Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާގޯސް

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

މި އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު 99 އަހަރަށް އެމެރިކާ އިން ކުއްޔަށް ހިފުމަށް ނިންމާފައިވާއިރު، މިއީ އެ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ނިންމުމެއް ކަމަށް ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގަންނަވާ. ނަމަވެސް، އެމެރިކާގެ މަސްލަހަތަށް އުނިކަމެއް އަތުވެއްޖެ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެ ތަން އެމެރިކާގެ ބާރުގެ ދަށުގައި ބޭއްވުން ކަށަވަރުކުރުމުގެ އިޚްތިޔާރު އޮންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 05:50
ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި 2025 ފެބުރުވަރީ 27 ވީ ބުރާސްފަތި ދުވަހު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި، ރަސްގެފާނު ޗާލްސް ތިންވަނަގެ ފަރާތްޕުޅުން ރަސްމީ ދައުވަތެއް އަރުވަފައި. މިއީ ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ސްޓޭޓް ވިޒިޓް ނުވަތަ ރަސްމީ ދަތުރުފުޅަށް ދެއްވި ދައުވަތެއް (ފައިލް).

ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި 2025 ފެބުރުވަރީ 27 ވީ ބުރާސްފަތި ދުވަހު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި، ރަސްގެފާނު ޗާލްސް ތިންވަނަގެ ފަރާތްޕުޅުން ރަސްމީ ދައުވަތެއް އަރުވަފައި. މިއީ ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ސްޓޭޓް ވިޒިޓް ނުވަތަ ރަސްމީ ދަތުރުފުޅަށް ދެއްވި ދައުވަތެއް (ފައިލް). | ގެޓީ އިމޭޖަސް

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށާއި، އެ ތަނުގައި އޮންނަ މުހިންމު އަސްކަރީ މަރުކަޒެއް އެމެރިކާ އާއި އިނގިރޭސިން ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އެމެރިކާއިން ތާއީދުކޮށްފައިވާ ކަމަށް ޑައުނިންގް ސްޓްރީޓުން ބީބީސީއަށް މައުލޫމާތު ދީފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ އެކުލަވާލެއްވި މި އެއްބަސްވުމަކީ "ހެދޭނެ އެންމެ ރަނގަޅު އެއްބަސްވުން" ކަމަށް ސިފަކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު އެ ނިންމުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

މީގެ ކުރިން މި އެއްބަސްވުމަކީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވައި، ޓްރަމްޕް އެކަމަށް އޮތް ތާއީދު އަނބުރާ ގެންދަވާފާނެ ކަމުގެ ބިރު އިނގިރޭސި ސަރުކާރުގެ ތެރޭގައި އުފެދިފައި އޮތުމަށްފަހު، މި ނިންމުން މި އައީ ޓްރަމްޕް އެހެން ވިދާޅުވިތާ ދުވަސްތަކެއް ފަހުންނެވެ.

ޓްރަމްޕް ކުރިން ދެއްކެވި ވާހަކަތަކާ ގުޅިގެން، އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒުގެ މުސްތަގުބަލާ ގުޅޭ މި އެއްބަސްވުމަށް އެމެރިކާގެ ތާއީދު އޮތްކަން ކަށަވަރުކުރުމަށް ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި އިތުރު މަޝްވަރާތަކެއް ކުރިއަށްދިޔައެވެ. މިދިޔަ އަހަރު އިއުލާންކުރި މި އެއްބަސްވުމުގެ ދަށުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު ފުރަތަމަ މަރުހަލާގައި 99 އަހަރަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ކުއްޔަށް ހިފުމަށް ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހު ދެ ގައުމުގެ ވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކުގައި، އެ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އެއްބަސްވުން މުހިންމު ކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޑައުނިންގް ސްޓްރީޓުން ބުނެފައިވެއެވެ.

ޑައުނިންގް ސްޓްރީޓްގެ ތަރުޖަމާނަކު ވިދާޅުވީ، މި އެއްބަސްވުން ތަންފީޒުކުރުމުގައި އިނގިރޭސިވިލާތާއި އެމެރިކާއިން ގާތުން މަސައްކަތްކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ކުރީކޮޅު ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި، ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ "ވަރަށް އުފެއްދުންތެރި" މަޝްވަރާތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ސްޓާމަރ އެކުލަވާލެއްވި އެއްބަސްވުމަކީ އެމަނިކުފާނަށް ހެއްދެވޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ކުރިމަގުގައި އެއްވެސް ވަގުތެއްގައި މި އެއްބަސްވުން އުވާލައި، ނުވަތަ ޑިއޭގޯ ގާސިއާގައި ތިބި އެމެރިކާގެ ސިފައިންނާއި އެ ތަނުގެ މަސައްކަތްތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެމެރިކާ އެ ތަނުގައި ގާއިމުވެ އޮތުން ވަރުގަދަކުރުމުގެ ހައްގު އެމަނިކުފާނަށް ލިބިގެންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ، ރައީސް ޓްރަމްޕް ބޮޑުވަޒީރު ސްޓާމަރއާ ސީދާ ވާހަކަދައްކަވާފައިވާ ކަމަށާއި، ބޮޑުވަޒީރުގެ ނިންމެވުން އެމަނިކުފާނަށް ފަހުމްވާ ކަމަށާއި އެކަމަށް ތާއީދުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް، ރައީސް ޓްރަމްޕްގެ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން، އެމެރިކާގެ މުދަލާއި ވަސީލަތްތައް ހިމާޔަތްކުރުމުގެ ހައްގު އެމެރިކާއަށް އަބަދުވެސް އޮންނާނެ ކަމަށް ލީވިޓް ވިދާޅުވިއެވެ.

މަސްދަރު: ބީބީސީ

ޗާގޯސްމޮރިޝަސްޑިއެގޯ ގާސިއާސަރ ކިއަރ ސްޓާމަރރައީސް ޑޮނަލްޑް ޓްރަމްޕްޔޫކޭ-ޔޫއެސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

06 ފެބުރުއަރީ 2026
މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
އީރާންގެ ލީޑަރު ޚާމަނާއީ ހުންނަވަން ޖެހޭނީ ކަންބޮޑުވެފައި: ޓްރަމްޕް

އީރާންގެ ލީޑަރު ޚާމަނާއީ ހުންނަވަން ޖެހޭނީ ކަންބޮޑުވެފައި: ޓްރަމްޕް

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު