Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026 | ބުދަ 04:11

އެމްޑީޕީން ބުނީ، މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެނޑިޭޓުންނާއި، ރައީސް ސޯލިހު ބައްދަލު ކުރައްވައި ހިއްވަރު ދެއްވާފައިވާ ކަަމަށް. އަދި އިންތިޚާބާ ގުޅޭގޮތުންނާއި، ކެންޕޭން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2026 | ބުދަ 04:11
ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުން

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުން | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ. 

މި ބައްދަލު ކުރެއްވުން އޮތީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ އަށް އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެނޑިޭޓުންނާއި، ރައީސް ސޯލިހު ބައްދަލު ކުރައްވައި ހިއްވަރު ދެއްވާފައިވާ ކަަމަށެވެ. އަދި އިންތިޚާބާ ގުޅޭގޮތުންނާއި، ކެންޕޭން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. 

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އެމްޑީޕީން އަންނަ މަހު 12، ގައި އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން އިންތިޚާބާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީން ވަނީ އެމައްސަލަތައް ހައްލު ކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ. 

އެގޮތުން ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށާއި، އިންތިޚާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށް ދިނުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ. 

އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތަކީ ކުރު މުއްތަކަށް ވުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

 ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށެވެ.

މި ފަހަރުގެ އިންތިޚާބު ގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހެ އެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބު ކުރަންޖެހެ އެވެ.

އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026މާލޭ ސިޓީ ކައުންސިލްއެމްޑީޕީއިބްރާހިމް މުހައްމަދު ސާލިހުއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
27 ޖެނުއަރީ 2026

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

27 ޖެނުއަރީ 2026
"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
26 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

26 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ
25 ޖެނުއަރީ 2026

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

25 ޖެނުއަރީ 2026
ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް