Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ޣައްޒާ

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ގައި 20 މީހުން ޝަހީދު ވެއްޖެ

4 ފެބުރުއަރީ 2026 | ބުދަ 17:50

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ކުޑަކުދިންނާއި ސިއްހީ ޚިދުމަތްތެރިއަކު ހިމެނޭހެން ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، މިއީ ހަމާސްގެ ހަމަލާއަކަށް ރައްދުދިނުމުގެ ގޮތުން ދިން "ސީދާ ހަމަލާތަކެއް" ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނޭ. ނަމަވެސް ހަމާސް އިން ވަނީ އިޒްރޭލުގެ ތުހުމަތުތައް ދޮގުކޮށް، މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު ކުރިއަށް ގެންދިއުމަށް ދައްކާ ބަހަނާއެއް ކަމަށް ބުނެފައި. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކަމުގެ ތުހުމަތު ދެފަރާތުން ކުރަމުންދާއިރު، އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 550 އަށްވުރެ މައްޗަށް އަރާފައި.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 17:50
ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ގިނަ އަދަދެއްގެ ބައެއްގެ ހަށިތައް ވަނީ ގެންގޮސްފައި.

ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ގިނަ އަދަދެއްގެ ބައެއްގެ ހަށިތައް ވަނީ ގެންގޮސްފައި. | ޝަޓާ ސްޓޮކް

އިޒްރޭލުން ޣައްޒާ އަށް ދިން ހަމަލާތަކެއްގައި މަދުވެގެން 20 މީހުން ޝަހީދުވެފައިވާ ކަމަށް ހޮސްޕިޓަލްތަކުން ބުނެފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޕެރާމެޑިކް އެއް ހިމެނޭއިރު، އިތުރު 40 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވި އެ ގައުމުގެ ސިފައިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން "ޓެރަރިސްޓުންނަށް" އަމާޒުކޮށް، ޓޭންކުތަކާއި މަތިންދާބޯޓު ބޭނުންކޮށްގެން "ސީދާ ހަމަލާތަކެއް" ދީފައިވާ ކަމަށެވެ. މި ހަމަލާގައި އިޒްރޭލު ސިފައިންގެ އޮފިސަރަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް ބުނެފައިވެ އެވެ.

އިޒްރޭލުން އިތުރަށް ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އިޒްރޭލު ސިފައިން ޣައްޒާގައި ގާއިމުވެ ތިބޭ ސަރަހައްދު ކަމަށްވާ "ޔެލޯ ލައިން" ކައިރިންނެވެ. އަދި މިއީ ހަމާސް އާ އެކު ވެފައިވާ ތިން މަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

ހަމާސް އިން ވަނީ އިޒްރޭލުގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ޖަމާއަތުން ބުނީ އިޒްރޭލުން ބަޑީގެ ހަމަލާއެއްގެ ވާހަކަ ދައްކަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާއި އުދުވާން ކުރިއަށް ގެންދިއުމަށް ދައްކާ "ދެރަވަރު ބަހަނާއެއްގެ" ގޮތުގައި ކަމަށެވެ.

ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި، އިރުމަތީ ޒައިތޫން އަދި ތުއްފާހު އަވަށުގައި ހުރި ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ ފޭލިގެތަކަށާއި ގެތަކަށް ދިން ހަމަލާތަކުގައި ޝަހީދުވި 13 މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. މީގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެ އެވެ.

ހޮސްޕިޓަލުގެ ގޯތިތެރޭގައި ޖަނާޒާ އަށް އެއްވެ ތިބި މީހުންގެ ތެރޭގައި ހުރި އަބޫ މުހައްމަދު ހަބޫޝް ބުނީ، ހަމަލާ ދިން ވަގުތު އޭނާގެ އާއިލާ ތިބީ ގޭގައި ނިދާފައި ކަމަށެވެ.

"އަހަރެމެންގެ ޅަދަރިން ޝަހީދުވެއްޖެ. އަހަރެންގެ ދަރިފުޅާއި، އަހަރެންގެ ކޮއްކޮގެ ދަރިންވެސް ޝަހީދުވެއްޖެ،" ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، "އަހަރެމެންނަކީ އެއްވެސް ކަމެއްގައި ބައިވެރިވާ ބައެއް ނޫން، އަހަރެމެންނަކީ ސުލްހަވެރި ބައެއް" ކަމަށެވެ.

ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ބުނި ގޮތުގައި، ދެކުނުގެ ގީޒާން ރަޟްވާން ސަރަހައްދުގައި ހުރި ފޭލިގެތަކަށް ދިން ހަމަލާތަކުގައި ޝަހީދުވި ހަތަރު މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. މީގެ ތެރޭގައި އެއް ކުޑަކުއްޖަކު ހިމެނެ އެވެ.

މީގެ އިތުރުން، ޚާން ޔޫނިސްގެ ހުޅަނގުން އަތިރިމަތީ ސަރަހައްދެއް ކަމަށްވާ އަލް-މަވާސީ އަށް ދިން ހަމަލާތަކުގައި ރަހަފް އަދި ރީމާސް އަބޫ ޖާމިއާ ނަމަކަށް ކިޔާ ދެ އަންހެން ކުދިންނާއި، ޕެރާމެޑިކްއެއް ކަމަށްވާ ހުސައިން އަލް-ސާމިރީ ޝަހީދުވެފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެ އެވެ.

ހަމާސް އިން ހިންގާ ސިވިލް ޑިފެންސް އެޖެންސީގެ ފަސްޓް އެއިޑެއް ކަމަށްވާ ޖިހާދު އަލް-ހިންނާވީ ރޮއިޓާސް އަށް ބުނީ، ޝަހީދުވި ޕެރަމެޑިކް އަލް-މަވާސީ ސަރަހައްދުގެ ފޭލިގެއަކަށް ދިން ހަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް ދިޔަ ވަގުތު، ހަމަ އެ ސަރަހައްދަށް ދިން ދެވަނަ ހަމަލާއެއްގައި އޭނާ ޝަހީދުވީ ކަމަށެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަކިން ނެރުނު ބަޔާނެއްގައި ބުނީ، ސާމިރީ ޝަހީދުވީ "ޚާން ޔޫނިސްގައި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް" ކަމަށެވެ. އަދި ސިއްހީ ޚިދުމަތްތެރިން ހިމާޔަތްކޮށްދޭ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ އިޒްރޭލުގެ އަސްކަރިއްޔާއިން "ވަރަށް ބޮޑަށް ޚިލާފް" ވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ތުހުމަތުކުރި އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) އިން ބުނީ ސާމިރީ ޝަހީދުވި ޚަބަރު ލިބުމުން "ސިހުން ލިބިފައިވާ" ކަމަށާއި، ޣައްޒާގައި އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަލާތައް ކުރިއަށްދިއުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

އިޒްރޭލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އިން ބުނީ އަލް-މަވާސީއަށް ދިން ހަމަލާއަކީ ހަމާސްގެ އަސްކަރީ ގޮފި، ނުޚްބާ ފޯސްގެ ކޮމާންޑަރެއް ކަމަށްވާ ބިލާލް އަބޫ އާސީއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އޭނާއަކީ 2023 އޮކްޓޯބަރު 7 ގައި ކިބުޓްޒް ނިރް އޯޒްއަށް ދިން ހަމަލާގައި އިސްކޮށް އުޅުނު މީހެއް ކަމަށާއި، ރަހީނުކޮށްފައި ތިބި މީހުން ބެލެހެއްޓުމުގައިވެސް އޭނާ ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތުކުރެއެވެ.

"މި ހަމަލާގައި ސިއްހީ ޚިދުމަތްތެރިއަކު ހިމެނޭހެން، ހަނގުރާމައިގައި ބައިވެރިނުވާ އާންމުންނަށް އަނިޔާވި ކަމަށް ބުނާ ވާހަކަތައް އައި.ޑީ.އެފް އަށް އެނގޭ. ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާގެ ވަގުތުގައިވެސް އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުނު،" އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ފެށުނު ފަހުން، އިޒްރޭލާ ހަމާސްއިން ވެސް ދަނީ އެއްބަސްވުމާ ޚިލާފުވާ ކަމުގެ ތުހުމަތު އެއްބަޔަކު އަނެއްބަޔަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހުވެސް އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 30 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އައި.ޑީ.އެފް އިން ބުނީ އެ ހަމަލާތައް ދިނީ ދެކުނުގެ ރަފަހް ސަރަހައްދުގައި ހުރި ބިންގަރާހަކުން ހަތިޔާރު އެޅި ބަޔަކު ނުކުމެ "ޔެލޯ ލައިން" އިން ބޭރުގައި ހަމަލާދިނުމާ ގުޅިގެން ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 556 މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ފަލަސްތީނުގެ ހަމަލާތަކުގައި އެ ގައުމުގެ ހަތަރު ސިފައިން ވަނީ މަރުވެފަ އެވެ.

މަސްދަރު: ރޮއިޓާސް/ބީބީސީ

އިޒްރޭލް-ޣައްޒާހަމާސްއަލް ޝިފާ ހޮސްޕިޓަލްޚާން ޔޫނިސްފަލަސްތީނުގެ ރެޑްކްރެސެންޓްއައިޑީއެފްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި

23 ޖުލައި 2026
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
12 ޖުލައި 2026

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026
ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
29 ޖޫން 2026

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026
ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ
28 ޖޫން 2026

ހަމާސްގެ ކަނޑުގެ ބާރު ތަކުގެ ކޮމާންޑަރު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކޮށްފި

28 ޖޫން 2026
ހަމާސްގެ ކަނޑުގެ ބާރު ތަކުގެ ކޮމާންޑަރު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް