Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޯޅަވަހި

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ މެދު ރައީސަ މުއިއްޒު އިއުތިރާޒުކޮށްފައި ވަނިކޮށް، އިނގިރޭސި ފޮރިން އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން އެކި ކޯޓުތަކާއި، ނިންމުންތަކާއި އަދި މުއައްސަސާތަކުން ސާފުކޮށްދީފައިވާ ކަމަށް.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 16:49
އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލާގޯ ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަތޮޅަކީ ޑިއޭގޯ ގާސިއާ. މި ރަށް އޮންނަނީ  ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި.

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލާގޯ ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަތޮޅަކީ ޑިއޭގޯ ގާސިއާ. މި ރަށް އޮންނަނީ ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި. | އާޓެމްޖޫ.އާރުޔޫ

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އިނގިރޭސި ސަރުކާރުން ހުކުރު ދުވަހު މިހެން ބުނީ ފޯޅަވަހީގެ މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަލައި ނުގަންނާނެ ކަން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށްނެވެ. 

Advertisement - newsAdvertisement

ދިވެހިރާއްޖެ އިން ފާޅުކުރި އިއުތިރާޒުތަކާ ގުޅޭގޮތުން "އާނާޑޯލޫ" ނިއުސް އެޖެންސީން ކުރި ސުވާލަކަށް ޖަވާބު ދެމުން އިނގިރޭސި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން އެކި ކޯޓުތަކާއި، ނިންމުންތަކާއި އަދި މުއައްސަސާތަކުން ސާފުކޮށްދީފައިވާ ކަމަށެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ މެދު އިއުތިރާޒު ކުރާކަން ދިވެހި ސަރުކާރުން ހާމަކުރީ ބުރާސްފަތި ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ އެ ނިންމުން ގަބޫލުނުކުރާކަން ހާމަކޮށް، 2024 ނޮވެމްބަރު 8 އަދި 2025 ޖެނުއަރީ 18 ގައި ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އިއުތިރާޒު ހުށަހަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް، އިނގިރޭސި ފޮރިން އޮފީހުން ފާހަގަކުރި ގޮތުގައި، ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒަށް އެއްވެސް ބުރުލެއް ނާރާނެކަން ކަށަވަރުކުރުމަށްޓަކައި، އެ ރަށާ ގުޅޭ މުއާހަދާގައި ސަލާމަތީ ގޮތުން ވަރުގަދަ މާއްދާތަކެއް ހިމަނާފައިވެ އެވެ.

ޗާގޯސް އާކިޕެލަގޯ ނުވަތަ ޗާގޯސް ޖަޒީރާތަކުގެ ޖިއޮގްރަފީ.
ޗާގޯސް އާކިޕެލަގޯ ނުވަތަ ޗާގޯސް ޖަޒީރާތަކުގެ ޖިއޮގްރަފީ.

މީގެ އިތުރުން އެ އޮފީހުން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އެ އަސްކަރީ މަރުކަޒު ރައްކާތެރިކުރެވި، ކުރިމަތިވެދާނެ އެކި ބާވަތުގެ ނުރައްކާތަކާ ކުރިމަތިލުމަށް ބޭނުންވާ މުހިންމު ގާބިލުކަން އިނގިރޭސިވިލާތަށް ދެމެހެއްޓޭނެ ކަމަށެވެ.

އިންޑިއާ ކަނޑުގެ މި ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އިނގިރޭސިވިލާތާއި މޮރިޝަސްއިން ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ. މި އެއްބަސްވުމާއެކު ފޯޅަވަހީގައި އޮތް 200 އަށްވުރެ ގިނަ އަހަރުވީ އިނގިރޭސި އިސްތިއުމާރީ ވެރިކަން ނިމުމަކަށް އަންނާނެ އެވެ. އޭގެ ބަދަލެއްގެ ގޮތުން، ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާ އާއި އިނގިރޭސިވިލާތަށް ލިބިގެންދާނެ އެވެ.

މި އެއްބަސްވުމަށް އަމަލުކުރަން އަދި ފަށާފައި ނުވަނީ، ދެ ގައުމުގެ ދާޚިލީ ނިޒާމުގެ ތެރެއިން އެ އެއްބަސްވުން ތަސްދީގުކުރުމުގެ މަރުހަލާ ނުނިމޭތީ އެވެ.

ހަތް އަތޮޅެއްގެ މައްޗަށް އެކުލެވޭ، އަދި 60 އަށްވުރެ ގިނަ ރަށް ހިމެނޭ ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (310 މޭލު) ދުރުގައި އޮންނަ ސަރަހައްދެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ފުޅާކޮށް، މައްސަލަ އުފެދިފައިވާ ކަނޑުގެ ސަރަޙައްދު އޭގެ ތެރޭގައި ހިމަނުއްވާނެ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅުމާއި، ބޭސްލައިން ކަނޑައެޅުމުގެ އިތުރުން ކަނޑުގެ ސަރަޙައްދާ ގުޅުންހުރި އެންމެހައި ކަންކަން ވިލަރެސްކުރުމަށް ޚާއްޞަ އިދާރާއެއް އުފައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒުގެ މި ނިންމެވުމާއެކު އިޓްލޮސް އިން އިން މޮރިޝަސްގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ސަރަހައްދު ރާއްޖޭގެ އަސްކަރިއްޔާ އިން ބަލަހައްޓަން ފެށި ކަމަށް ވެސް ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖެ އާއި ފޯޅަވަހި (ޗާގޯސް) އާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލަ ފެންމަތިވީ، މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. އޭޕްރީލް 2023 ގައި އިޓްލޮސްއިން ނިންމި ނިންމުމުގައި، ދެޤައުމުގެ ދެމެދުގައި ފުށުއަރާ 95,563 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ބަހާލައި، ރާއްޖެއަށް 47,232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަ ކިލޯމީޓަރު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

މަސްދަރު: އާނާޑޯލޫ

ޗާގޯސް އައިލެންޑްސްފޯޅަވަހިއިނގިރޭސިވިލާތް-މޮރިޝަސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑިއެގޯ ގާސިއާރާއްޖެ-މޮރިޝަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026
ށ. މާއުނގޫދޫ ޔޫތު އެސޯސިއޭޓް، ކުޑަކުއްޖެއްގެ ކަރުގައި ހިފި މައްސައެއް ފުލުހުން ތަހުގީގު ކުރަނީ

ށ. މާއުނގޫދޫ ޔޫތު އެސޯސިއޭޓް، ކުޑަކުއްޖެއްގެ ކަރުގައި ހިފި މައްސައެއް ފުލުހުން ތަހުގީގު ކުރަނީ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު