Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަައީސް ޞާލިހު ގެ ފޯކައިދޫ ދަތުރުފުޅު

ށ. ފޯކައިދޫ އިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް

ށ. ފޯކައިދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެ ރަށަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ރަށުގައި އަލަށް ތަރައްގީކުރި ވޮލީ ކޯޓާއި އެމްޑީޕީގެ ޖަގަހައެއް ވަނީ ހުޅުވައިދެއްވާފަ. މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 14:25
ރައީސް ޞާލިހު ށ. ފޯކައިދޫ އަށް ވަޑައިގަތުން

ރައީސް ޞާލިހު ށ. ފޯކައިދޫ އަށް ވަޑައިގަތުން | އެމްޑީޕީ

ށ. ފޯކައިދޫ ކައުންސިލްގެ ދައުވަތަކަށް އެރަށަށް ވަޑައިގަތުމުން، ކުރީގެ ރައީސް އިބްރާިމް މުހައްމަދު ޞާލިހު އަށް އެރަށު ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ރައީސް ޞާލިހު އެރަށަށް ވަޑައިގެންނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުގެ ކުދި ބޮޑު އަދި އުމުރުން ދުވަސްވީ އެތައް ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވެ އެވެ. އެމަނިކުފާނާ ސަލާމް ކުރެއްވި އާންމުން ދިޔައީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ފޯކައިދޫއަށް އެމަނިކުފާނުގެ ކޮށްދެއްވި ކަންތައްތަކާއި، އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ތަރައްގީގެ ސަފުގައި ހިމަނާ ދެއްވާފައިވާތީ ޝުކުރު އަދާކޮށްފަ އެވެ. 

Advertisement - newsAdvertisement

ރައީސްގެ މި ދަތުރުފުޅުގައި ކައުންސިލުން އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމާފައިވާ ވޮލީކޯޓު ހުޅުވައި ދެއްވާފައިވެ އެވެ. މި ވޮލީ ކޯޓަކީ ކައުންސިލްގެ ހަރަދުގައި ތަރައްގީ ކޮށްފައިވާ އައުޓްޑޯ ޒަމާނީ ކޯޓެކެވެ. މި ކޯޓުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ކޯޓުގައި ޓާފް އަޅާ ތަރައްގީ ކޮށްފައިވާ އިރު، ދެވަނަ ފިޔަވަހީގެ ދަށުން ވަށާ ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ނޫ ބަހާރު ޖަގަހަ ރައީސް ސޯލިޙް ހުޅުވައިދެއްވި އެވެ. މި ޖަގަހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުޅުވި ޖަގަހައެކެވެ. ރައީސް ޞާލިހު ވަނީ ޖަގަހަ ހުޅުވުމުގެ ގޮތުން އެމްޑީޕީ ގެ ދިދަ ނަންގަވާފަ އެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފޯކައިދޫ އެމްޑީ ގެ ކެންޑިޑޭޓުންނާއި ލީޑް ޓީމާއި އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސް ސޯލިޙް ގެ މި ދަތުރުފުޅުގައި ފޯކައިދޫ އެމްޑީޕީ ގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެރަށުގައި ކައުންސިލް އިންތިހާބަށް ޑޯ ޓު ޑޯ އަށް ކެންޑިޑޭޓުންނާއެކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ސޯލިޙް ވެރިކަމުގައި ފޯކައިދޫ ގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައި ނިންމަވާފައިވެ އެވެ. މީގެ ތެރޭގައި ފެނާ ނަރުދަމާ، ބަނދަރުގެ މަސައްކަތް، ކޮމިއުނިޓީ ސެންޓަރު، ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހިމެނެ އެވެ. 

ފޯކައިދޫއިބްރާހިމް މުހައްމަދު ސާލިހުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

07 ފެބުރުއަރީ 2026
ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު