައްގީ ގެނައުމަށް އެބޭފުޅުން މަސައްކަތް ކުރާނެ ކަމަށެވެ. ވިލިމާލޭގެ ބިންތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށްޓަކައި އެކަމާ ވިސްނާ ފިކުރުކުރާނެ ކަމަށާއި ވިލިމާލޭ ރައްޔިތުންނާ ވާހަކަދައްކައިގެން ކަންކަން ނިންމުމުގައި އެބޭފުޅުން ދެމިތިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަޅުގަނޑު އެދެނީ އެމްޑީޕީގެ މެމްބަން ހޮވައި ދިނުމަށް. ހާއްސަކޮށް ވިލިމާލޭގެ އެމްޑީޕީގެ މެމްބަރުން ހޮވައިދީފިނަމަ ވިލިމާލެ އަށް އިތުރު ކުރިއަރުމާ ތަރައްގީ ގެންނަން އެބޭފުޅުން މަސައްކަތް ކުރާނެ. ވިލިމާލޭގެ ބިންތައް އެކަށީގެންވާ ގޮތުގަ ބޭނުން ކުރުމަށްޓަކާ އެކަމާ ވިސްނާ ފިކުރު ކުރާނެ. އަދި ވިލިމާލޭ ރައްޔިތުންނާ ވާހަކަ ދައްކައިގެން ކަންކަން ނިންމުމުގަ އެބޭފުޅުން ދެމިތިބޭނެ. މިހާރު ވިލިމާލެ ދާއިރާ އަށް ހޮވާފަވާ ބޭފުޅާ އަކީ މާބޮޑު ކޮންޓްރިބިއުޝަން އެއް ވިލިމާލެ އަށް ކުރާ ބޭފުޅެއް ނޫން. ކައުންސިލް ޖަލްސާތަކަށް އާއްމުކޮށް ހާޒިރުވާ ބޭފުޅެއް ނޫން.މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
މިހާރު ވިލިމާލޭ ދާއިރާ އަށް ހޮވާފައިވާ ބޭފުޅާ އަކީ ވިލިމާލެ އަށް މާބޮޑު ކޮންޓްރިބިއުޝަނެއް ކުރާ ބޭފުޅެއް ނޫން ކަމަށާއި ކައުންސިލް ޖަލްސާތަކަށް ވެސް އާންމުކޮށް ހާޒިރުވާ ބޭފުޅެއް ނޫންކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިހާރު މާލެ ސިޓީގެ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލް މެންބަރުން ވިލިމާލޭގެ މުހިންމު ކަންކަން އެޖެންޑާ ކޮށްފިއްޔާ ކޯރަމް ގެއްލުވާލާކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެހެންކަމުން އެއްގޮތަކަށް ވެސް އެހެން ޕާޓީއެއްގެ މީހެއް ހޮވަން ޖެހޭ ސަބަބެއް މިއަދު ނުފެންނަކަމަށެވެ.

ވިލިމާލޭގައި އެމްޑީޕީން ބޭއްވި މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމް އާއި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. ވިލިމާލޭ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނު މި ފޯރިގަދަ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.







