Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މައްސަލައިގައި އިޓްލޮސްގެ ހުކުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އަސްކަރިއްޔާ އިން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފަށާފައި.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 06:12
 ޗާގޯސް ގެ އަސްލު ވަޒަންވެރިން ކަމަށް ބުނާ ޗާގޯސިއަން ކޮމިއުނިޓީގެ މެމްބަރުން އިނގިރޭސިވިލާތުގެ ޕާލަމެންޓުން ބޭރުގައި ބެނާތަކާއި ޕްލެކާޑްތަކާއެކު، ޗަގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރަނީ - 7 އޮކްޓޯބަރު 2024

ޗާގޯސް ގެ އަސްލު ވަޒަންވެރިން ކަމަށް ބުނާ ޗާގޯސިއަން ކޮމިއުނިޓީގެ މެމްބަރުން އިނގިރޭސިވިލާތުގެ ޕާލަމެންޓުން ބޭރުގައި ބެނާތަކާއި ޕްލެކާޑްތަކާއެކު، ޗަގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރަނީ - 7 އޮކްޓޯބަރު 2024 | އޭއެފްޕީ

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން މޮރިޝަސްއަށް ބަދަލުކުރުމަށް އެ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ މެދު ދިވެހިރާއްޖެއިން އިއުތިރާޒުކުރާކަން ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ހާމަ ކުރެެއްވި ތަނުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިންގެ ނިންމުމަށް ތާއީދު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، އިނގިރޭސިވިލާތުގެ އެ ނިންމުން ގަބޫލުނުކުރާކަން ހާމަކޮށް، 2024 ނޮވެމްބަރު 8 އަދި 2026 ޖެނުއަރީ 18 ވަނަ ދުވަހު ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާއެކު ފޯނުން ކުރެއްވި މަޝްވަރާގައި، މި މައްސަލައިގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ބޭނުންވާކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކުރި ހުކުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް މުއިއްޒު 2026 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަން ގަބޫލުކުރައްވައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2022 އޮގަސްޓު 22 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ ބާތިލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް މުއިއްޒު އިއުލާނުކުރެއްވި އެވެ.

މުއިއްޒު ގެ ނިންމެވުމާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ދިވެހި އަސްކަރިއްޔާ އިން އިޓްލޮސް އިން މޮރިޝަސް ގެ ސަރަހައްދު ކަމަށް ކަނޑައެޅި ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

މިކަން މިހެން ހިނގާފައި ވަނިކޮށް ބުރާސްފަތި ދުވަހު، އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމާ ދެކޮޅަށް މީގެ ކުރިން ގެންގުޅުއްވި ސިޔާސަތު ދޫކޮށްލައްވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބުރާސްފަތި ދުވަހު ވަނީ ހާމަކުރައްވާފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރއާ މަޝްވަރާ ކުރެއްވުމަށްފަހު 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އަސްކަރީ ބޭސް އާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ އެއްބަސްވުން އުުވާލައިފިނަމަ ނުވަތަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި، ޑިއޭގޯ ގާސިއާގައި އޮތް އެމެރިކާގެ ބާރުވެރިކަން "ރައްކާތެރިކޮށް ވަރުގަދަކުރުމުގެ" އިޚްތިޔާރު އެމަނިކުފާނަށް އޮންނާނެ ކަމަށެވެ.

މި ކަން ހިނގާފައި މިވަނީ ޗާގޯސްގެ މައްސަލައިގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމާ ގުޅޭގޮތުން އިނގިރޭސި ޕާލަމެންޓުގައި ކުރަން ރޭވި ބަހުސްތައް، ޓްރަމްޕްގެ ފާޑުކިޔުންތަކާ ގުޅިގެން މިދިޔަ މަހު ވަނީ ފަސްކޮށްފަ އެވެ.

މި އެއްބަސްވުމުގެ ބަހުސް އަލުން ފެންމަތިވެފައިވަނީ، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ "ބޮޑު މޮޔަކަމެއްގެ" ގޮތުގައި ޓްރަމްޕް ސިފަކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ މޭ މަހު އިނގިރޭސިވިލާތާއި މޮރިޝަސްއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދެ ގަރުނަށް ވުރެ ގިނަ ދުވަސްވީ ޗާގޯސް ގައި އޮތް އިނގިރޭސި އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން، ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް ލިބިގެންވެ އެވެ.

ހަތް އަތޮޅެއްގެ މައްޗަށް އެކުލެވޭ 60 އަށްވުރެ ގިނަ ރަށް ހިމެނޭ ޗާގޯސް އާކިޕެލަގޯ އަކީ ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (310 މޭލު) ދުރުގައި، އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ ސަރަހައްދެކެވެ.

ޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑޮނަލްޑް ޓްރަމްޕްޑިއެގޯ ގާސިއާރާއްޖެ-މޮރިޝަސްޗާގޯސް-ރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

06 ފެބުރުއަރީ 2026
އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

06 ފެބުރުއަރީ 2026
5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

05 ފެބުރުއަރީ 2026
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

05 ފެބުރުއަރީ 2026
މާލޭގެ އަތޮޅު ފިހާރަތަކުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް އެ ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލަނީ

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު