Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޕްސްޓީން ފައިލްސް

ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ ވަހީދުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ލަފާ ހޯދީ އެޕްސްޓީންގެ ފަރާތުން

1 ފެބުރުއަރީ 2026 | އާދީއްތަ 14:44

2013 ގައި ނަން ހާމަނުކުރާ ފަންޑް މެނޭޖަރަކު ރާއްޖޭގައި 4 ބިލިއަން ޑޮލަރު ބަހައްޓަން ތައްޔާރަށް ހުރިކަމަށް ބުނެ ފިނޭންސް މިނިސްޓަރާއި ސިޔާސީ އިސް ބޭފުޅަކު މި ކަމުގައި އުޅުއްވި އިރު، ޑރ. ވަހީދަށް އެޕްސްޓީން ލަފާ ދިނީ އެއީ ފްރޯޑެއްކަމަށާއި، ދުރުގައި ހުންނަވައި، ސިޔާސީ ވާދަވެރިޔާ މޮޔައެއްގެ ގޮތުގައި ފެންނާނެ ގޮތަށް ކަންތައް ރާވާލެވިދާނެ ކަމަށް.

ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 14:44
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު. | ރައީސް އޮފީސް

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ އޭރުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ޑރ. ވަހީދު ލަފާ ހޯއްދެވީ އެޕްސްޓީންގެ ފަރާތުން ކަން ހާމަ ވެއްޖެ އެވެ.

ޖަނަވަރީ 26، 2013 ގައި ލަފަޔަކަށް އެދި އޭރުގެ ރައީސް ޑރ. ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލެއް ގައި ފިނޭންސް މިނިސްޓަރު ވިދާޅުވަމުން ގެންދަވަނީ، ނަން ހާމަކުރަން ބޭނުންނުވާ ފަންޑް މެނޭޖަރަކު ރާއްޖޭގައި 4 ބިލިއަން ޑޮލަރު ބަހައްޓަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ސަރުކާރުގެ ޕްރޮމިސަރީ ނޯޓުތަކެއްގެ ބަދަލުގައި، އޭގެ ތެރެއިން ވަކި އިންސައްތައެއް ލޯނެއްގެ ގޮތުގައި ދޫކުރަން އެ ފަރާތުން ބޭނުންވާ ކަމަށެވެ. މި 4 ބިލިއަން ޑޮލަރު ޖަމާކުރާނީ މަރުކަޒީ ބޭންކަށް ކަމަށާއި، ނަމަވެސް، މި ލޯނު ލިބިގަތުމަށްޓަކައި ސަރުކާރުގެ ފުރިހަމަ މިލްކުވެރިކަން އޮންނަ، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ޚާއްޞަ ކުންފުންޏެއް (ސްޕެޝަލް ޕާޕަސް ވެހިކަލް) އުފެއްދުމަށް އެ ފަރާތުން ޝަރުޠުކުރާ ކަމަށާއި، މިފަދަ ކުންފުންޏެއް އުފެއްދޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށް ވަހީދު ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެ ފަންޑް މެނޭޖަރު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާއިން ވަކި އިންސައްތައެއް 'އަޕް ފްރަންޓް' ފީއެއްގެ ގޮތުގައި ރާއްޖެ އިން ނަގާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވާ ކަމަށް ވަހީދު އަމިއްލަ އަށް ފޮނުއްވާފައިވާ މެއިލް ގައިވެ އެވެ.

މިކަމާ ބެހޭގޮތުން ވަހީދަށް އެކަށީގެންވާ ވަރުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި، އެ ފަންޑް މެނޭޖަރަކީ ކާކުކަމެއް ނޭނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"އެމީހުން އަބަދުވެސް ބޭނުންވަނީ ފިނޭންސް މިނިސްޓަރު ބެންކޮކް ނުވަތަ ރާއްޖެއިން ބޭރުގެ ކޮންމެވެސް ތަނެއްގައި ބައްދަލުކުރުމަށެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އެއް ނެތް އިރު އަދި ދައުލަތުގެ ދަރަނި މިހާ މަތީގައި އޮތްއިރު، މިހާ ބޮޑު ޢަދަދެއްގެ ފައިސާ މިތަނުގައި ބަހައްޓަން އެމީހުން ބޭނުންވާނީ ކީއްވެގެން ހެއްޔެވެ؟ މިކަމާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ،" ވަހީދު ލިޔުއްވާފައިވެ އެވެ.

އެހެން ކަމުން މިކަމުގައި ކަންތައް ކުރަންވީ ކިހިނެއްތޯ ޑރ. ވަހީދު އެޕްސްޓީން ގެ ގާތުގައި އައްސަވާފައިވެ އެވެ.

އަދި މިކަމުގައި ވަރަށް ކަންބޮޑުވެފައި ހުންނެވި ކަމަށާއި ފިނޭންސް މިނިސްޓަރުގެ އިތުރުން، ސިޔާސީ އިސް ބޭފުޅަކާއި ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވެސް ހުންނެވީ މިކަމުގެ ފަހަތުގައި ކަމަށް ވަހީދު ލިޔުއްވާފައިވެ އެވެ.

"އޭނާ އަކީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑާ އެންމެ ވާދަވެރިވާނެ ފަރާތަށް ވެސް ވެދާނެއެވެ." ވަހީދު ވިދާޅުވި އެވެ.

މި އީމެއިލްގެ ޖަވާބުގައި އެޕްސްޓީން ޖެހިގެން އައި ދުވަހު ބުނެފައިވަނީ އެއީ ފްރޯޑެއް ކަމަށެވެ.

އަދި މިކަމާ ދުރުގައި ހުންނަވެމަށް އެޕްސްޓީން ޑރ. ވަހީދަށް ލަފާ ދީފައިވެ އެވެ. އެހެން ނަމަވެސް، އިތުރަށް އެޕްސްޓީން ލިޔެފައިވާ ގޮތުގައި ޑރ. ވަހީދުގެ ސިޔާސީ ވާދަވެރިޔާ ލަދުގަންނަވާލަން ބޭނުންފުޅު ނަމަ، އޭނާ މޮޔައެއްގެ ގޮތުގައި ފެންނާނެ ގޮތަކަށް ކަންކަން ރާވާލެވިދާނެ ކަމަށް އެޕްސްޓީން ބުނެފައިވެ އެވެ.

"އޭނާ މިކަމަށް އެއްބަސް ކުރުވަންވީ، ސަބަބުތައް ބަޔާންކޮށް، ވީހާވެސް ގިނަ ތަފްޞީލާއެކު މެމޯއެއް ހުށަހެޅުމަށް އެދިވަޑައިގަންނަވާށެވެ. އޭރުން މިއީ މަކަރެއްކަން ސާބިތުވާ ދުވަހު، "ފުރުޞަތެއް ދޫކޮށްލީއޭ" ބުނެ އޭނާ އަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެއެވެ. ކޮންމެއަކަސް ތިޔަ ހުންނެވީ ސަލާމަތުން ކަމަށްވާތީ އުފާކުރަމެވެ،" އެޕްސްޓީން ދިން ލަފާ ގައިވެ އެވެ.

އެޕްސްޓީންގެ ލަފަޔަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ޑރ. ވަހީދު ވަނީ އިތުރު އީމެއިލް އެއް ފޮނުއްވާފައެވެ. އޭގައި ތިޔައީ ތިމަންނާ ސަލާމަތްކޮށްދިން ފަރާތޭ، އަޅުގަނޑު ކަންތައް ކުރާނީ ހަމަ ތިޔަ ބުނި ގޮތަށޭ ޑރ. ވަހީދު ވިދާޅުވި އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަންއެޕްސްޓީން ފައިލްސްއެޕްސްޓީން-ޑރ.ވަހީދުޖެފްރީ އެޕްސްޓީން

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

25 ޖޫން 2026

ރަޝިޔާގެ އަންހެނުންތަކަކާއެކު ބޭއްވި ސިއްރު ގުޅުންތަކެއް ބޭނުންކޮށްގެން އެޕްސްޓީން ބްލެކްމެއިލް ކުރަން އުޅުނު ކަމަށް ބިލް ގޭޓްސް ވިދާޅުވެއްޖެ

25 ޖޫން 2026
ރަޝިޔާގެ އަންހެނުންތަކަކާއެކު ބޭއްވި ސިއްރު ގުޅުންތަކެއް ބޭނުންކޮށްގެން އެޕްސްޓީން ބްލެކްމެއިލް ކުރަން އުޅުނު ކަމަށް ބިލް ގޭޓްސް ވިދާޅުވެއްޖެ
11 ޖޫން 2026

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

11 ޖޫން 2026
އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް
10 ޖޫން 2026

އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ

10 ޖޫން 2026
އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ
07 މާރިޗު 2026

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި

07 މާރިޗު 2026
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި
05 މާރިޗު 2026

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ
02 މާރިޗު 2026

އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ

02 މާރިޗު 2026
އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ
28 ފެބުރުއަރީ 2026

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

28 ފެބުރުއަރީ 2026
ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން
27 ފެބުރުއަރީ 2026

އެޕްސްޓީންގެ މައްސަލާގައި ހިލަރީ ކްލިންޓަން ކޮންގްރެސްއަށް ހާޒިރުކޮށްފި

27 ފެބުރުއަރީ 2026
އެޕްސްޓީންގެ މައްސަލާގައި ހިލަރީ ކްލިންޓަން ކޮންގްރެސްއަށް ހާޒިރުކޮށްފި
27 ފެބުރުއަރީ 2026

އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ

27 ފެބުރުއަރީ 2026
އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ
24 ފެބުރުއަރީ 2026

ހައްޔަރު ކުރިތާ ގިނައިރު ތަކެއް ނުވަނީސް، ކަފާލާތުގެ ދަށުން މެންޑެލްސަން ދޫކޮށްލައިފި

24 ފެބުރުއަރީ 2026
ހައްޔަރު ކުރިތާ ގިނައިރު ތަކެއް ނުވަނީސް، ކަފާލާތުގެ ދަށުން މެންޑެލްސަން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް