Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

31 ޖެނުއަރީ 2026 | ހޮނިހިރު 07:11

އެގޮތުން 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބޭއްވި، ރިޔާސީ ފުރަތަމަ ބަހުސް އޮތް ރޭ ބައިޑަން އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެފައިވޭ. 2024 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެޓްލާންޓާގައި އޮތް ރިޔާސީ ބަހުސްގައި ބައިޑަން އާއި، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވިިރު، އޭނާ އެ ތަނަށް ދިޔައީ ބައިޑަން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2026 | ހޮނިހިރު 07:11
2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ ބަހުސްގައި، އޭރުގެ ރައީސް ޖޯ ބައިޑަން

2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ ބަހުސްގައި، އޭރުގެ ރައީސް ޖޯ ބައިޑަން | ރޮއިޓާސް

އިޒްރޭލާ ދެކޮޅަށް އެމެރިކާގައި ހިންގި ޙަރަކާތް ތަކުގެ ތެރެއިން، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

އެގޮތުން ބައިޑަން އަވާހަރަ ކޮށްލަން މަސައްކަތް ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ އާދަމް ބެންޖަމިން ހޯލް ނަމަކަށް ކިޔާ ޒުވާނެކެވެ. 

އެގޮތުން 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބޭއްވި، ރިޔާސީ ފުރަތަމަ ބަހުސް އޮތް ރޭ ބައިޑަން އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެޓްލާންޓާގައި އޮތް ރިޔާސީ ބަހުސްގައި ބައިޑަން އާއި، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވިިރު، އޭނާ އެ ތަނަށް ދިޔައީ ބައިޑަން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މިކަން ފަޅާ އަރާފައި ވަނީ އޭގެ އެއް އަހަރު ދުވަސް ފަހުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމެރިކާގެ އެލަބާމާގެ ވޮލަސް ސްޓޭޓް ކޮމިއުނިޓީ ކޮލެޖު ދަރިވަރުންނާ، ހޯލް މި ވާހަކަ ހިއްސާ ކޮށްފައިވާ ކަމަށް ވަނީ ދެނެގަނެވިފަ އެވެ. އެގޮތުން ދެ ރައުންޑު ހިމެނޭ ރިވޯލްވަރެއް އޭނާ ގެންގުޅުނު ކަމަށާއި، އެއީ ބައިޑަން އަވަހާރަ ކޮށްލަން އެކަށީގެންވާ އަދަދެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ދެނެގަނެވިފައިވެ އެވެ. އެގޮތުން ބައިޑަން އަށް ހަމަލާ ދީ އަވަހާރަ ކޮށްލެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށާއި، އެފަދަ "ޝޮޓެއް" އަމާޒު ކުރެވޭނެކަން ޔަގީން ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ކުދިންނާ ވާހަކަ ދައްކަމުން ހޯލް ބުނެފައި ވަނީ، އިޒްރޭލް އިން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އައި ހަނގުރާމައިގެ ސަބަބުން ފަަލަސްޠީނުގެ ކުޑަ ކުދިންނަށް ލިބިފައިވާ އަނިޔާގެ ފޮޓޯތައް ފެނުމުން އޭނާ ވަރަށް ބޮޑަށް ދެރަވި އެވެ. އެއާ އެކު، ބައިޑަން އަވަހާރަ ކޮށްލުމަށް ވަރަށް ރަނގަޅު "މެނިފެސްޓޯ" އެއް ތައްޔާރު ކުރި ކަމަށާއި، އެ މަސައްކަތުގައި އުޅެން ހަދައިގެން ކޮލެޖުން ފެއިލްވާ ހިސާބަށް ދިޔަ ކަމަށް ވެސް އޭނާ ވަނީ ދަރިވަރުންނާ ހިއްސާ ކޮށްފަ އެވެ. 

އެމެރިކާގެ ލޯކަލް ފުލުހުން ވަނީ ހޯލްގެ މި ވާހަކަތައް އެ ޤައުމުގެ ސީކްރެޓް ސާވިސްއާ ހިއްސާ ކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގުގައި ޙަރަކާތްތެރިވި ފަރާތްތަކުން ވަނީ ހޯލްގެ ބެލެނިވެރިންނާ ވެސް ބައްދަލު ކޮށްފަ އެވެ. އެގޮތުން ހޯލް އެކަން ރޭވިތާ އެއް މަސް ދުވަސް ފަހުން އެކަމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުނު ކަމަށާއި، އެއާ އެކު ރިވޯލްވަރު ހިފަހައްޓާފައިވާ ކަމަށް ބެލެނިވެރިން ވަނީ މައުލޫމާތު ދީފަ އެވެ. ހޯލް ދިރިއުޅެމުން އަންނަނީ އޭނާގެ ބެލެނިވެރިންނާ އެކު އެލަބާމާގެ ކްރޭން ހިލްގައި ކަމަށްވާއިރު، އެ ސަރަހައްދުން އެޓްލަންޓާ އަށް ދާން ތިން ގަޑިއިރު ހޭދަ ވާނެ އެވެ. 

އެ ހާދިސާގެ މައުލޫމާތު ހޯލް ވަނީ ތަހުގީގު ކުރާ ފަރާތްތަކާ ވެސް ހިއްސާ ކޮށްފަ އެވެ. އެގޮތުން އޮންލައިންކޮށް ފެނުނު ފޮޓޯ ތަކެއްގެ ސަބަބުން ހިތްދަތިވެ، ރައީސް އަވަހާރަ ކޮށްލުމުގެ ވިސްނުން ސިކުނޑި އަށް ގެނެވުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އެއާ އެކު، ރިވޯލްވަރު ފޮއްޓަކަށް ލައިގެން، އެޓްލަންޓާ އަށް އޭނާ ދިޔައީ ކާރެއްގަ އެވެ. ނަމަވެސް އޭނާ ދިޔައީ ބަންދު ކޮށްފައިވާ ސީއެންއެންގެ އިމާރާތް ކައިރިއަށެވެ. އެ ތަނުގައި ހަމަލާ ދިނުމަށް ތައްޔާރުވުމުގެ ކުރިން، އެއީ ގޯސް ވިސްނުމެއްކަން އޭނާގެ ސިކުނޑި އަށް ގެނެވި އެ ތަނުން ދުރަށް ދިޔައީ އެވެ. 

އޭގެ ފަހުން ހޯލް ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާ އަށް ގުޅައި، އެފަދަ ކަމެއް ކުރަން އުޅުނު ކަމަށް ވެސް ބުނެފަ އެވެ. އެ އިވެންޓުގެ ތެރެއިން ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް، އެ ތަނުގައި ބައިވަރު ފުލުހުންނާއި، ސަލާމަތީ އޮފިޝަލުން ތިބުމުގެ ސަބަބުން އެކަން ނުކުރެވުނު ކަމަށް ބުނެފައިވެ އެވެ. އަދި ދެން އޮންނަ ރިޔާސީ ބަހުސެއްގެ ތެރެއިން އަނެއްކާ ވެސް އެ ހަމަލާ ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ. 

ތަހުގީގު ކުރާ ފަރާތްތަކުން ވަނީ، ހޯލް އެ ބުނާ މެނިފެސްޓޯ އޭނާގެ ފޯނުން ހޯދައިފަ އެވެ. އެއީ ފަލަސްޠީނުގެ ހުރިހާ ނޫސްވެރިންނަށް އޭނާ ދީފައިވާ މެސެޖެކެވެ.  އެ މެސެޖުގައި އޭނާ ލިޔެފައި ވަނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، އެކަމުގައި އެންމެން ބައިވެރިވެފައިވާ ކަމަށެެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން، އެތައް ބަޔަކު ހޭލައްވާލާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ހޯލް ބުނެފައިވެ އެވެ. 

2024 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޖޯ ބައިޑަން އަވަހާރަ ކޮށްލަން އާދަމް ބެންޖަމިން ހޯލް ކުރި މަސައްކަތުގެ ކުޑަ ދުވަސް ކޮޅެއް ކުރިން އޭނާ ލިޔެފައިވާ މެނިފެސްޓޯގެ ބައެއް

2024 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޖޯ ބައިޑަން އަވަހާރަ ކޮށްލަން އާދަމް ބެންޖަމިން ހޯލް ކުރި މަސައްކަތުގެ ކުޑަ ދުވަސް ކޮޅެއް ކުރިން އޭނާ ލިޔެފައިވާ މެނިފެސްޓޯގެ ބައެއް

އޭނާ ލިޔެފައި ވަނީ ދުޝްމަނުން ތިބީ އެމެރިކާ އާއި އިޒްރޭލްގައި ކަމަށެވެ. އަދި ރަޝިޔާ އާއި، ޗައިނާ އަދި އީރާން ދިފާއު ކުރާ ކަމަށެވެ. އެގޮތުން އެ މީހުން ބޭނުން ވަނީ އެ ޤައުމު ތަކުން އެމެރިކާ އަށް ނުރައްކާ ކުރާ ކަމަށް ދެއްކުމަށް ކަމަށް އޭނާ ބުނެފައިވެ އެވެ. 

ހޯލް ހައްޔަރު ކުރުމުގެ އަމުރު ގާޒީ ނެރުއްވާފައި ވަނީ ހޯމަ ދުވަހު އެވެ. އޭނާ އަށް ދައުވާ އުފުލާފައި ވަނީ އިންޓަސްޓޭޓް ސްޓޯކިންގެ ކުށުގަ އެވެ. ތަހުގީގު ކުރިއަށްދާއިރު، އިތުރު ދައުވާ ތަކެއް ކުރެވިދާނެ ކަމަށް ވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ވަނީ ބުނެފަ އެވެ، 

މަސްދަރު: ޑަބްލިއުބީއާރުސީ

ޖޯ ބައިޑަންއާދަމް ބެންޖަމިން ހޯލްރައީސް ޑޮނަލްޑް ޓްރަމްޕްއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމައެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026
ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް
31 ޖެނުއަރީ 2026

އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް

31 ޖެނުއަރީ 2026
އީރާން އިން ބޭނުން ވަނީ ޑީލެއް ހަދަން: ޓްރަމްްޕް
30 ޖެނުއަރީ 2026

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް

30 ޖެނުއަރީ 2026
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވީ ނަމަވެސް، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ "ނިމުން އޮންނާނެ ގޮތެއް" ނޭނގޭ: އޮފިޝަލް
30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
30 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި
30 ޖެނުއަރީ 2026

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން
30 ޖެނުއަރީ 2026

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި
30 ޖެނުއަރީ 2026

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް