Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނަށް ހަމަލާދިނުމަށް އިޒްރޭލުން އެމެރިކާ އަށް ބާރުއަޅަމުންދާއިރު، އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ވަނީ ގޮވާލާފައި. ނަމަވެސް މި ހަނގުރާމައިގެ އެންމެ ފަހުގެ ނިންމުން އޮތީ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ކަމަށާއި، އީރާނަށް ހަމަލާދިނުމަށް ޓްރަމްޕް ފަސްޖެހިވަޑައިގަންނަވާ ކަމަށް ރިޕޯޓްތައް ބުނޭ. އީރާނުން ވަނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދީ، މުޅި ސަރަހައްދަށް ހަނގުރާމަ ފަތުރާލާނެ ކަމުގެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 17:30
އިޒްރޭލުގެ ކުރީގެ މިލިޓަރީ އެފެއާޒް މިނިސްޓަރު (ދިފާއީ ވަޒީރު) އެވިގްޑޯ ލީބަރމަން.

އިޒްރޭލުގެ ކުރީގެ މިލިޓަރީ އެފެއާޒް މިނިސްޓަރު (ދިފާއީ ވަޒީރު) އެވިގްޑޯ ލީބަރމަން. | ގެޓީ އިމޭޖަސް

އިޒްރޭލުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާއަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައި، އީރާނުން ދީފާނެ ބަދަލުހިފުމުގެ ހަމަލާތަކަކުން ރައްކާތެރިވުމަށް އިޒްރޭލުގެ ވަޒަންވެރިންނަށް ރައްކައުތެރި ހިޔާވަހިތައް ތައްޔާރުކުރުމަށް އެ ގައުމުގެ ކުރީގެ މިލިޓަރީ އެފެއާޒް މިނިސްޓަރު އެވިގްޑޯ ލީބަރމަން ގޮވާލައިފި އެވެ.

ކަނާތު ފިޔައިގެ "ޔިސްރާއީލް ބެއިޓެއިނޫ" ޕާޓީގެ ލީޑަރު ލީބަރމަން ބުދަ ދުވަހު ގޮވާލީ، ރައްކާތެރި ހިޔާވަހިކަމެއް ނެތް އެތައް މިލިއަން ބަޔަކަށްޓަކައި މިހާރުން މިހާރަށް ތައްޔާރުވެ، އަމާން ތަންތަން ގާއިމުކުރަން ޖެހޭ ކަމަށެވެ.

ލީބަރމަން މިހެން ބުނެފައި މިވަނީ، މިދިޔަ ޖޫން މަހު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި އިޒްރޭލުގެ "ސްޓްރެޓީޖިކް އަމާޒުތަކަށް" ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް އޭނާ އަމިއްލައަށް އެއްބަސްވުމަށްފަހުގަ އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފެށިއިރު، ފަހުން އެމެރިކާވެސް ވަނީ މި ހަނގުރާމައިގައި ބައިވެރިވެފަ އެވެ. މީގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ހުރި މުހިންމު ތަންތަނަށާއި، ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގައި ހުންނަ އަލް-އުދައިދު އެއާ ބޭސްއަށް ހަމަލާދީފަ އެވެ.

އީރާނުން މެދުނުކެނޑި ދެމުންދިޔަ ރައްދު ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ސަރުކާރަށް މަޖުބޫރުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް ހަނގުރާމައަށް ދިއުމުގެ އެންމެ ފަހުގެ ނިންމުން އޮތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ކަމަށްވެސް ލީބަރމަން ބުންޏެވެ.

ލީބަރމަން އިތުރަށް ބުނީ، މިހާރު މިއޮތީ އިޒްރޭލުން މަޑުމައިތިރިވެ، އިންތިޒާރު ކުރަންޖެހޭ މަރުހަލާއެއްގައި ކަމަށެވެ. އަދި ނިންމުންތައް ނިންމަވަނީ ރައީސް ޓްރަމްޕް ކަމަށްވާތީ، އެމަނިކުފާނަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަން އިޒްރޭލުން އޮތީ ވަރަށް ކުޑަކޮށް ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

އީރާނާ ގާތުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުގެ  އަސްކަރީ ޗީފް އޮފް ސްޓާފް ޖެނެރަލް އީޔާލް ޒާމިރް އާއި މޮސާޑް ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ބަރނިއާ ހިމެނޭހެން އިޒްރޭލުގެ އިސް އޮފިޝަލުންތަކެއް ފާއިތުވި ހަފުތާތަކުގައި ވަނީ ވޮޝިންގޓަނަށް ޒިޔާރަތްކޮށްފަ އެވެ.

އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް ހަމަލާދިނުމުގެ ހުއްދަ ދިނުމަށް އިޒްރޭލުން ޓްރަމްޕަށް ބާރުއަޅަމުންދިޔަ ނަމަވެސް، މިހާތަނަށް އޭނާ ހުންނެވީ އެކަމަށް ފަސްޖެހިފަ އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ހަމަލާދޭން ހަގީގަތުގައި ބޭނުންވަނީ އިޒްރޭލުން ކަމަށާއި، ރައީސް ޓްރަމްޕް އަދި އެފަދަ ނިންމުމަކާ ގާތަށްވެސް ވަޑައިނުގަންނަވާ ކަމަށެވެ.

މި ރިޕޯޓް އައިސްފައިވަނީ، ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފަށާފާނެ ކަމަށް ދެ ފަރާތުންވެސް ބުނުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް އަސްކަރީ ކުރިމަތިލުމުގެ ބިރު ފާއިތުވި ދުވަސްތަކުގައި ކުޑަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ މަހު ރައީސް ޓްރަމްޕް ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވައި، އެ ގައުމުގެ ދައުލަތުގެ މުއައްސަސާތައް ހިފުމަށް ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ގޮވާލައްވައި، "އެހީތެރިކަން އަންނަނީ" ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ އޮފިޝަލުން ވަނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ފައުޖުތަކުގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސިޓީތަކަށް ވެސް ހަމަލާދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅުގެ އިންޒާރުތައް ދޫކޮށްލައްވައި، އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް ދިއުމަށް ގޮވާލައްވަން ފައްޓަވާފަ އެވެ.

އެކްސިއޯސް އިން ޓްރަމްޕްގެ ތިން ސީނިއާ އެޑްވައިޒަރުންނާ ހަވާލާދީ ބުނެފައިވަނީ، އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމަކީ ރަނގަޅު ނިންމުމެއް ކަމާމެދު ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުން މިހާރު ޝައްކު ކުރައްވާ ކަމަށެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ، އެމެރިކާ އިން އީރާނާ ދެކޮޅަށް ފަށާ ކޮންމެ ހަނގުރާމައެއް މުޅި ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އަވިގްޑޯ ލީބާމަންރައީސް ޑޮނަލްޑް ޓްރަމްޕްއާޔަތުﷲ ޚާމަނާއީއީރާން-އިޒްރޭލްއީރާން-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު