Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީގައި ބުންނަ އެމެރިކާގެ އިންސްޓިޓިއުޓް އޮފް ޕީސްގައި ކަމަށް ރިޕޯޓުތައް ބުނޭ. މީގެ އިތުރުން، އެ ބައްދަލުވުން އޮންނަ ދުވަހުގެ ކުރީ ދުވަހު، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ކުރައްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 06:55
ބޯޑް އޮފް ޕީސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ

ބޯޑް އޮފް ޕީސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

ޣައްޒާގެ ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހު އޮންނާނެ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

އެމެރިކާގެ އެކްސިއޯސް ނޫހުން ބުނެފައިވާ ގޮތުގައި، އެ ބައްދަލުވުން އެމެރިކާގައި ބޭއްވުމަށް ހަަމަޖެހިފައި ވަނީ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ނަަމަވެސް، އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އާއި، ސްޓޭޓް ޑިޕާޓްމަންޓް އިން އެއްޗެއް ބުނެފައި ނުވެ އެވެ. 

އެކްސިއޯސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުމަކީ ޣައްޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއްވާ ކޮންފަރެންސް އެކެވެ. މިކަން ރިޕޯޓު ކޮށްފައި ވަނީ ހަތަރު ޤައުމެއްގެ އިސްވެރިންނާ ހަވާލާދީ އެވެ. މި ބައްދަލުވުގެ ކަންކަން އަދި އޮތީ ފުރަތަމަ މަރުޙަލާގައި ކަމަށާއި، އިތުރު ބަދަލު ތަކެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. 

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީގައި ބުންނަ އެމެރިކާގެ އިންސްޓިޓިއުޓް އޮފް ޕީސްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން، އެ ބައްދަލުވުން އޮންނަ ދުވަހުގެ ކުރީ ދުވަހު، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ކުރައްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ މި ބޯޑު އެކުލަވާލައި، އިއުލާން ކޮށްފަ އެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ޓްރަމްޕް ކަމަށްވާއިރު، އެ ބޯޑުގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ހަނގުރާމަތައް ޙައްލު ކުރުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެ ބޯޑާ އެކު، އދ އިން ކުރަމުން އަންނަ މަސައްކަތްތައް ބަލިކަށި ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ތަޖުރިބާކާރުން ވަނީ ފާޅު ކޮށްފަ އެވެ. 

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްޣައްޒާބޯޑް އޮފް ޕީސްބެންޖަމިން ނަތަންޔާހޫއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު