Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ސައުދީ އަރަބިއްޔާ

އެފް-15 ބޯޓުތައް މަރާމާތު ކުރުމަށް ސައުދީ އިން އެމެރިކާ އަށް ތިން ބިލިއަން ޑޮލަރު

އެމެރިކާގެ ޕެންޓަގަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއްބަސްވުމުގެ ދަށުން ސައުދީގައި މަސައްކަތް ކުރުމަށް އެމެރިކާގެ މަދަނީ ކޮންޓްރެކްޓަރުން ނުވަތަ، އަސްކަރީ ސިފައިންގެ ކުޑަ ޓީމެއް އެ ޤައުމަށް ފޮނުވަން ޖެހިދާނެ ކަމަށް. މި އެއްބަސްވުމުގެ ދަށުން ސައުދީ އިން ގަތުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ބޯޓު ތަކުގެ ސްޕެއާ ޕާޓްސް އާއި، މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އަދި ބޯޓު ތަކުގައި ބޭނުން ކުރާ ސޮފްޓްވެއާ އާއި އެއާ ގުޅޭ ޓެކްނިކަލް ލިޔެކިޔުންތައް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 06:28
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ފައިސަލް އެއާ ކޮލެޖުގައި އޮތް އެފް-15 އެސްއޭ މަރުކާގެ ހަނގުރާމަ މަތީ ބޯޓު ތަކެއް.

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ފައިސަލް އެއާ ކޮލެޖުގައި އޮތް އެފް-15 އެސްއޭ މަރުކާގެ ހަނގުރާމަ މަތީ ބޯޓު ތަކެއް. | ރޮއިޓާސް

ސައުދީ އަރަބިއްޔާ އިން ބޭނުންވާ އެފް-15 މަރުކާގެ ހަނގުރާމަ މަތީ ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ވިއްކުމަށް، ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާ އިން ފާސްކޮށްފި އެވެ. 

މިއީ ސައުދީގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް އެމެރިކާ އިން ދޭ އެހީތެރި ކަމުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މުއާމަލާތެއް ކަމަށް ފާހަގަވެފައިވެ އެވެ. 

އެމެރިކާގެ ޕެންޓަގަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއްބަސްވުމުގެ ދަށުން ސައުދީގައި މަސައްކަތް ކުރުމަށް އެމެރިކާގެ މަދަނީ ކޮންޓްރެކްޓަރުން ނުވަތަ، އަސްކަރީ ސިފައިންގެ ކުޑަ ޓީމެއް އެ ޤައުމަށް ފޮނުވަން ޖެހިދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ސައުދީ އިން ގަތުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ބޯޓު ތަކުގެ ސްޕެއާ ޕާޓްސް އާއި، މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އަދި ބޯޓު ތަކުގައި ބޭނުން ކުރާ ސޮފްޓްވެއާ އާއި އެއާ ގުޅޭ ޓެކްނިކަލް ލިޔެކިޔުންތައް ހިމެނެ އެވެ. 

މީގެ އިތުރުން ސައުދީގެ އަސްކަރިއްޔާގެ މުވައްޒަފުން ތަމްރީނު ކުރުމާއި، އިންޖިނިއަރިން އަދި ލޮޖިސްޓިކްސްގެ ދާއިރާ އިން އެމެރިކާ ސަރުކާރާއި، ކޮންޓްރެކްޓަރުންގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ. ޕެންޓަގަން އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ވިޔަފާރީގެ ސަބަބުން ގަލްފު ސަރަހައްދުގެ ސިޔާސީ ހަމަޖެހުމާއި، އިޤްތިޞާދީ ކުރިއެރުމަށް މަސައްކަތް ކުރާ، އަދި ނޭޓޯ އިން ބޭރުގައިވާ އެމެރިކާގެ މުހިންމު ބައިވެރިއެއް ކަަމަށްވާ ސައުދީ އަރަބިއްޔާގެ ސަލާމަތީ ކަންކަން ވަރުގަދަ ވެގެން ދާނެ އެވެ.

މި އެފް-15 ބޯޓު ތަކަކީ ސައުދީ އަރަބިއްޔާ އަށް ކުރިމަތިވާ މިހާރުގެ ނުރައްކާ ތަކާއި، ކުރި މަގުގައި ކުރިމަތި ވެދާނެ ނުރައްކާ ތަކުން ދިފާއު ވުމަށް އެ ޤައުމުން ބޭނުންވާ ކުރާ މުހިންމު ވަސީލަތެކެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި، ޤައުމީ ސަލާމަތާ ގުޅުން ހުރި މަޤުޞަދުތައް ޙާސިލު ކުރުމަށް މަގު ފަހި ވާނެ ކަމެއް ކަމަށް ވެސް، އެމެރިކާ އިން ބުނެފައިވެ އެވެ. 

މީގެ އިތުރުން ނިމިދިޔަ ހަފުތާގެ ފަހު ކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސައުދީ އަށް 730 ޕެޓްރިއަޓް އެޑްވާންސްޑް ކެޕޭބިލިޓީ-3 ފެ މިސައިލް ވިއްކުމަށް ނުވަ ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ފާސްކޮށްފަ އެވެ. ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ މި މިސައިލް ތަކަކީ ބެލިސްޓިކް މިސައިލް އާއި، ކްރޫޒް މިސައިލް އަދި ޒަމާނީ ޑްރޯންތައް ދެނެގަނެ، ވައްޓާލުމުގެ ޤާބިލުކަން ލިބިފައިވާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމު ތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެކެވެ. 

ޕެންޓަގަން އިން ބުނި ގޮތުގައި، މި މިސައިލް ނިޒާމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އެއްގަމު ސިފައިންނާއި، އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިން އަދި ސަރަހައްދީ ބައިވެރިންގެ ރައްކާތެރިކަން ކަށަވަރު ވެގެންދާނެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-ސައުދީ އަރަބިއްޔާއެމެރިކާޕެންޓަގަންސައޫދީ އަރަބިއްޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026
ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

03 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026
ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު