Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ސަރުކާރު ބަލިކުރާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބާރުވެރިކަމަށްޓަކައި އެ ޕާޓީން އުފަންކުރި ނިޒާމެއް ކަމަށް މޫސާ މަނިކު ވިދާޅުވި. މި އިންތިޚާބުގެ ނަތީޖާއާއެކު ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި، ރައްޔިތުންގެ ބާރު އަނބުރާ ހޯދުމަށް އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 08:54
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ހަތަރު ގަޑިއިރު ވަންދެން ބޮޑެތި ސްޕީޗު ދެއްވަމުން ގެންދަވީ  ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެކަން އިނގޭތީ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީން ވަރަށް ރީތިކޮށް ސަރުކާރު ބަލިކޮށްލާނެކަމަށާއި ރައްޔިތުންނަށް އެކަން އިނގޭނެކަމަށެވެ. އަދި ސަރުކާރު ބަލިވާނެތީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ފެން ބޮއިބޮއިފައި އަމިއްލައަށް ހުންނަވައިގެން ބޮޑެތި ސިންގާ ސްޕީޗު ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސަރުކާރުން ކުރާނެ ކަންތައްތަކާއި ވާނެ ކަންތައްތައް ނެތުމުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ. ކުޑަކޮށް ވިދާޅުވިޔަސް އެއަރޕޯޓް ވެސް އަޅާނެކަން ގަބޫލުކުރެވޭނެކަމަށާއި ޖެހިގެން ހުރި ގޭގެ ފުރާޅުގައި ޓިނު ބަދަލުކުރާ ވާހަކަ ދައްކާ ސަރުކާރުގެ ހުރިހާ ބަގީއެއްގެ ފުރޮޅު މާދަމާއިން ފެށިގެން ބަދަލުކުރަމުންގެންދާނެކަމަށް ކޮންމެހެން ރިޔާސީ ބަޔާނެއްގައި ވިދާޅުވާން ނުޖެހޭ ކަމަށެވެ. 

ހަމަ ކުޑަކޮށް ވިދާޅުވިޔަސް، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ އެއަރޕޯޓް ވެސް އަޅާނެކަން. އާދެ! އަޅުގަނޑު މިހާރު މި ގަސްތުކުރަނީ، ޖީކަންހުރި ގޭގެ ހަތަރު ގަޑި ފުރާޅުގައި ޓިނު ބަދަލުކުރާ ސަރުކާރުގެ ބަހައްޓާފައި ހުރިހާ ބަގީއެއްގެ ފުރޮޅު މާދަމާއިން ފެށިގެން ބަދަލުކުރަމުންގެންދާނެ. ހަމަ މިއީ ކޮންމެ ރިޔާސީ ބަޔާނެއްގައި ދައްކަންޖެހޭ ވާހަކައެއް ނޫން. އެހެންނަމަވެސް، އެ ވާހަކަވެސް އިތުރުކޮށްލަނީ. ސަރުކާރުން ކުރާނެ ކަންތައްތަކާއި ވާނެ ކަންތައްތައް ނެތީމަ ތިބެފައި ނޭނގިވަޑައިގަންނަވާނެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު 

މޫސަ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފަންކުރި އެއްޗެއްކަމަށާއި އެއީ ދިވެހި ރައްޔިތުންނަށްޓަކައި އުފަންކުރި އެއްޗެއްކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު އެ މީހުންގެ ރަށްރަށުގައި ތިބެގެން އެ މީހުންގެ މައްޗަށް ވެރިކަން ކުރުން ނުވަތަ އެ މީހުންގެ ރަށްރަށް ހިންގައިދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރައްޔިތުން ގޮނޑިތައް ސަރުކާރަށް ދެއްވައިފިއްޔާ އަލުން އަނބުރާ ހޯދުމުގައި ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިލާންޖެހޭނެކަމަށެވެ. 

ކުރީގައި އޮތް ކަތީބުންގެ ނިޒާމު އަޅުގަނޑުމެން ބަދަލުކުރީ، މި ދެންނެވި އުސޫލުން ގެންނަން. އަތޮޅުތައްވެސް އަޅުގަނޑުމެން ބަދަލުކުރީ މި އުސޫލުން ގެންނަން. ސަލާމަތުން ބުއްދިވެރި ކޮންމެ މީހަކަށް ރަނގަޅަށް އެނގޭނެ މިހާރު އެހެރީ ވަރަށް ރީތިކޮށް. މިނިސްޓްރީއެއް އުފައްދާފައިކަން ޙަޤީޤަތުގައި މި ގެންދަނީ ހަމަ ވަރަށް ރީއްޗަށް މި އިންތިޚާބު ނެގުމަށްފަހުގައި. ރާއްޖޭގެ ރައްޔިތުން ވިސްނާވަޑައިގަންނަވާނީ، އެއްވެސް ބޭފުޅަކު ތިބޭފުޅުންގެ ގޮނޑިތައް، މި ދެންނެވީ ރަށްރަށުގައި ހުރި މިއަދު އަދި ގާނޫނުގެ ދިރިއޮތް ގޮނޑިތައް ވެސް ސަރުކާރަށް ދެއްވައިފިއްޔާ އަލުން އަނބުރާ މި ހޯދުމުގައި ވަރަށް ބޮޑު އުނދަގުލެއް އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭނެ. 
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު 

މޫސަ ވިދާޅުވީ ކައުންސިލުތައް އެމްޑީޕީން އިހު އެއްގޮތަށް ގާއިމުކުރާނެކަމަށާއި ރާއްޖޭގެ އަތޮޅު ކައުންސިލުތަކަށް ވެސް ގާއިމުކުރާނެކަމަށެވެ. ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ހޯދައިދޭނެކަމަށާއި މިކަން ކުރެވެން އަންނަނީ ރައްޔިތުން އެމްޑީޕީން ދައްކާ ވާހަކަ ގަބޫލުކޮށް އެކީގައި މިކަން ކުރިއަށް ގެންދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މި އިންތިހާބު ނިމޭއިރުގައި ސަރުކާރަށް ކޮންމެވެސް ވަރަކަށް ގޮނޑި ކޮޅެއް ލިބޭނެކަމުގެ ނަތީޖާ ބަދަލުވާ ހިސާބުން ކޯޓުތައް ވެސް ބަދަލުވާނެ ކަމަށާއި ސިފައިންނާއި ފުލުހުން ވެސް ބަދަލުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެމްޑީޕީއަށް ސޮއިކުރަން އަންނާނެކަމަށާއި އެމްޑީޕީން ތިބީ ތައްޔާރަށްކަމަށް އޭނާ ވިދާޅުވި އެވެ.

މޫސާ މަނިކުއެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކައުންސިލް އިންތިޚާބުލާމަރުކަޒީ ނިޒާމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

06 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު