Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

އަރާގްޗީ ވިދާޅުވީ، އީރާންގެ ސުލްޙަވެރި ނިއުކްލިއާ ޕްރޮގްރާމް އާއި، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތަށް ޓަކައި އެ ޤައުމުން މިހާތަނަށް ވަރަށް ބޮޑު ޤުރުބާނީއެއް ވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 09:13
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް

އީރާން އަށް ބިރު ދެއްކުމުގެ ގޮތުން އެމެރިކާ އިން އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް، ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު ދޫކޮށް ނުލާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު، އީރާންގެ ވެރި ރަށް ތެހެރާންގައި އޮތް ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަރާގްޗީ ވަނީ، އެމެރިކާ އިން އީރާން އަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާ އެކު ވެސް، އެ ޤައުމުން ބޯ ގުދު ނުކުރާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފަ އެވެ. 

އަރާގްޗީ ވިދާޅުވީ، އީރާންގެ ސުލްޙަވެރި ނިއުކްލިއާ ޕްރޮގްރާމް އާއި، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތަށް ޓަކައި އެ ޤައުމުން މިހާތަނަށް ވަރަށް ބޮޑު ޤުރުބާނީއެއް ވެފައިވާ ކަމަށެވެ. އަދި ހަނގުރާމައެއް ކުރިމަތިވި ކަމުގައި ވިޔަސް، ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓައި ނުލާން ނިންމީ، އީރާންގެ އަމަލުތައް ބަހައްޓަންވީ ގޮތް ބުނެދިނުމުގެ ހައްގު އެއްވެސް ބަޔަކަށް ލިބިގެން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިފަދަ މޭރުމަކުން އަރާގްޗީ ވާހަކަ ދައްކަވާފައި މި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ހުކުރު ދުވަހު އޮމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު އެވެ. އެ މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ބައިވެރިވެ ވަޑައިގެންނެވިއިރު، އޭގެ ދެ ދުވަސް ފަހުން އަރާގްޗީ މި ވަނީ އެމެރިކާ ދެކެ ބިރު ނުގަންނަ ކަމަށް ވިދާޅުވެފަ އެވެ. ގަލްފު ސަރަހައްދަށް އެމެރިކާގެ އަސްކަރީ މަނަވަރުތައް ފޮނުވައިގެން އީރާން އަށް ބިރު ނުދެއްކާނެ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އީރާންގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އީރާން އިން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިއާ މަސައްކަތަކީ ހަމައެކަނި ސުލްހަވެރި ބޭނުން ތަކަށް ކުރިއަށް ގެންދާ މަސައްކަތް ތަކެއް ކަމަަށެވެ. އެހެން ނަމަވެސް، އެމެރިކާ އިން އަންނަނީ އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ އެކު، އިންޒާރު ވެސް ދެމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާންއައްބާސް އަރަގްޗީޔުރޭނިއަމް އެންރިޗްމަންޓްއީރާން-އެމެރިކާސްޓީވް ވިޓްކޮފްރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު