Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، މީގެ ކުރިން ވެސް މަޝްވަރާ ކުރާނެ ފުރުސަތު އީރާން އަށް ލިބުނު ކަމަށް. ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ މިޑްނައިޓް ހެމާ އޮޕަރޭޝަން ފަދަ ޙަރަކާތެއް އަލުން ތަކުރާރުވާން އީރާން އިން ބޭނުން ވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 06:55
އެމެރިކާގެ ވައިޓް ހައުސްގައި 2026، ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު، ސަރުކާރުގެ ބައެއް އިދާރާތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ބިލުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވުމަށްފަހު އިޝާރާތް ކުރައްވަނީ. މި ރަސްމިއްޔާތުގައި އެމެރިކާގެ ހައުސް ސްޕީކަރު މައިކް ޖޯންސަން އާއި، ސެނެޓަރު ޝެލީ މުއާ ކެޕިޓޯގެ އިތުރުން ސެނެޓަރު ޖޯން ބަރާސޯ ބައިވެރިވެވަޑައިގެން އަތްތިލަބަޑި ޖައްސަވަނީ.

އެމެރިކާގެ ވައިޓް ހައުސްގައި 2026، ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު، ސަރުކާރުގެ ބައެއް އިދާރާތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ބިލުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވުމަށްފަހު އިޝާރާތް ކުރައްވަނީ. މި ރަސްމިއްޔާތުގައި އެމެރިކާގެ ހައުސް ސްޕީކަރު މައިކް ޖޯންސަން އާއި، ސެނެޓަރު ޝެލީ މުއާ ކެޕިޓޯގެ އިތުރުން ސެނެޓަރު ޖޯން ބަރާސޯ ބައިވެރިވެވަޑައިގެން އަތްތިލަބަޑި ޖައްސަވަނީ. | ރޮއިޓާސް

އެމެރިކާ އިން މިހާރު ވެސް އަންނަނީ އީރާން އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ތުރުކީގެ ވެރި ރަށް އިސްތަމްބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ބަދަލުގައި އޮމާންގައި މަޝްވަރާތައް ބޭއްވުމާއި، މަޝްވަރާ ކުރެވޭ ދާއިރާ ހަނި ކުރުމަށް އީރާން އިން އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާން އިން ބޭނުން ވަނީ ކޮންމެ ވެސް ކަމެއް ޙާސިލު ކުރަން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެ މެދުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، މި ހަފުތާގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ވަކި ތަނެއް ހާމަ ކުރެއްވުމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވައިފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މީގެ ކުރިން ވެސް މަޝްވަރާ ކުރާނެ ފުރުސަތު އީރާން އަށް ލިބުނު ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ މިޑްނައިޓް ހެމާ އޮޕަރޭޝަން ފަދަ ޙަރަކާތެއް އަލުން ތަކުރާރުވާން އީރާން އިން ބޭނުން ވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން، މިހާރު އީރާން އިން ބޭނުން ވަނީ މަޝްވަރާގެ މޭޒަށް އަންނަން ކަމަށާއި، އެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެވޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާ ބައްދަލުވުން ތަކެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނައިރު، އެ ބައްދަލުވުން އޮންނާނެ ތަނަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، މިވަގުތު އެކަން ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް، އެއީ ހަމައެކަނި އެންމެ ބައްދަލުވުމެއް ނޫން ކަމަށާއި، އެއަށް ވުރެ ގިނަަ ބައްދަލުވުން ތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ، 

އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ޤައުމުގެ ދެ މެދުގައި ސީދާ މަޝްވަރާ ތަކެއް ފެށުމަކީ ސަރަހައްދީ މަސްލަޙަތަށް އުޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. ނަމަވެސް، މަޝްވަރާ ބައްދަލުވުން އޮންނާނެ ތަނަކާއި، މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫއު އަދި އެހެން ކަންކަމުގައި ވެސް ޚިޔާލު ތަފާތުވުން ތަކެއް އެބަ ހުއްޓެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންރައީސް ޑޮނަލްޑް ޓްރަމްޕްއިސްތަންބޫލްއީރާން-އެމެރިކާ ގެ ގުޅުންއެމެރިކާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެފް-15 ބޯޓުތައް މަރާމާތު ކުރުމަށް ސައުދީ އިން އެމެރިކާ އަށް ތިން ބިލިއަން ޑޮލަރު

އެފް-15 ބޯޓުތައް މަރާމާތު ކުރުމަށް ސައުދީ އިން އެމެރިކާ އަށް ތިން ބިލިއަން ޑޮލަރު

04 ފެބުރުއަރީ 2026
ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026
ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

03 ފެބުރުއަރީ 2026
އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު