Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާގެ ފަރާތުން ތަމްސީލުކުރައްވަނީ އެ ގައުމުގެ މަންދޫބު ސްޓީވް ވިޓްކޮފް.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 09:04
އެމެރިކާ އާއި އީރާނުގެ ދިދަ

އެމެރިކާ އާއި އީރާނުގެ ދިދަ | އައިސްޓޮކް

އީރާނުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވަނީ، ހުކުރު ދުވަހުގެ ކުރީކޮޅު އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު އަލް ބޫސައިދީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި އަރާގްޗީ އާއި ބޫސައިދީ ވަނީ އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ އޮނިގަނޑާއި، އެ ކަންކަން ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ޑިޕްލޮމެސީ ނުވަތަ ޚާރިޖީ ގުޅުންތަކުގެ ބޭނުން ހިފުމަށް އީރާނުން ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، އީރާނުގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ކަމަކުން ދިފާއުވުމަށް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. އަދި އެއްވެސް ފަރާތަކުން ކުރާ ނޭއްގާނީ އަމުރުތަކާއި ނުރައްކާތެރި އަމަލުތަކަށް ދޫނުދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މަޝްވަރާތައް ބޭއްވުމަށް އޮމާނުން ފޯރުކޮށްދޭ އެހީތެރިކަމާއި، އެ ގައުމުން މިކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާތީ އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އޮމާންގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޑިޕްލޮމެޓިކް މަރުހަލާތަކުގައި އީރާނުން ބަހައްޓާ އިޚްލާސްތެރިކަމާއި، ޒިންމާދާރުކަމުގެ އިތުރުން މިކަމަށް ދޭ ސީރިއަސްކަމަށް ތައުރީފު ކުރެއްވި އެވެ.

ސަރަހައްދީ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް ސަރަހައްދުގެ ގައުމުތަކުން ހިފާފައިވާ އަޒުމަށް އިޝާރާތް ކުރައްވަމުން، ހުރިހާ ފަރާތްތަކަކުން ވެސް އިޚްލާސްތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްވަރާތަކުގެ ސަބަބުން، އީރާނާއި އެމެރިކާއާ ދެމެދު ދާއިމީ އެއްބަސްވުމަކަށް ދިއުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޮމާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު އިޒްރޭލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ބޮން އެޅުމާ ގުޅިގެން މެދުކަނޑާލާފައިވާ މަޝްވަރާތަކަށްފަހު، މިއީ އީރާނާއި އެމެރިކާ އާ ދެމެދުގައި ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާގެ ފަރާތުން ތަމްސީލުކުރައްވަނީ އެ ގައުމުގެ މަންދޫބު ސްޓީވް ވިޓްކޮފްއެވެ.

އީރާން-އެމެރިކާސައްޔިދު އައްބާސް އަރާގްޗީސައްޔިދު ބަދުރު ބިން ޙަމަދު އަލްބޫސައިދީއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

06 ފެބުރުއަރީ 2026
އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

04 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

04 ފެބުރުއަރީ 2026
އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026
އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު