Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މިލާން އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސްއާ ދިމާ ކޮށްލައިފި

މިލާންގެ ސަން ސީރޯ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެމެރިކާގެ އެތުލީޓުން ދަނޑު ވަށައި ހިނގަމުން ދިޔައިރު، ސްޓޭޑިއަމްގައި ހުރި ބޮޑު ސްކްރީން އަކުން ވަނީ އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި، އޭނާގެ އަނބިކަނބަލުން އުޝާ ވޭންސް ދައްކާލާފައި. އެ ވަގުތު ވޭންސްގެ ދެކަނބަލުން ދިޔައީ އަތް ހިއްލަވައި، އެތުލީޓުންނަށް އަތުން އިޝާރާތް ކުރައްވަމުން. އެ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ ބަޔަކު ވަނީ ވޭންސް އާއި އުޝާއާ ދިމާކޮށްލައި، އަޑު ގަދަކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 10:37
މިލާން އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި އޭނާގެ އަނބިކަނބަލުން އުޝާ ބައިވެރިވެ ވަޑައިގަންނަވަނީ

މިލާން އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި އޭނާގެ އަނބިކަނބަލުން އުޝާ ބައިވެރިވެ ވަޑައިގަންނަވަނީ | ރޮއިޓާސް

އިޓަލީގެ މިލާންގައި ހުކުރު ދުވަހު އޮތް ފިނު މޫސުމުގެ އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ދިމާ ކޮށްލައިފި އެވެ. 

ވޭންސް ދަނޑުގައި އިންނަވަނިކޮށް އެ ތަނުގައި ތިބި ގިނަ ބަޔަކު ވަނީ އޭނާއާ ދިމާކޮށްލުމުގެ ގޮތުން އަޑު ގަދަ ކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ އެތުލީޓުން ދަނޑަށް ވަތް ވަގުތު ގިނަ ބަޔަކު ވަނީ އެތުލީޓުންނަށް ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ. 

މިލާންގެ ސަން ސީރޯ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެމެރިކާގެ އެތުލީޓުން ދަނޑު ވަށައި ހިނގަމުން ދިޔައިރު، ސްޓޭޑިއަމްގައި ހުރި ބޮޑު ސްކްރީން އަކުން ވަނީ އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި، އޭނާގެ އަނބިކަނބަލުން އުޝާ ވޭންސް ދައްކާލައިފަ އެވެ. އެ ވަގުތު ވޭންސްގެ ދެކަނބަލުން ދިޔައީ އަތް ހިއްލަވައި، އެތުލީޓުންނަށް އަތުން އިޝާރާތް ކުރައްވަމުންނެވެ. އެ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ ބަޔަކު ވަނީ ވޭންސް އާއި އުޝާއާ ދިމާކޮށްލައި، އަޑު ގަދަކޮށްފަ އެވެ. 

މި ރަސްމިއްޔާތުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ޓީމަކީ ޔޫކްރެއިންގެ ޓީމެވެ. ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް އޮލިމްޕިކްސް އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން، ރަޝިޔާގެ އެތުލީޓުން މުބާރާތުގައި ބައިވެރި ވަނީ ވަނި ޤައުމަކަށް ނިސްބަތް ނުވާ ނިއުޓްރަލް އެތުލީޓުންގެ ގޮތުގަ އެވެ. އެހެންވެ، ރަސްމިއްޔާތުގެ ޕެރޭޑުގައި ރަޝިޔާާގެ އެތުލީޓުން ބައިވެރި ކޮށްފައި ނުވެ އެވެ. 

އެމެރިކާގެ ނައިބު ރައީސް ވޭންސްގެ މި ދަތުރުފުޅާ ގުޅިގެން ހުކުރު ދުވަހުގެ ކުރީ ކޮޅު މިލާންގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. ސަތޭކަ އަށް ވުރެ ގިނަ މީހުން އެ މުޒާހަރާގައި ބައިވެރިވެފައިވާއިރު، އެ މުޒާހަރާ ތަކުގައި ވަނީ ގިނަ ބަޔަކު ޝުއޫރު ފާޅު ކޮށްފަ އެވެ. އެމެރިކާގެ ވަފުދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ އިމިގްރޭޝަން އެންފޯސްމަންޓް އެޖެންސީ (އައިސް)ގެ އެޖެންޓުން ބައިވެރިވާތީ އެކަމާ ވެސް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ، 

ވޭންސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީއާ ބައްދަލު ކުރައްވައިފަ އެވެ. މެލޯނީ އަކީ، އެމެރިކާގެ ރައީސް ޓްރަމްޕްއާ ގާތް ގުޅުމެއް ބާއްވާ، ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅެކެވެ. 

މަސްދަރު: އޭއެފްޕީ

ޖޭޑީ ވޭންސްފިނި މޫސުމުގެ އޮލިމްޕިކްސްޔުކްރެއިންރަޝިޔާ-ޔޫކްރެއިންޖިއޯޖިއާ މެލޯނީއިޓަލީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

06 ފެބުރުއަރީ 2026
ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ

ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ

05 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު