Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޔަރ އާދަމް އާޒިމް

މޭޔަރު އާޒިމް ހުޅުމާލެ ދެކުނުގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި

އަންގާރަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމްގެ އިތުރުން، އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަޙުމަދު ޣާލިބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ މަރިޔަމް އަމީނާ ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 3 ފެބުރުއަރީ 2026 | އަންގާރަ 17:36
އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެވެސް މޭޔަރު އާދަމް އާޒިމް ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި "ދޮރުން ދޮރަށް" ހަރަކާތެއް އަންގާރަ ދުވަހު ކުރިއަށް ގެންދަވައިފި އެވެ.

މި ހަރަކާތަކީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާޒިމްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

މިގޮތުން އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަޙުމަދު ޣާލިބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ މަރިޔަމް އަމީނާ ވެސް މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

މި ހަރަކާތާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް، އެބޭފުޅުންގެ ޚިޔާލުތައް ވަރަށް ގާތުން އަޑުއެހުން ކަމަށެވެ. އަދި އަމާޒަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް، އެ ރައްޔިތުން ބޭނުންވާ ގޮތަށް ފޯރުކޮށްދިނުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ވާދަކުރައްވާ، މާލެ ސިޓީގެ މިހާރުގެ ވެސް މޭޔަރ އާދަމް އާޒިމް، ހުޅުމާލެ ދެކުނު ދާއިރާގައި އަންގާރަ ދުވަހު ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ޕާޓީ އަކަށް ވާތީ، އަޅުގަނޑުމެންގެ މަސައްކަތް މިކުރެވެނީ ކޮންމެ ދުވަހަކުވެސް އެކި އެކި ރައްޔިތުންނާ ބައްދަލުކޮށް ހިޔާލުތައް ހޯދައިގެން، ހުރި ދަތިތައް ބަލާ، އަޑުއަހާ، އެމީހުންނަށް އެކަން ހައްލުކޮށްދިނުން. އެއީ އަޅުގަނޑުމެންގެ ޒިންމާ އެއް.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ރަސްމީކޮށް ސިޓީ ކައުންސިލާ ހަވާލުނުކުރި ނަމަވެސް، މިހާރުވެސް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވީ ހުޅުމާލޭގައި ހުރި ހުރިހާ މިސްކިތްތަކެއްގެ އާބާތުރަ ފިލުވުމަށް ކައުންސިލުން ކުރެއްވި މަސައްކަތްތަކެވެ.

މި ކެމްޕެއިން ހަރަކާތުގެ ތެރެއިން މޭޔަރު އާޒިމާއި އެމްޑީޕީގެ ކެނޑިޑޭޓުން ވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފަ އެވެ. އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ މި ހަރަކާތަށް އެ ދާއިރާގެ އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެ އެވެ.

އާދަމް އާޒިމްއެމްޑީޕީމާލޭ ސިޓީ ކައުންސިލްހުޅުމާލެ ދެކުނުބުރިލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީދޮރުން ދޮރަށް ކެމްޕެއިން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

03 ފެބުރުއަރީ 2026
ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ
03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
03 ފެބުރުއަރީ 2026

ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

03 ފެބުރުއަރީ 2026
ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ
03 ފެބުރުއަރީ 2026

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

03 ފެބުރުއަރީ 2026
އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު
03 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ގއ.ކޮލަމާފުށީގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް ބައްދަލުކުރައްވައިފި

ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!

03 ފެބުރުއަރީ 2026
ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!
03 ފެބުރުއަރީ 2026

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

03 ފެބުރުއަރީ 2026
ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ
03 ފެބުރުއަރީ 2026

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު

03 ފެބުރުއަރީ 2026
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު
03 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު
02 ފެބުރުއަރީ 2026

ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު