Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންޑީ ބާންހަމް

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026 | ހޯމަ 18:47

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ނަމުގައި އޮޅުވާލައިގެން މެސެޖުކުރި މީހަކާ އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް މުއާމަލާތް ކުރެއްވި މައްސަލައެއް ފެންމަތިވެއްޖެ. މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ އިސް ސިޔާސީ ބޭފުޅުންނަށް މިފަދަ އޮޅުވާލުންތަކާ ކުރިމަތިލާން ޖެހިފައިވޭ

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 18:47
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަންކުރި އެންޑީ ބާންހަމް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަންކުރި އެންޑީ ބާންހަމް | ރޮއިޓާސް

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ ކަމަށް ބައެއް މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓުކޮށްފި އެވެ.

ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރި "ޕޮލިޓިކޯ" އިން ބުނި ގޮތުގައި، ބޮޑުވަޒީރު ބާންހަމް ވަނީ ސޫޒީ ވައިލްސް ކަމަށް ހީކޮށް، ވަކި ސިއްރު މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް އެ މީހާއަށް "މެސެޖުތަކެއް" ފޮނުއްވާފަ އެވެ. ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރަށް ޝައްކުކުރެވުނެވެ.

މި ހާދިސާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ވޮޝިންޓަންގައި ހުންނަ އިނގިރޭސި އެމްބަސީން މިކަން ވައިޓް ހައުސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޕޮލިޓިކޯއަށް މައުލޫމާތު ދިން ދެ މަސްދަރަކުން ކަށަވަރުކޮށްދެ އެވެ.

މި މެސެޖުތައް ބަދަލުކުރި ވަކި ތާރީޚެއް ނުވަތަ އެ މެސެޖުތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އެންޑީ ބާންހަމް އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ، ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ކިއަރ ސްޓާމަރއަށް ފަހު، ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރުގެ އޮފީސް، ޑައުނިންގ ސްޓްރީޓްގެ ތަރުޖަމާނަކު ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި އެ އޮފީހުން ކޮމެންޓް ނުކުރާނެ ކަމަށެވެ. ނަމަވެސް، އެފަދަ މެސެޖުތަކެއް ބަދަލުކުރެވުނު ކަމަށް ބުނާ ވާހަކަ އޭނާ ދޮގެއް ނުކުރައްވަ އެވެ.

މިފަދަ އޮޅުވާލުމެއްގެ ޝިކާރައަކަށްވި އިނގިރޭސިވިލާތުގެ ފުރަތަމަ އިސް ސިޔާސީ ޝަޚުސިއްޔަތަކީ ބާންހަމްއެއް ނޫނެވެ.

2024 ވަނަ އަހަރު، ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ކަމަށް ހެދިގެން މީހަކު ވަނީ، އޭރުގެ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަންއަށް ފޯނުން ގުޅައި އޮޅުވާލާފަ އެވެ. އެ ހާދިސާގެ ވީޑިއޯއެއް އިނގިރޭސި ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.

އެ ހާދިސާ ހިނގި ދުވަސްވަރު އިނގިރޭސި ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެކަން އާންމުކުރީ އެކަން ކުރި ބަޔަކު އެ ވީޑިއޯ ބޭނުންކޮށްގެން އޮޅުވާލުމެއް ނުވަތަ ނުބައި މައުލޫމާތެއް ފެތުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށެވެ.

އެންޑީ ބާންހަމްސޫޒީ ވައިލްސްވައިޓް ހައުސްއިނގިރޭސިވިލާތްޑޭވިޑް ކެމެރޫންޕެޓްރޯ ޕޮރޮޝެންކޯ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި

14 އޯގަސްޓު 2026
ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
13 އޯގަސްޓު 2026

ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ

13 އޯގަސްޓު 2026
ލެވިޓް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވަނީ
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
08 އޯގަސްޓު 2026

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

08 އޯގަސްޓު 2026
ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
08 އޯގަސްޓު 2026

ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

08 އޯގަސްޓު 2026
ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް