Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

މީގެ ކުރިން ރަޝިޔާގެ ރައީސް ކަމާއި، ބޮޑު ވަޒީރުކަން ވެސް ކުރައްވާފައިވާ މެޑްވެޑޭވް ވިދާޅުވީ، ރަޝިޔާ އަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަނގުރާމައެއް ނުވަތަ، ގްލޯބަލް ކޮންފިކްޓަކަަށް ޝައުޤުވެރިވާ ޤައުމެއް ނޫން ކަމަށް. އަދި ރަޝިޔާގެ ވެރިންނަކީ މޮޔައިންނެއް ނޫން ކަމަށާއި، ބައިނަލްއަޤުވާމީ ބޮޑު ކުރިމަތިލުމަކަށް ބޭނުން ވާނީ ކޮން ބައެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2026 | ހޯމަ 07:02
ރަޝިޔާގެ ރައީސް ޕުޓިން އާއި، އެ ޤައުމުގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން މެޑްވެޑޭވް

ރަޝިޔާގެ ރައީސް ޕުޓިން އާއި، އެ ޤައުމުގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން މެޑްވެޑޭވް | ގެޓީ އިމޭޖަސް

ދުނިޔެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، ނަމަވެސް ބައިނަލްއަޤުވާމީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަންނަން ރަޝިޔާ އިން ބޭނުން ނުވާ ކަމަށް އެ ޤައުމުގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ. 

ރަޝިޔާގެ ވެރި ރަށް މޮސްކޯގެ ބޭރުގައި ހުންނަ އޭނާގެ ރަސްމީ ގެކޯލުގައި ރޮއިޓާސް އާއި، ރަޝިޔާގެ ތާސް ނިއުސް އެޖެންސީގެ އިތުރުން، ވޯގޮންޒޯ ބްލޮގަރަށް ދެއްވި ބަސްދީގަތުމެއްގައި މެޑްވެޑޭޒް ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިހާރު އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށެވެ. އަދި ކުރިމަތިވަމުންދާ ގޮންޖެހުން ތަކަށް ކެތް ކުރުމުގެ ޤާބިލުކަން، ނުވަތަ "ޕެއިން ތުރޯޝްހޯލްޑް" ދަށްވަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ ކުރިން ރަޝިޔާގެ ރައީސް ކަމާއި، ބޮޑު ވަޒީރުކަން ވެސް ކުރައްވާފައިވާ މެޑްވެޑޭވް ވިދާޅުވީ، ރަޝިޔާ އަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަނގުރާމައެއް ނުވަތަ، ގްލޯބަލް ކޮންފިކްޓަކަަށް ޝައުޤުވެރިވާ ޤައުމެއް ނޫން ކަމަށެވެ. އަދި ރަޝިޔާގެ ވެރިންނަކީ މޮޔައިންނެއް ނޫން ކަމަށާއި، ބައިނަލްއަޤުވާމީ ބޮޑު ކުރިމަތިލުމަކަށް ބޭނުން ވާނީ ކޮން ބައެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ. ހަމަ އެއާ އެކު، މިއީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރަޝިޔާ އިން ދައްކާފައިވާ ވާހަކަ ތަކެއް ކަމަށް ވެސް އޭނާ ވަނީ ހަނދާން ކޮށްދެއްވައިފަ އެވެ. 

ނަމަވެސް، މިހާާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ބައިނަލްއަޤުވާމީ ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެއްކޮށް ނެތް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް މެޑްވެޑޭވް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ، ހިތާމަޔަކީ އެފަދަ ބޮޑު ކުރިމަތިލުމެއް އައުމުގެ ފުރުސަތު އޮތްކަން ޤަބޫލު ކުރަން ޖެހުން ކަމަށެވެ. 

މެޑްވެޑޭވް މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ޤައުމު ތަކާއި، ރަޝިޔާއާ ދެމެދު އޮތް ގުޅުން އިންތިހާ އަށް ގޯސްވެފައިވާ ވަގުތެއްގަ އެވެ. ރަޝިޔާ އިން ޔޫކްރެއިންގެ ހަނގުރާމަ ފެށީއްސުރެ، މެޑްވެޑޭވް ގެންދަވަނީ ހުޅަނގުގެ ޤައުމު ތަކަށް އިންޒާރު ދެއްވަމުންނެވެ.

މަސްދަރު: ރޮއިޓާސް

ރަޝިއާޑްމިޓްރީ މެޑްވެޑެވްޔުކްރެއިންރަޝިއާ-ހުޅަނގުރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2026

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް
29 ޖެނުއަރީ 2026

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
26 ޖެނުއަރީ 2026

ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން

26 ޖެނުއަރީ 2026
ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން
26 ޖެނުއަރީ 2026

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ
24 ޖެނުއަރީ 2026

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު