Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

8 ފެބުރުއަރީ 2026 | އާދީއްތަ 04:39

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ވައިޓް ހައުސްގެ އޮފިޝަލަކު ބުނެފައި ވަނީ، ވައިޓް ހުއުސްގެ މުވައްޒަފަކަށް އޮޅިގެން ހެދުނު ޕޯސްޓެއް ކަމަށް. ނަން ހާމަ ނުކުރަން ޝަރުތު ކުރުމަށް ފަހު މައުލޫމާތު ދެމުން އެ އޮފިޝަލް ބުނެފައި ވަނީ، ވައިޓް ހައުސް އިން އެ ޕޯސްޓު ހުކުރު ދުވަހު ޑިލީޓު ކޮށްލާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2026 | އާދީއްތަ 04:39
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި، އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ އަކީ ވަގުން ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕޯސްޓު ކުރެއްވި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި އެވެ. 

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި އޮބާމާ އާއި، އޭނާގެ އަނބިކަނބަލުންނަށް ވަނީ ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އޮޅުވާލާފައިވާ އަދި ވަގަށް ނަގާފައިވާ އިންތިޚާބެއް ކަމަށް ބުނެ، އެ ޕޯސްޓުގައި ޓްރަމްޕް ވަނީ އޮބާމާގެ ދެމަފިރިންނަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން އެފްރިކާ ނަސްލުގެ މަންޒަރު ތަކެއް ފެންނަ ކުރެހުމެއްގައި ޓްރަމްޕް ވަނީ އޮބާމާގެ ދެމަފިރިން ބޭނުން ކޮށްފަ އެވެ. 

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ވައިޓް ހައުސްގެ އޮފިޝަލަކު ބުނެފައި ވަނީ، ވައިޓް ހުއުސްގެ މުވައްޒަފަކަށް އޮޅިގެން ހެދުނު ޕޯސްޓެއް ކަމަށެވެ. ނަން ހާމަ ނުކުރަން ޝަރުތު ކުރުމަށް ފަހު މައުލޫމާތު ދެމުން އެ އޮފިޝަލް ބުނެފައި ވަނީ، ވައިޓް ހައުސް އިން އެ ޕޯސްޓު ހުކުރު ދުވަހު ޑިލީޓު ކޮށްލާފައިވާ ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕްގެ އެކައުންޓުން ޕޯސްޓު ކޮށްފައިވާ އެ ވީޑިއޯ އަކީ މިނެޓެއްގެ ވީޑިއޯ އެކެވެ. އެގޮތުން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭނާ އަށް ކާމިޔާބު ނުކުރެވުނީ ބަޔަކު އޮޅުވާލުމުން ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން، އެ ވީޑިއޯ ގައި ތަކުރާރު ކުރައްވާފައިވެ އެވެ. މިިއީ އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ވީޑިއޯ އަކަށްވާއިރު، ޓްރަމްޕްގެ އެ ޕޯސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވެފައިވެ އެވެ. 

އޮބާމާ އާއި އޭނާގެ އަނބިކަނބަލުންނާ ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓު

އޮބާމާ އާއި އޭނާގެ އަނބިކަނބަލުންނާ ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓު | ސޯޝަލް މީޑިއާ

ޓްރަމްޕްގެ އެ ޕޯސްޓަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި، ޓްރަމްޕްގެ ސަޕޯޓަރެއް ކަމަށްވާ ކަޅު ނަސްލުގެ ސެނެޓަރު ޓިކް ސްކޮޓް ވެސް ހިމެނެ އެވެ. އޭނާ އަކީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްކޮޓް ވިދާޅުވީ، އެއީ ވައިޓް ހައުސް އިން ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ނަސްލީ ތަފާތު ކުރުމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. 

ނިއު ޔޯކް އަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރު މައިކް ލޯލާ ވިދާޅުވެފައި ވަނީ، އެކަމުގައި ޓްރަމްޕް މައާފަށް ވެސް އެދިވަޑައި ގަންނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ވީޑިއޯއާ ގުޅޭ ގޮތުން އަމާޒުވަމުން ދިޔަ ފާޑު ކިޔުންތަކާ ގުޅިގެން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވަނީ އެކަން ދިފާއު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. 

މި މައްސަލައާ ގުޅޭ ގޮތުން އޮބާމާގެ ދެމަފިރިންގެ ތަރުޖަމާނު ވާހަކަ ދައްކަވަން ބޭނުންފުޅެއް ނުވި އެވެ. އޮބާމާގެ ކުރީގެ އެހީތެރިޔެއް ކަމަށްވާ ބެން ރޯޑްސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕް އާއި އޭނާގެ މީހުން ނަސްލީ ގޮތުން ފުރައްސާރަ ކުރުމަށް ދޫކޮށްލުމަށް އެދޭ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުން، އޮބާމާ އާއި އޭނާގެ އަނބިކަނބަލުން ދެކެ ލޯބިވާނެ ކަމަށާއި، އެ ޤައުމުގެ ތާރީޚުގައި އެ ދެމަފިރިންނަށް ފުރިހަމަ އިޙުތިރާމް އޮންނާނެ ކަމަށެވެ. 

މީގެ ކުރިން ވެސް ޓްރަމްޕް އަކީ، ނަސްލީ ގޮތުން މީހުންނާ ދިމާ ކުރުމާއި، މަލާމާތް ކުރުމުގެ ތާރީޚެއް އޮންނަ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އޮބާމާ އަށް އެގޮތަށް މަލާމާތް ރައްދުވާ ގޮތައް ޕޯސްޓުތައް ކުރައްވައި އަދި ވާހަކަ ވެސް ދައްކަވައިފަ އެވެ. މީގެ އިތުރުން އެހެން ޤައުމު ތަކުގެ ރައްޔިތުންނާއި، ލީޑަރުންނަށް އަމާޒުކޮށް ވެސް ޓްރަމްޕް ވަނީ އެފަދަ ވާހަކަތައް ދައްކަވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްބަރަކް އޮބާމާމިޝެލް އޮބާމާވައިޓް ހައުސްއެމެރިކާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު

20 އޯގަސްޓު 2026
އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު
19 އޯގަސްޓު 2026

އައިސީސީގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް އެމެރިކާ އިން އަޅާ ފިޔަވަޅުތައް އެ ކޯޓުން ކުށްވެރިކޮށްފި

19 އޯގަސްޓު 2026
އައިސީސީގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް އެމެރިކާ އިން އަޅާ ފިޔަވަޅުތައް އެ ކޯޓުން ކުށްވެރިކޮށްފި
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
13 އޯގަސްޓު 2026

ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ

13 އޯގަސްޓު 2026
ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ
12 އޯގަސްޓު 2026

މުޅި ހަށިގަނޑަށް ކެންސަރު ފެތުރި އެކަމާ ދެކޮޅަށް ހިތްދަތި ހަނގުރާމައެއް ކުރަމުންދާ ކަމަށް ދަރިކަލުން ވިދާޅުވި ފަހުން، ފުރަތަމަ ފަހަރަށް ބައިޑަން އާންމުންގެ ތެރެއަށް ނުކުންނަވައިފި

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026
ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!
12 އޯގަސްޓު 2026

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026
ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް