Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

ޓްރަމްޕްގެ ލަގްޒަރީ ރިސޯޓު މާ-އަ-ލާގޯ އަށް ދަތުރު ކުރެއްވުމުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ދެކެވެމުން އަންނަނީ ވަރަށް ރަނގަޅު ވާހަކަ ތަކެއް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ފެބުރުއަރީ 2026 | ހޮނިހިރު 05:47
އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އޮމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބު ކަމަށާއި، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ހަނގުރާމައިގެ އުޅަނދުތައް ތިބި ވަގުތެއްގައި، އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ ނިއުކްލިއާ މައްސަލައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ނުސީދާ ގޮތެއްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު، ދެ ޤައުމުން ވެސް ވަނީ އުންމީދު އައު ކޮށްފަ އެވެ. 

ޓްރަމްޕްގެ ލަގްޒަރީ ރިސޯޓު މާ-އަ-ލާގޯ އަށް ދަތުރު ކުރެއްވުމުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ދެކެވެމުން އަންނަނީ ވަރަށް ރަނގަޅު ވާހަކަ ތަކެއް ކަަމަށެވެ. ހުކުރު ދުވަހުގެ މަޝްވަރާ ތަކަށް ފަހު، އަންނަ ހަފުތާގެ ކުރީ ކޮޅު ވެސް އިތުރު މަޝްވަރާ ތަކެއް ކުރިއަށް ގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެހެން ނަމަވެސް، އީރާން އިން އެއްބަސްވުމަކާ ހަމައަށް ނުގޮސްފި ނަމަ، އެކަމުގެ ނަތީޖާ ވަރަށް ހިތި ވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރެއް ދެއްވައިފަ އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އަށް އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށާއި، އެ ނޫނީ އެ ޤައުމާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. 

މަޝްވަރާ ތަކާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓަރު އައްވާސް އަރާގްޗީ ވެސް ވިދާޅުވެފައި ވަނީ، މަޝްވަރާ ތަކަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އެގޮތުން މަޝްވަރާ ތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ އަމާޒުކޮށްފައި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އެންމެ ފަހުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ފަހަރުގެ މަޝްވަރާ ތަކުގައި ބައްދަލުވުން ތަކެއް ބާއްވަމުން އަންނަނިކޮށް، އިޒްރޭލް އިން އީރާން އަށް ދިން ހަމަލާގެ ސަބަބުން ފެށުނު ހަނގުރާމައިގައި ވަނީ މަޝްވަރާތައް މެދު ކެނޑިފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2026

އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

06 ފެބުރުއަރީ 2026
އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
06 ފެބުރުއަރީ 2026

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"
06 ފެބުރުއަރީ 2026

އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

06 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި
06 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު