Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ.ހިތާދޫ

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

ފާއިތުވި 50 އަހަރު ހިތާދޫ ރައްޔިތުން ކުރި އުއްމީދެއް ހަގީގަތަކަށް ހަދައިދިނީ އެމްޑީޕީ ސަރުކާރުންކަން ފާހަގަކުރައްވައި އާޔަތުﷲ ވިދާޅުވީ، ރައްޔިތުން ތަރައްގީ ބޭނުންވާ ކަމަށާއި، ރަށުގެ އުމްރާނީ ކުރިއެރުމަށް މަސައްކަތް ކުރާ ކަމަށް. ނަމަވެސް އިގްތިސާދީ ފުދުންތެރި ބަޔަކަށް ވުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 10:24
ބ.ހިތާދޫ ބަނދަރު

ބ.ހިތާދޫ ބަނދަރު | އެމްޓީސީސީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބ.ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް ސަރުކާރު ބަދަލު ވެގެން ދިއުމާއެކު މަސައްކަތް ހުއްޓިފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އާޔަތުﷲ ވިދާޅުވީ، ކުރީ ސަރުކާރުގައި ހިތާދޫގައި އަދި މުޅި ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

ހިތާދޫއަށް އިޝާރާތް ކުރައްވައި އާޔަތުﷲ ވިދާޅުވީ ހިތާދޫގައި އިންޖީނުގެ ހުރީ ރަށުގެ މެދުގައި ކަމަށާއި، އަރާ ދުމުގެ ސަބަބުން ރައްޔިތުން ދިރިއުޅެމުން ދިޔައީ ވަރަށް ތަކުލީފުގައި ކަަމަށެވެ. ބ.އަތޮޅުގައި އެންމެ ބޮޑަށް ފެން ތަޣައްޔަރުވެފައި އޮތް ރަށަކީ ވެސް ހިތާދޫ ކަމަށާއި، ކުރީ ސަރުކާރުން ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެރިކަން ބަަދަލުވެގެން ދިޔައިރު މިމަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިންމައި، ޓެސްޓިން މަރުހަލާ ނިންމާފައިވާ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

މީގެ އިތުރުން އާޔަތުﷲ ވިދާޅުވީ ބަނދަރުގެ މަޝްރޫއުގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށް ނުދަނީ އެމްޓީސީސީގެ ވެހިކަލްތަކަށް އަޅާނެ ތެޔޮ ނެތިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މުވައްޒަފުން ނަގާ ވަރަށް ނަގަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވާހަކަ ދައްކަވަނީ
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވާހަކަ ދައްކަވަނީ

ފާއިތުވި 50 އަހަރު ހިތާދޫ ރައްޔިތުން ކުރި އުއްމީދެއް ހަގީގަތަކަށް ހަދައިދިނީ އެމްޑީޕީ ސަރުކާރުންކަން ފާހަގަކުރައްވައި އާޔަތުﷲ ވިދާޅުވީ، ރައްޔިތުން ތަރައްގީ ބޭނުންވާ ކަމަށާއި، ރަށުގެ އުމްރާނީ ކުރިއެރުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިގްތިސާދީ ފުދުންތެރި ބަޔަކަށް ވުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިވީހާތަނަށް ވަރަށް ގިނަ ސަރުކާރުތަކުން ހުރީ ރާއްޖޭގެ އެކި ރަށްރަށުގެ އުމްރާނީ ތަރައްގީ އަށް ވަރަށް ބޮޑަށް އިހުމާލުވެފަ. ވަރަށް ބައިވަރު އިންފްރާސްޓަކްޗަރތަކެއް ނުކުރެވިފައި ހުރީ. އޭގެ ސަބަބުން ރަށުގެ އިގްތިސާދާ ރަށުގެ އާއްމު ހާލަތާއި މިހުރިހާ ކަމެއް ދިޔައީ ވަރަށް ބޮޑަށް ދަށަށް. އެކަމަކު އެމްޑީޕީން ފަށާފައި ހުރި ކަންތައްތައް ވަކިން ޚާއްސަކޮށް ފެނާއި ނަރުދަމާ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ހިތާދޫއަކީ ވެސް. 25 އަހަރު ކަމަށް ބަލަމާ. ރައީސް މައުމޫނުގެ ދައުރުން ފެށިގެން ތި ނަރުދަމާއެއްގެ ވާހަކަ އެމީހުން ދައްކާ. އެކަމެއް ނުވޭ. އޭގެ ސަބަބުން ހިތާދޫގެ ފެން ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފަ. އަޅުގަނޑު ހުދު އަމިއްލައަށް އެކަން ތަޖުރިބާ ކުރިން ކުރީގަ. ކޮންމެހެން ވަކި މީހަކަށް ބަދު ބަހެއް ބުނަނީއެއް ނޫން. ހިތާދޫ ފެނުގައި ހަގީގަތުގައި ފެން ވަރާއިރުގައި ހިރުވާ ގޮތްވޭ. އެހައި ބޮޑަށް ފެން ތަގައްޔަރުވެފައި. އެކަން ހައްލު ކޮށްދިނީ އެމްޑީޕީގެ ސަރުކާރުން. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށުގެ ތަރައްގީ އަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި އާޔަތުﷲ ވިދާޅުވީ މިހާތަނަށް އެއްވެސް ވައުދެއް ފުއްދާފައިނުވާ ކަމަށެވެ. 

އެގޮތުން އެރަށުގެ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމް ކުރުމާއި، މާ މަޑުއްވަރި ކިޔާ ރަށް ކައުންސިލްއާ ހަވާލު ކުރުމާއި، ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި، ޕޮލިސް ސްޓޭޝަން ގާއިމް ކުރުމާއި، ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިބްރާހިމް މުހައްމަދު ސާލިހުބ. ހިތާދޫއާޔަތުﷲ ހުސެއިންއެމްޑީޕީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު