Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީ-ވޯޓު

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހިމެނޭ ގިނަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގުތަކެއް ކަމަށް ތުހުމަތުކުރައްވައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ސަރުކާރުން އިންތިޚާބުތައް އެއްކޮށްލުމަށާއި އީ-ވޯޓިން ތައާރަފުކުރަން އުޅެނީ ރިޔާސީ ދައުރު ދަންމާލައި ވޯޓުލުމުގެ ހައްގަށް އަސަރުކުރާ ފަދަ ޚުދުމުޚުތާރު މަގަކުން ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ މިފަދަ ސިޔާސަތުތަކަށް "ނޫނެކޭ" ބުނަން ލިބޭ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 08:26
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ

އީ-ވޯޓެއް މެދުވެރިކޮށް 2028 ނުވަތަ 2030 ވަނަ އަހަރުގެ އިންތިޚާބެއް ބާއްވައިފި ނަމަ، ރައްޔިތުން ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ނުފެންނަ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ "ރިޔާސީ ބުހުތާނެއް" ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ރައީސްގެ ބަޔާން ދިރާސާކުރިއިރު، އޭގައި ހިމެނޭ ވާހަކަތަކުގެ 90 އިންސައްތައަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ އާ ތާރީޚުތަކެއް ދީގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތް ކުރައްވަމުން ކަމަށްވެސް މައުރޫފް ތުހުމަތު ކުރެއްވި އެވެ.

ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަށް ފާޑުވިދާޅުވަމުން މައުރޫފް ވިދާޅުވީ، 10 ރިޒޯޓު ތަރައްގީކޮށް ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ބުނާ ބުނުމަކީ ބުއްދިއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަލާލު ޓޫރިޒަމްގެ ވާހަކަ ދައްކަވާއިރު، ރަލާއި އޫރުމަސް ނުވިއްކާ ހިންގާ ރިޒޯޓުތަކަކުން އެފަދަ އާމްދަނީއެއް ހޯދައިގެން ރައްޔިތުންނަށް ބަހާނެ ގޮތެއް ފަހުމް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ފުރުސަތެއް ލިބުނަސް ރައީސް ކުރައްވާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު ހެއްދެވުން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

ވިދާޅުވީ، 10 ރިޒޯޓް ހަދާފައި، އަހަރަކު 400 ޑޮލަރު ދޭނަމޭ، މި ބޭފުޅާއަކީ ޙަލާލު ޓޫރިޒަމްގެ ވާހަކަ ވެސް ދެއްކެވި ވަރަށް ބޮޑަށް. އަޅުގަނޑު ހިތަށްއަރަނީ، މި ބޭފުޅާ މި ހައްދަވާ ރިޒޯޓުތަކުގައި ހަމަގައިމުވެސް ރަލާއި އޫރުމަހެއް ނުވިއްކާނެއޭ. ނުވިއްކާ، ދިވެހި ރިޒޯޓް ހަދާ ކޮންމެ ދިވެހި ރައްޔިތަކަށް އެއިން ހަތަރު ސަތޭކަ ޑޮލަރު ދޭނެ ގޮތެއް އަޅުގަނޑުގެ ބުއްދިއަކަށެއް ފަހުމެއްނުވޭ. ކޮންމެ އިންތިޚާބަކާ ދިމާކޮށް، ކޮންމެ ޕޯޑިއަމެއް ލިބުނަސް، ކޮންމެ މައިކެއް ލިބުނަސް، ކޮންމެ މުނާސަބަތްގައިވެސް މީނާއަށް ފުރުޞަތު ލިބިއްޖިއްޔާމުން ކުރާ ކަމަކީ، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދޮގެއް ހަދަނީ. ދޮގުހަދަމުން، ހަދަމުންގޮސް ދޮގު އެއީ، ތެދެއްހެން ހީވާ މިންވަރަށް މީނާ މި ދަނީ ދޮގުހަދަމުން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމުގައި މާ ގިނަ ދުވަހު ބަހައްޓައިފި ނަމަ، ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނަން ލިބޭ ހަނި ފުރުސަތެއްކަން ފާހަގަކުރައްވައި، މި އިންތިޚާބުގައި ނުބައިކޮށް ވޯޓު ދެވިއްޖެ ނަމަ، މިއީ ރައްޔިތުން ޖަހާ ފާހަގަ ފެންނާނެ އެންމެ ފަހު އިންތިޚާބަށް ވުމީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އީ-ވޯޓެއް މެދުވެރިކޮށް، 2028 ނުވަތަ 2030 ގައި އިންތިޚާބަކަށް ގޮސްފި ކަމުގައި ވާނަމަ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ޖަހާ ފާހަގައެއް ނުފެންނާނޭ. މި ކައުންސިލް އިންތިޚާބަކީ ފަހަރުގައި އަޅުގަނޑުމެންނާ ނުބައިކޮށް ވޯޓު ޖެހިއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެން ޖަހާ ފާހަގަ އަޅުގަނޑުމެންނަށް ފެންނަ އެންމެ ފަހު އިންތިޚާބު ވުމީ އެކަށީގެންވާ ކަމެއް. ބައްލަވާ! އޭނާގެ ބޮޑާކަމާއި، އެހެރަ ކިބުރުވެރިކަމެއްގައި ދައްކާ ވާހަކައާއި، އޭނާގެ ސިފަހުރި ގޮތް، ރައްޔިތުންނަށް މުޚާޠަބުކޮށް ވާހަކަދައްކަމުންދާއިރު ހީވަނީ ޖެއްސުމަށް ވާހަކަދައްކާހެން ރައްޔިތުންނަށް މަލާމާތްކޮށްފައި، މިހެން ހަދާނަމޭ، މިހެން ކުރާނަމޭ، ދެން ތިބޭފުޅުން ތިބެއްޖެހޭނީ ބުނާ ކަހަލަ އަޅުގަނޑުމެން މިއަދު މަޖިލީހުގައި އަޑުއަމުންދިޔައިރުގައި، މަޖިލީހުގެ ރައީސަށް ވެސް އަންގަނީތައް މި މީހުން ނެރެލައި، ފަހަތަށް އެނބުރިލާފައި ނެރެލާށޭ. ދެންނެވީމާ، އަޅުގަނޑުމެންގެ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕް މެންބަރުންގެ ނަން އިއްވާފައި ނެރެންފައި ހުރީ. މި ލެވެލްގެ ބާރުވެރިކަމެއްގައި އޭނަ އަމިއްލައަށް ގަބޫލުކުރާ ކަހަލަ ތިމަންނާއަކީ ރަސްކަލެކޭ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ސަރުކާރުން އިންތިޚާބުތައް އެއްކޮށްލުމަށާއި ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިފަރެންޑަމެއް ގެންނަން އުޅެނީ ރިޔާސީ ދައުރު ދަންމާލުމުގެ ބޭނުމުގައި ކަމަށް މައުރޫފް ތުހުމަތު ކުރެއްވި އެވެ. އަދި ރައީސް މުއިއްޒު އަމަލުކުރައްވަނީ ޚުދުމުޚުތާރު ރަސްކަލެއް ފަދައިން ކަމަށާއި، ދައުލަތުގެ މުއައްސަސާތައް ބަދަލުކުރަމުން ދަނީ އެ މަގަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުމުގައި މެންބަރުންނާ މުޚާތަބު ކުރައްވާއިރުވެސް ރައްޔިތުންނަށް މަލާމާތްކޮށް ޖެއްސުން ކުރާ ފަދަ ރޫހެއް ރައީސްގެ ކިބައިން ފެންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

06 ފެބުރުއަރީ 2026
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު