Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ނުފޫޒު

އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިޢުލާންކުރެއްވި އަބްދުލްކަރީމް އަބްދުﷲގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރީ ކަރީމް އިންތިޚާބުގައި ވާދަކުރައްވާތީ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ފެބުރުއަރީ 2026 | ހުކުރު 13:51
 ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ  ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ | ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ  ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރައްން ނިންމާފައި ވަނިކޮށް އޭނާ ގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި އެވެ.

ރާއްޖެޓީވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އަބްދުއްރަހީމް ވަނީ އޭނާ ގެ ކޮއްކޮގެ ނަން ނެގުމަށް ބާރު އަޅަން މަސައްކަތް ވެސް ކުރައްވާފައި އެވެ. ކަރީމް ކައުންސިލް އިންތިޚާބުގައި ފޮނަދޫގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. 

Advertisement - newsAdvertisement

މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ ވަކިކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި ދުންޔާ އަބްދުލް ކަރީމް އާއި ފުނަދޫ ވެމްކޯގައި ވަޒީފާ އަދާކުރަމުންދާ އާލިމް އަބްދުލް ކަރީމެވެ. އޭގެ ތެރެއިން ދުންޔާ މަޤާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށާއި އާލިމް ވަކި ކުރީ ބުރާސްފަތި ދުވަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަރީމް ވަނީ އޭނާ ގެ ކުދިން މަޤާމުން ވަކިކޮށްފައި ވަނީ އޭނާ އިންތިޚާބަށް ވާދަކުރައްވާތީ ކަމަށް ފާހަގަކުރައްވާފަ އެވެ. ފެނުމުން މަޚްރޫމްވެފައިވާ ކަރީމް ވަނީ އޭނާ މި އިންތިޚާބަށް ވާދަކުރައްވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހަތަށް ނުޖެހި އެހެން މީހުންނާއި އެއް ހަމައިގައި ޚިދުމަތް ކޮށްދެވޭނެ ކަމުގެ މެސެޖު ދިނުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ކަރީމް އަކީ އަބްދުއްރަހީމްގެ އެއް މާބަނޑު ކޮއްކޮ އެވެ. އިންތިޚާބަށް ވާދަ ނުކުރުމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާ އިން އާއްމުން ވަކިކުރުމުގެ ކަންކަން ދަނީ ފެންމަތި ވަމުންނެވެ. 

އަބްދުއްރަހީމް އަބްދުﷲއަބްދުލްކަރީމް އާދަމްޕީއެންސީފޮނަދޫ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
03 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު
02 ފެބުރުއަރީ 2026

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
02 ފެބުރުއަރީ 2026

ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!

02 ފެބުރުއަރީ 2026
ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!
01 ފެބުރުއަރީ 2026

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު