Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުކުރު ދުވަހު އޮމާން ގައި

މި މަޝްވަރާތަކުގައި އީރާނުގެ ފޮރިން މިނިސްޓަރާއި އެމެރިކާގެ މަންދޫބު ބައިވެރިވެވަޑައިގަންނަވާއިރު، އެމެރިކާ އިން ބޭނުންވަނީ ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް. ނަމަވެސް އީރާނުން ބުނަމުންދަނީ މަޝްވަރާ ކުރެވޭނީ ހަމައެކަނި ނިއުކްލިއާ މައްސަލައިގައި ކަމަށް.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 17:13
1979 ވަނަ އަހަރު އީރާނުގެ އިންގިލާބަށް ފަހު އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ހިފި ހާދިސާ އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 4 ނޮވެމްބަރު 1988 ގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ތެހެރާންގައި ހުންނަ ކުރީގެ އެމެރިކާ އެމްބަސީގެ ފާރު މައްޗަށް އަރައި އެމެރިކާގެ ދިދައެއްގައި ހުޅުޖަހައި އަންދާލާފައި.

1979 ވަނަ އަހަރު އީރާނުގެ އިންގިލާބަށް ފަހު އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ހިފި ހާދިސާ އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 4 ނޮވެމްބަރު 1988 ގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ތެހެރާންގައި ހުންނަ ކުރީގެ އެމެރިކާ އެމްބަސީގެ ފާރު މައްޗަށް އަރައި އެމެރިކާގެ ދިދައެއްގައި ހުޅުޖަހައި އަންދާލާފައި. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މައްސަލައާ ގުޅޭ ނުސީދާ މަޝްވަރާތަކެއް އަންނަ ހުކުރު ދުވަހު އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ ސަރުކާރާ ގުޅުން އޮންނަ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފި އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، އޮމާންގެ ވެރިރަށް މަސްކަޓްގައި ބާއްވާ މި ނުސީދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އެވެ. ތަސްނީމް އިން ބުނި ގޮތުގައި މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުންނާއި، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން އެކަންޏެވެ.

އީރާނުގެ އިސްނާ (ISNA) ނިއުސް އެޖެންސީން ވެސް ވަނީ މި މަޝްވަރާތައް ހުކުރު ދުވަހު އޮންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި މި ބައްދަލުވުންތައް ކުރިއަށްދާނީ މީގެ ކުރިން ވެސް އޮމާންގައި މިފަދަ މަޝްވަރާތައް ބޭއްވި އުސޫލުން ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

އިސްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

"މި މަޝްވަރާތަކުގެ މައިގަނޑު މައުޟޫއަކީ އީރާނުގެ ނިއުކްލިއާ މައްސަލަ،" އެ އެޖެންސީން ބުނެފައިވެ އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ރޮއިޓާސް އިން ސަރަހައްދީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު އޮމާންގައި ބާއްވާ ސީދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ތުރުކީގައި މި މަޝްވަރާތައް ބޭއްވުމަށް ކުރިން ވިސްނި ވިސްނުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ އިސްތަންބޫލްގަ އެވެ. ނަމަވެސް އީރާނުން ބޭނުންވަނީ މި ބައްދަލުވުން އޮމާންގައި ބޭއްވުމަށެވެ.

ރޮއިޓާސް އާ ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި، މަޝްވަރާތައް ފުރަތަމަ ފަށާނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުންނެވެ. އޭގެ ފަހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެކެވޭނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުދަ ދުވަހު ވިދާޅުވީ، މި ހަފުތާގައި އީރާނާ ބައްދަލުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް ކޮންމެ މަޝްވަރާއެއްގައި ވެސް އީރާނުގެ މިސައިލް ޕްރޮގްރާމާއި، ނިއުކްލިއާ ޕްރޮގްރާމްގެ އިތުރުން އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަޝްވަރާތަކުން މާނަހުރި ނަތީޖާއެއް ނެރުމަށްޓަކައި، އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ރޭންޖާއި، ސަރަހައްދީ ފެންވަރުގައި ޓެރަރިސްޓް ޖަމާއަތްތަކަށް އެ ގައުމުން ވާގިވެރިވާ މައްސަލައާއި، ނިއުކްލިއާ ޕްރޮގްރާމްގެ އިތުރުން އީރާނުގެ ރައްޔިތުންނާ މެދު އެ ގައުމުގެ ސަރުކާރުން އަމަލުކުރާ ގޮތް ހިމަނަން ޖެހޭނެ،" ރޫބިއޯ ވިދާޅުވި އެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެއްވެސް މަޝްވަރާއެއް ކުރިއަށްދާންވާނީ ހަމައެކަނި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށެވެ. އަދި އެ ގައުމުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ގުރޫޕްތަކަށް ދޭ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ.

ރޫބިއޯ ވިދާޅުވި ގޮތުގައި، ސްޓީވް ވިޓްކޮފް ހުންނެވީ ތުރުކީގައި އީރާނާ ބައްދަލުކުރެއްވުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް އެކަމަށް ތެހެރާނުން އެއްބަސްވިކަމާ މެދު އިތުބާރު ނެތް މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތައް ބާއްވާނެ ވަކި ތަނަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ "އެކަން އަދިވެސް ދަނީ ނިންމަމުން" ކަމަށެވެ.

އަރަގްޗީ އާއި ވިޓްކޮފް ވަނީ މިދިޔަ އަހަރު އީރާނާއި އެމެރިކާ އާ ދެމެދު ނިއުކްލިއާ މައްސަލާގައި ފަސް ބުރެއްގެ މަތިން މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް، ހަވަނަ ބުރުގެ މަޝްވަރާތައް ފެށުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް، އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެން 12 ދުވަހުގެ ހަނގުރާމައެއް ފެށި، އެ މަޝްވަރާތައް ވަނީ މެދުކެނޑިފަ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތްތައް ފޮރުވުމަށް އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ބޭނުންކުރެ އެވެ. ނަމަވެސް ތެހެރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ހަރަކާތްތަކަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްއައްބާސް އަރަގްޗީސްޓީވް ވިޓްކޮފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

04 ފެބުރުއަރީ 2026
އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

04 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

03 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު