Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް

ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

އެ ޕޯސްޓުގައި އުމެއިރު ހިމަނާފައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތައްޓާއި، ސާންތި ކޯޗާއި، ބަކާ އަދި އިފްރާޙުގެ ނަން ލިޔެފައިވާ ތިން ޖާޒީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 04:39
ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު

ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު | ސޯޝަލް މީޑިއާ

ތައިލެންޑުގައި ކުރިއަށް ދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިވެހި ރާއްޖެ އިން ކާމިޔާބު ކުރިއިރު، ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު އެ ކާމިޔާބީ އިޙުސާން ޢަބްދުލް ޣަނީ (ސާންތި) އާއި، މުޙައްމަދު އާރިފް (ބަކާ) އަދި އިފްރާޙު އަރީފް އަށް ޚާއްސަ ކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިހާރުގެ ހިންގާ ކޮމެޓީގައި ވެސް ހިމެނޭ އުމެއިރު، އޭނާގެ ސޯޝަލް މިީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ހިއްސާ ކޮށްފަ އެވެ. އެ ޕޯސްޓުގައި އުމެއިރު ހިމަނާފައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތައްޓާއި، ސާންތި ކޯޗާއި، ބަކާ އަދި އިފްރާޙުގެ ނަން ލިޔެފައިވާ ތިން ޖާޒީ އެވެ.

އެ ޕޯސްޓުގައި އުމެއިރު ބުނެފައި ވަނީ، ސާންތި ކޯޗަކީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމަކާއި، އެއްބާރުލުމެއް ދިން ކޯޗު ކަމަށެވެ. ސާންތި ކޯޗުގެ ފަރާތުން ލިބުނު ޚިދުމަތަށް އަަބަދު ވެސް ޝުކުރު އަދާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އުމެއިރުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި އޭނާ އަށް އެންމެ ފުރަތަަމަ އިރުޝާދު ދިނީ ސާންތި ކޯޗެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭގައި ސާންތި ކޯޗު ނިޔާވެފައި ވަނީ 2025 ވަނަ އަހަރު އެވެ.

މީގެ އިތުރުން އުމެއިރު ބުނީ، ބަކާ އާއެކު ޤައުމީ ޓީމާއި އަދި ކުލަބު ތަކުގައި ވެސް ވަރަށް ގިނަ ހަނދާންތައް އެކުލެވިގެންވާ ކަމަށެވެ. އަދި ބަކާ އަކީ އޭނާގެ ޙަޔާތުގައި ދިމާވި އެންމެ ހިތްހެޔޮ އެކަކު ކަމަށް އުމެއިރު ބުނެފައިވެ އެވެ. 2024 ވަނަ އަހަރުގެ ތެރޭގައި ބަކާ ނިޔާވީ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފަހު އައިސް، ކުއްލިއަކަށް ދިމާވި ސިއްހީ ހާލަތެއްގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. 

ތިން ވަނަ ފަރާތެއްގެ ގޮތުގައި އިފްރާޙުގެ ނަން ހިމަނައި އުމެއިރު ބުނެފައި ވަނީ، އުމުރުން އެންމެ 15 އަހަރުން ފެށިގެން ދެ މީހުން އެކުގައި އުޅުނު ކަމަށެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ބޮޑެތި އުންމީދުތަކާ އެކު ވެސް، ދެ މީހުންގެ ދެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ފާހަގަކޮށް އުމެއިރު ބުނީ، އިފްރާޙު އަކީ ވެސް ވަރަށް ހިތްހެޔޮ ރަޙުމަތްތެރިއެއް ކަމަށެވެ. ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުން ދަނިކޮށް، އިފްރާޙު ނިޔާވެފައި ވަނީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި އުމެއިރު ބުނެފައި ވަނީ، އެ ތިން ފަރާތަކީ ވެސް ރާއްޖެ  އިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، އެ ޓީމުގައި ހިމެނުނު ތިން ފަރާތް ކަމަށެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026މުޙައްމަދު އުމެއިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު މެޗުގައި ލަންކާ ބަލިކޮށް، ރާއްޖެ އަށް ފުރިހަމަ ރެކޯޑެއް

ފަހު މެޗުގައި ލަންކާ ބަލިކޮށް، ރާއްޖެ އަށް ފުރިހަމަ ރެކޯޑެއް

26 ޖެނުއަރީ 2026
ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް

ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް

24 ޖެނުއަރީ 2026
ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

22 ޖެނުއަރީ 2026
ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު