Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެސިޓީ ކައުންސިލް

ރަމަޟާން މަހަށް މިދަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން، ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އަޅުކަން ކުރެވޭނެ ގޮތަށް މިސްކިތުގައި ހުރިހާ އިންތިޒާމެއް ހަމަ ޖައްސާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ފެބުރުއަރީ 2026 | އާދީއްތަ 08:38
ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަމަޟާން މަހަށް ވަރަށް ފުރިހަމަ އަށް ތައްޔާރު ވަމުންދާ ކަމަށާއި، ރަމަޟާން މަސް އައުމުގެ ކުރިން މާލެސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަ އިސްކަމެއްދީގެން މިސްކިތްތައް އާބާތުރަ ފިލުވައި، މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ.

މި މަސައްކަތްތައް ކުރިއަށްދާ ގޮތް ހޮނިހިރު ދުވަހު ބައްލަވާ ލައްވައި މޭޔަރު އާޒިމް ވިދާޅުވީ، ރަމަޟާން މަސް އައުމުގެ ކުރިން ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވައި، މަރާމާތުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ. މިހާރު ވެސް އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މިސްކިތުގެ ސައުންޑް ސިސްޓަމް ރަނގަޅު ކުރުމާއި، މިސްކިތްތައް އޭސީ ކުރުމާއި، މިސްކިތްތަކުގެ ފެން ފައިބާ ތަންތަނުގެ މައްސަލަ ހައްލު ކުރުމާއި، ފާޚާނާ މަރާމާތު ކުރަންޖެހޭ މިސްކިތްތަކުގެ ފާޚާނާ ތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޮޑެތި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކުލަ ލުމުގެ މަސައްކަތްތައް ބަރަށް ކުރިއަށްދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އަޅުކަން ކުރެވޭނެ ގޮތަށް މިސްކިތުގައި ހުރިހާ އިންތިޒާމެއް ހަމަ ޖައްސާނެ ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިވެ. 

ރޯދަ އަންނައިރު، މާލެސިޓީ ކައުންސިލުން ބަލަހައްޓާ ހުރިހާ މިސްކިތެއް ހުންނާނީ ހިތްފަސޭހަކޮށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައި.  
މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް 

މާލެސިޓީ ކައުންސިލުން އަބަދުވެސް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އަދި ޚާއްސަކޮށް ކޮންމެ ރަމަޟާން މަހާ ދިމާކޮށް އެ މަސައްކަތް ފުޅާ ކުރެ އެވެ.

ރަަމަޟާންމާލޭ ސިޓީ ކައުންސިލްއާދަމް އާޒިމް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

30 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭ، ކުކުޅު ފިހާރައިގެ ރޯދަ ޕްރޮމޯޝަން ފަށައިފި

28 ޖެނުއަރީ 2026
30 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭ، ކުކުޅު ފިހާރައިގެ ރޯދަ ޕްރޮމޯޝަން ފަށައިފި
28 ޖެނުއަރީ 2026

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

28 ޖެނުއަރީ 2026
ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
24 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

24 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް
23 ޖެނުއަރީ 2026

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026
ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި
22 ޖެނުއަރީ 2026

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް
22 ޖެނުއަރީ 2026

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

22 ޖެނުއަރީ 2026
މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!
22 ޖެނުއަރީ 2026

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި
21 ޖެނުއަރީ 2026

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

21 ޖެނުއަރީ 2026
މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު