Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއޯ އިން އިންފްލުއެންޒާ ވެކްސިން ހުސްވުން

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

އެސްޓީއޯ ފާމަސީ ތަކަށް މި ވެކްސިން ގެ އާ ސްޓޮކެއް ލިބޭނެ ދުވަހެއް ވެސް ނޭނގޭ އިރު، އިންފްލުއެންޒާ ގަދައަށް ފެތުރެމުންދާ މި ދުވަސްވަރު، އިންފްލެއެންޒާ އިން ރައްކާތެރި ވުމަށްޓަކައި ވެކިސިން ޖެހުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވާ. މި ސަރުކާރުން ބޭސް އެތެރެކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދާ މުވައްޒަފުންނަށް މުސާރަ ދެމުން ދިޔަ ނަމަވެސް އެ ކުންފުންޔަށް އެތެރެ ކުރެވުނު އެންމެ ބޭސް ގުޅައެއް ވެސް އަދި ނެތް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 13:48
ހެންވޭރުގައި ހުންނަ އެސްޓީއޯ ގެ ފާމަސީ އެއް

ހެންވޭރުގައި ހުންނަ އެސްޓީއޯ ގެ ފާމަސީ އެއް

ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ އިންފްލުއެންޒާ ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާފައި ވަނިކޮށް، ސަރުކާރުން ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އެސްޓީއޯ ގެ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އެސްޓީއޯ ފާމަސީ އެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެސްޓީއޯގެ ހުރިހާ ފާމަސީ އަކުން އިންފްލުއެންޒާ ވެކްސިން ހުސްވެފައިވާ ކަމަށެވެ. އަދި އެސްޓީއޯ ފާމަސީ ތަކަށް މި ވެކްސިން ގެ އާ ސްޓޮކެއް ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމުގަ އެވެ. 

Advertisement - newsAdvertisement

އެޗްޕީއޭ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންފްލުއެންޒާ ގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދާއި ޕޮޒިޓިވްވީ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން  މާލެ ސަރަހައްދުގައި އިންފްލުއެންޒާ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ބައެއް ޑޮކްޓަރުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އިންފްލެއެންޒާ އިން ރައްކާތެރިވުމަށްޓަކައި ވެކިސިން ޖެހުމަށް ވެސް ޑޮކްޓަރުން އިލްތިމާސް ކުރައްވަ އެވެ.

އިންފްލެއެންޒާ ގައި އެންމެ ނުރައްކާތެރި ވަނީ ކުޑަކުދިންނާއި މުސްކުޅިން، އަދި މާބަނޑު އަންހެނުންނެވެ. އިންފްލުއެންޒާ ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.

އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެފައިވާ އިރު، ރައީސް މުއިއްޒު ވަނީ  މިދިޔަ ސެޕްޓެމްބަރު މަހު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަވާ، އެ ކުންފުނީގެ ދަށަށް އެސްޓީއޯ ގެ ހުރިހާ ފާމަސީ އެއް ބަދަލު ކުރަން ނިންމަވާ ފައެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭސް ލިބުމުގެ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔުމާ އެކު އުފެއްދި ކުންފުނިން ރާއްޖެ އަށް އެންމެ ބޭސް ގުޅައެއް ވެސް އަދި އެތެރެއެއް ނުކުރެ އެވެ. 

ކުންފުންޏަށް ވެރިޔަކު އައްޔަންކޮށް، ވަޒީފާތަކަށް މީހުން ނަގައިގެން، ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ. ނަމަވެސް ބޭސް ލިބުމުގެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ. 

އިންފުލުއެންޒާއެޗް.ޕީ.އޭއެސްޓީއޯޑރ. މުއިއްޒުމާލެސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

27 ޖެނުއަރީ 2026
 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ

އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ

26 ޖެނުއަރީ 2026
ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު