Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

ސަރުކާރުން އައްޑޫގެ ތަރައްގީ އަށް އިހުމާލުވެ، ބިންތައް ފޭރިގަނެ، އިގްތިސާދާއި މަގު ހެދުމުގެ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ފެބުރުއަރީ 2026 | ހުކުރު 18:54
ޑެޕިއުޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ކެނޑިޑޭޓް މުހައްމަދު ޝުއާއު އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ ޖަލްސާ ގައި ވާހަކަ ދައްކަވަނީ.

ޑެޕިއުޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ކެނޑިޑޭޓް މުހައްމަދު ޝުއާއު އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ ޖަލްސާ ގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ކުރިއަށް އޮތް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން ކަމަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ އިން އައްޑޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހޭވައްލާތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އައްޑޫގެ މަގު ހެދުމުގެ ބަދަލުގައި ޕާޓީގެ މަސައްކަތް ކުރުމަށް ސަރުކާރު މުވައްޒަފުން ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރައްވާ ޝުއާއު ވަނީ ރޯމާ ދުވާލު މި ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ކުރިމަގަށްޓަކާ އުންމީދު ކުރާ މީހެއްގެ ހައިސިއްޔަތުން މިދިޔަ ދޮޅު އަހަރު އައްޑޫގެ ކަންކަން ދިޔަ ގޮތާއި މެދު އައްޑޫގެ ރައްޔިތުން ވިސްނާލަން ޖެހޭ ކަަމަށެވެ. މި ސަރުކާރުން ވަނީ އައްޑޫ އާއި މެދު ބޮޑު ތަނުން އިހުމާލު ވެފައިކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި  އައްޑޫގެ އިގްތިސާދު ވެސް އޮތީ ހުއްޓުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިދާރީ މިނިވަންކަން އޮތީ ހުއްޓުވާފައި. އަހަރުމެންގެ ބިން އޮތީ ފޭރިގަނެފައި. ސަރުކާރުގެ އަޅުންނަށް އަދުގެ މަޖިލިސް މެމްބަރުން ހަދާފައި އެ ވަނީ. މިއަދު އެމްޑީޕީ ހޮވާދޭން މަސައްކަތް ކުރަންވީ އަޅުވެތިކަމަށް ނޫނެކޭ ބުނަން. ތާއަބަދު ގުނބޯ ހައްދަން ފުރުސަތު ނުދޭނެކަން އަންގަން.
ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު

މިއީ އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީ އިން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ޝުއާއު ވިދާޅުވި އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަޅުވެތިކަމާއި ފޭރުމަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ ކަމަށް ޝުއާއު ވިދާޅުވި އެވެ. ޝުއާއު ވިދާޅުވީ މިހާރު ދިމާވެފައިވާ ބިރުވެރިކަމުން އަރައިގަނެވޭނެ ގޮތަކީ އެއީ ކަމަށެވެ. އައްޑޫގެ ކަންކަން ނިންމަން އައްޑޫ އަށް ފުރުސަތު ލިބެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ރައްޔިތުންނަށްޓަކާ ފައިދާ ވާނެ ސިޔާސަތުތައް ހުރީ އެމްޑީޕީގެ ކަމަށް ވެސް ޝުއާއު ވިދާޅުވި އެވެ. އައްޑޫ އަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ކައުންސިލެއް އޮތުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީމުހައްމަދު ޝުއާއުރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުލޯކަލް ކައުންސިލް އިންތިޚާބު 2026އައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ
07 ފެބުރުއަރީ 2026

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026
ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި
07 ފެބުރުއަރީ 2026

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު
06 ފެބުރުއަރީ 2026

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

06 ފެބުރުއަރީ 2026
އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް
06 ފެބުރުއަރީ 2026

އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟

06 ފެބުރުއަރީ 2026
އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟
06 ފެބުރުއަރީ 2026

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ އަވާމެންދުރެއް ފަދަ އެއްޗެއް، ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި: އެމްޑީޕީގެ ރައީސް ޝާހިދު

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ އަވާމެންދުރެއް ފަދަ އެއްޗެއް، ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި: އެމްޑީޕީގެ ރައީސް ޝާހިދު
06 ފެބުރުއަރީ 2026

ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ
06 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް
06 ފެބުރުއަރީ 2026

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު