Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ ތެޔޮ އުފުލާ ކަމަށް ބުނާ 14 އުޅަނދަކާ އެކު އެއްވެސް މުޢާމަލާތެއް ކުރުން ހުއްޓުވުމަށް އަމުރުކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާއިރު މީގެ ތެރޭގައި ތުރުކީ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދިދަ ޖަހާފައިވާ އުޅަނދުތައް ހިމެނޭ.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 18:51
ވެނެޒުއޭލާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ކަރަބޯބޯގެ ޕުއެރްޓޯ ކަބެއްލޯ އަށް، 2020 މެއި މަހުގެ 25 ގައި އީރާނުގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރު "ފޯޗޫން" އައުމަށްފަހު، އެ ސަރަހައްދުގައި ހުންނަ އެލް ޕަލީޓޯ ރިފައިނަރީގައި ބަނދަރުކޮށްފައި.

ވެނެޒުއޭލާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ކަރަބޯބޯގެ ޕުއެރްޓޯ ކަބެއްލޯ އަށް، 2020 މެއި މަހުގެ 25 ގައި އީރާނުގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރު "ފޯޗޫން" އައުމަށްފަހު، އެ ސަރަހައްދުގައި ހުންނަ އެލް ޕަލީޓޯ ރިފައިނަރީގައި ބަނދަރުކޮށްފައި. | ގެޓީ އިމޭޖަސް

އީރާނުން ބޭރުކުރާ ތެލުގެ މިންވަރު މަދުކުރުމަށްޓަކައި، އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް ހުކުރު ދުވަހު އިޢުލާނުކޮށްފި އެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި 14 އުޅަނދަކަށް އަމާޒުކޮށް ފިޔަވަޅު އެޅުން ހިމެނޭއިރު، މިކަން އިޢުލާނުކޮށްފައިވަނީ ދެކޮޅުވެރި ދެ ޤައުމު ގެ ގޮތުގައި ބެލޭ އެމެރިކާ އާއި އީރާނުން އޮމާންގައި ކުރިއަށްގެންދިޔަ ނުސީދާ މަޝްވަރާތައް ނިންމާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އީރާނުން ތެލުގެ އާމްދަނީ ބޭނުންކުރަނީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެހުން ނަގާލުމުގެ ހަރަކާތްތަކަށް ފަންޑުކުރުމަށާއި، އީރާނުގެ އެތެރޭގައި ފިއްތުންތައް އިތުރުކުރުމަށް" ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ "މެކްސިމަމް ޕްރެޝަރު" ނުވަތަ އެންމެ މަތީ ދަރަޖައަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސިޔާސަތުގެ ދަށުން، އީރާނުގެ ސަރުކާރުން ޣައިރުގާނޫނީ ގޮތުން ބޭރުކުރާ ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓް ދަށްކުރުމަށް ޓްރަމްޕް އިސްކަންދެއްވާ ކަމަށް ޕިގޮޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އީރާނުގެ ތެޔޮ އުފުލާ ކަމަށް ބުނާ 14 އުޅަނދަކާއެކު އެއްވެސް މުޢާމަލާތެއް ކުރުން ހުއްޓުވުމަށް އަމުރުކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. މީގެ ތެރޭގައި ތުރުކީ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދިދަ ޖަހާފައިވާ އުޅަނދުތައް ހިމެނެ އެވެ.

މީގެ އިތުރުން، 15 ކުންފުންޏަކާއި ދެ މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ވެސް އެމެރިކާއިން ވަނީ ހާމަކޮށްފަ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން، އެހެން ހުރިހާ ޤައުމުތަކަކުން އީރާނުގެ ތެޔޮ ގަތުން ހުއްޓުވުމަށްޓަކައި އެމެރިކާއިން ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓަރު ހުކުރު ދުވަހު އޮމާންގައި ޓްރަމްޕްގެ އިސް މަންދޫބުންނާ ނުސީދާކޮށް ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި "އުންމީދީ މާޙައުލެއް" އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެއްވައި، އީރާނުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުކުރައްވާފަ އެވެ.

އީރާން-އެމެރިކާޓޮމީ ޕިގޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

06 ފެބުރުއަރީ 2026
އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

04 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

04 ފެބުރުއަރީ 2026
އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު