Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

ސުންގަޑި ހަމަވި އިރު ބަޖެޓް ފާސްކޮށްފައި ނުވާތީ އެމެރިކާގެ ފެޑަރަލް ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް، ބައެއް އިދާރާތަކުގެ ބަޖެޓް ކުރިން ފާސްކޮށްފައިވުމާއި އަންނަ ހަފްތާގައި ބަޖެޓަށް ގައި ހައުސްގައި ބަހުސްކުރާނެކަމަށް ބެލެވޭތީ މިފަހަރުގެ އަސަރު ކުޑަވާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 17:03
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް، ޔޫއެސް ކެޕިޓަލް ބިލްޑިންގ.

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް، ޔޫއެސް ކެޕިޓަލް ބިލްޑިންގ. | ގެޓީ އިމޭޖަސް

އެމެރިކާގެ ކޮންގްރެސް އަށް ބައެއް އިދާރާތަކަށް ބޭނުންވާ ބަޖެޓާމެދު މެންދަމުގެ ސުންގަޑި ހަމަވިއިރު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، ހޮނިހިރު ދުވަހުން ފެށިގެން އެގައުމުގެ ފެޑަރަލް ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ދިގުދެމިގެންދިޔަ މެދުކެނޑުމާ އަޅާބަލާއިރު، މިފަހަރުގެ ހުއްޓުމުން ކުރާނެ ނޭދެވޭ އަސަރު ކުޑަވާނެ ކަމަށް ބެލެވެނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ، ބައެއް އިދާރާތަކަށް މާލީ އަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ ފައިސާ ކުރިން ހަމަޖެހިފައިވުމުން، ހިދުމަތްތައް މެދުކެނޑޭނީ ހަމައެކަނި ވަކި އިދާރާތަކެއްގައި ކަމަށްވާތީ ކަމަށް ސީއެންއެން އިން ރިޕޯޓު ކޮށްފައިވެ އެވެ. ދެވަނަ ސަބަބަކީ، ސެނެޓުން ފާސްކޮށް ވައިޓް ހައުސް އިން ތާއީދުކޮށްފައިވާ ބަޖެޓާ ބެހޭ ބިލާމެދު، އަންނަ ހަފުތާގައި މަންދޫބުން އެނބުރި ވަޑައިގަތުމުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ބަހުސްކޮށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭތީ އެވެ.

"ޖުމްލަ ގޮތެއްގައި މިކަމުގެ ސަބަބުން ކުރާނެ އަސަރު ވަރަށް ކުޑަވާނެ،" ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ އިގްތިސާދީ ސިޔާސަތުތަކާ ބެހޭ މެނޭޖިން ޑައިރެކްޓަރު ރޭޗަލް ސްނައިޑަމަން ސީއެންއެން އަށް ވިދާޅުވި އެވެ.

ދަނޑުވެރިކަމާ ބެހޭ އިދާރާ، ވެޓެރަންސް އެފެއާޒް، އިންޓީރިއާ، އެނާޖީ، ޖަސްޓިސް އަދި ކޮމާސް ފަދަ މުހިންމު ދާއިރާތަކަށް ބޭނުންވާ ފައިސާ ކޮންގްރެސް އިން ކުރިން ފާސްކޮށްފައިވާތީ، އެ އިދާރާތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

މީގެ މާނައަކީ، 'ސްނެޕް' (SNAP) ފަދަ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްތަކުގެ ހިދުމަތް ލިބޭ އެތައް މިލިއަން ބަޔަކަށް މިފަހަރު ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމެވެ. އެންމެ ފަހުން ސަރުކާރުގެ މަސައްކަތްތައް ހުއްޓުމަކަށް އައި ދުވަސްވަރު، އެހީ ބޭނުންވާ ބައެއް ފަރާތްތަކަށް ފައިސާ ލިބުމުގައި ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން، އާއިލާތަކަށް ކާބޯތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

އެހެންނަމަވެސް، ސަރުކާރުގެ ބައެއް ބައިތައް ބަންދުވުމަކީ ވެސް، އެކަން ދިގުލައިގެން ހިނގައްޖެނަމަ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މީގެ ތެރޭގައި ވައިގެ ބަނދަރުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލަސްތަކެއް ކުރިމަތިވުމާއި، ފެޑަރަލް މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވުމުގެ އިތުރުން، ގެދޮރު ގަތުމަށާއި ކުދި ވިޔަފާރިތަކަށް ބޭނުންވާ ބައެއް ލޯނުތައް ދޫކުރުން މެދުކެނޑުން ހިމެނެ އެވެ.

ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) އިން ހުކުރު ދުވަހު އިދާރާތަކަށް އިރުޝާދު ދީފައި ވަނީ، މަސައްކަތްތައް ހުއްޓާލުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތާއި، މުވައްޒަފުން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރާނެ ނުވަތަ މުސާރައާ ނުލައި މަސައްކަތް ކުރަންޖެހޭނެކަން އެންގުމަށެވެ.

ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް އައީ، އަންނަ ސެޕްޓެމްބަރު 30 އަށް ނިމޭ މާލީ އަހަރުގެ ބާކީ އޮތް ބަޔަށް، ހޯމްލޭންޑް ސެކިއުރިޓީ ފިޔަވައި އެހެން ހުރިހާ އިދާރާތަކަށް ބޭނުންވާ ބަޖެޓް ބިލު ހުކުރު ދުވަހުގެ ރޭ ސެނެޓުން ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕަކީ ސަރުކާރުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ހާލަތްތަކާ އާ ބޭފުޅެއް ނޫނެވެ. އޭނާގެ ފުރަތަމަ ރިޔާސީ ދައުރުގައި ވެސް 35 ދުވަހުގެ މުއްދަތަށް ސަރުކާރު ހުއްޓުމަކަށް އައެވެ. މިއީ މިދިޔަ އަހަރާ ހަމައަށް ތާރީޚުގައި އެންމެ ގިނަ ދުވަހަށް އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮތް ފަހަރެވެ.

ސަރުކާރު ހުއްޓުމަކަށް އައުމަކީ އަކީ ކޮބާ؟

ކޮންމެ މާލީ އަހަރަކު، ފެޑަރަލް އިދާރާތަކާއި ސަރުކާރުގެ އެކި ދާއިރާތައް ހިންގުމަށް ބޭނުންވާ ފައިސާ ކޮންގްރެސް އިން ހަމަޖައްސައިދޭން ޖެހެއެވެ. އެމެރިކާގެ މާލީ އަހަރު ފެށެނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މުޅި އަހަރަށް ބޭނުންވާ ބަޖެޓު ނުވަތަ ވަގުތީ ގޮތުން ޚަރަދުތައް ހަމަޖެއްސުމަށް ފާސްކުރާ "ކޮންޓިނިއުއިންގ ރިޒޮލިއުޝަން" ފާސްކުރުމުގައި މެންބަރުންނަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކޮންގްރެސް އިން އަލުން ފައިސާ ހަމަޖައްސައިދެންދެން ސަރުކާރުގެ ގިނަ އިދާރާތަކަކާއި ހަރަކާތްތަކެއް ހުއްޓާލަން މަޖުބޫރުވެ އެވެ.

ފެޑަރަލް ބަޖެޓު އެކުލެވިގެންވަނީ 12 ބިލެއްގެ މައްޗަށެވެ. މީގެ ތެރެއިން އެއްވެސް ބިލެއް ކޮންގްރެސްގެ ދެ މަޖިލީހުން ފާސްނުވެއްޖެ ނަމަ، މުޅި ސަރުކާރު އެއްކޮށް ހުއްޓުމަކަށް އަންނާނެ އެވެ.

ނަމަވެސް، ބައެއް އިދާރާތަކަށް ބޭނުންވާ އަހަރީ ބަޖެޓު ކުރިން ފާސްކޮށްފައިވާ ނަމަ، އެހެން އިދާރާތަކުގެ މަސައްކަތް ހުއްޓުނު ކަމުގައި ވިޔަސް އެ ތަންތަނުގެ ހިންގުން ކުރިއަށް ގެންދެވޭނެ އެވެ. އެހެންކަމުން، މިހާރު ދިމާވެފައިވާ މައްސަލައަކީ ސަރުކާރުގެ ބައެއް ދާއިރާތައް ހުއްޓުމަކަށް އައުން ނުވަތަ "ޕާޝަލް ޝަޓްޑައުން" އެކެވެ.

އެމެރިކާކޮންގްރެސްރައީސް ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްސެނެޓްހައުސް އޮފް ރެޕްރެޒެންޓެޓިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

06 ފެބުރުއަރީ 2026
އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު