Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އީރާންގެ ލީޑަރު ޚާމަނާއީ ހުންނަވަން ޖެހޭނީ ކަންބޮޑުވެފައި: ޓްރަމްޕް

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިން ފަހުން، އަލުން އަނެއްކާ ވެސް ނިއުކްލިއާ ތަނެއް ބިނާ ކުރުމަށް އީރާން އިން ވިސްނަމުން އައި ކަމަށް. އެގޮތުން ޓްރަމްޕް ވިދާޅުވީ، އީރާން އިން ޤައުމުގެ އެހެން ސަރަހައްދެއްގައި ނިއުކްލިއާ އައު ތަނެއް ޤާއިމު ކުރުމަށް ވިސްނަމުން އައި ކަމަށާއި، އެކަން އެމެރިކާ އަށް އެނގުނު ހިސާބުން އީރާން އަށް އިންޒާރު ދީފައިވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 05:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އީރާންގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އީރާންގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ | ގެޓީ އިމޭޖަސް

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހުންނަވަން ޖެހޭނީ ވަރަށް ކަންބޮޑުވެފައި ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ "އިސްވެރިޔާ" ހުންނަވަން ޖެހޭނީ ވަރަށް ކަންބޮޑުވެފައިވާ ކަމަށާއި، އެއީ ލާޒިމު ކަމެއް ކަމަށެވެ. އެއާ އެކު، އެމެރިކާ އިން އަންނަނީ އީރާން އާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާ އިން އީރާންގެ ހިމެނޭ ސަރަހައްދުގައި ހަނގުރާމަވެރި ބާރުތައް އިތުރު ކުރަމުން ގެންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް ހުކުރު ދުވަހު އޮންނާނެ އެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ބުދަ ދުވަހު ވިދާޅުވެފައި ވަނީ، އެމެރިކާ އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ހުކުރު ދުވަހު އޮމާންގައި އޮންނާނެ ކަމަށެވެ. އެމެރިކާގެ އޮފިޝަލަކު ވެސް ވަނީ، ހުކުރު ދުވަހު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އީރާން އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވަނީ، ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދުތައް އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުން އަންނާތީ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ޤައުމާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ. މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ، އީރާންގެ ނިއުކްލިއާ މަރުކަޒު ތަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިން ފަހުން، އަލުން އަނެއްކާ ވެސް ނިއުކްލިއާ ތަނެއް ބިނާ ކުރުމަށް އީރާން އިން ވިސްނަމުން އައި ކަމަށެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އީރާން އިން ޤައުމުގެ އެހެން ސަރަހައްދެއްގައި ނިއުކްލިއާ އައު ތަނެއް ޤާއިމު ކުރުމަށް ވިސްނަމުން އައި ކަމަށާއި، އެކަން އެމެރިކާ އަށް އެނގުނު ހިސާބުން އީރާން އަށް އިންޒާރު ދީފައިވާނެ ކަމަށެވެ. 

އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އިން އެގޮތުގައި މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ، ވަރަށް ނުރައްކާތެރި ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ ކަމަށެވެ.  މީގެ ކުރިން ވެސް އެމެރިކާ އާއި، އީރާންއާ ދެމެދު ވަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިޒްރޭލް އާއި، އެމެރިކާ އިން އީރާން އަށް ދިން ހަމަލާ ތަކުގެ ސަބަބުން އެ މަޝްވަރާ ތަކަށް ވަނީ ހުއްޓުން އައިސްފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާންއިޒްރޭލްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އިޒްރޭލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

އިޒްރޭލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު