Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

މީގެ އިތުރުން އެއީ ސިޔާސީ ކަމެއް ނަމަ، ބައެއް މީހުން ވަރަށް ފޯރި ލާފައި އެކަންކަން ފުރިހަމަ ކުރާނެ ކަމަށް ބައެއް މީހުން ބުނި. އެގޮތުން ސިޔާސީ ޙަރަކާތް ތަކަށް އެތައް ހާސް ބަޔަކު ޖަމާވާއިރު، ތާރީޚީ ކާމިޔާބީ ހޯދި ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގައި ބައިވެރިވި މީހުންގެ އަދަދު އިންތިހާ އަށް މަދު ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 06:18
ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން

ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން | ވަގުތު.އެމްވީ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ، ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ. 

ތައިލެންޑުގައި ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމު އެނބުރި ރާއްޖެ އައިސްފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ. ޓީމަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން ކުރިއަށް ގެންގޮސްފައި ވަނީ އާޓިފިޝަލް ބީޗުގަ އެވެ. ނަމަވެސް، ޤައުމީ ފުޓްސަލް ޓީމަށް އެކަށިގެންވާ ވަރުގެ މަރުޙަބާއެއް ކިޔާފައި ނުވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައިފަ އެވެ.

އެގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމަށް އެއަށް ވުރެ ފެންވަރު ރަނގަޅު މަރުޙަބާއެއް ކިޔެން ވާނެ ކަމަށެވެ. އަދި އެ މަރުޙަބާ ދެންނެވުމުގެ އިންތިޒާމު ތަކާއި، ރޭވުންތެރިކަން ފުރިހަމަ ވާން ވާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އަނެއް ބަޔަކު ފާހަގަ ކޮށްފައި ވަނީ، ޓީމަށް މަރުޙަބާ ދެންނެވުމަށް ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށެވެ. އެގޮތުން ޓީމަށް މަރުޙަބާ ދެންނެވުމާއި، ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތަށް ސަރުކާރުން ދީފައިވާ ސަމާލުކަން ކުޑަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަމުގައި އެ އެސޯސިއޭޝަން އަށް ކުރެވެން ހުރި އެންމެ ފުރިހަމަ އަށް ކަންކަން ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރި އެވެ. 

މީގެ އިތުރުން އެއީ ސިޔާސީ ކަމެއް ނަމަ، ބައެއް މީހުން ވަރަށް ފޯރި ލާފައި އެކަންކަން ފުރިހަމަ ކުރާނެ ކަމަށް ބައެއް މީހުން ބުންޏެވެ. އެގޮތުން ސިޔާސީ ޙަރަކާތް ތަކަށް އެތައް ހާސް ބަޔަކު ޖަމާވާއިރު، ތާރީޚީ ކާމިޔާބީ ހޯދި ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގައި ބައިވެރިވި މީހުންގެ އަދަދު އިންތިހާ އަށް މަދު ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އަނެއް ބައި މީހުން ބުނެފައި ވަނީ، ސަރުކާރުން ކޮންމެ ކަމެއްގެ ކްރެޑިޓް ނަގަން އުޅޭއިރު، ޓީމަށް މަރުޙަބާ ދަންނަވައި، އުފާ ފާޅު ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް އެހާ ބޮޑު ސަމާލު ކަމެއް ނުދޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އެ ކާމިޔާބީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދިން ނަމަ، އެކަން ފުރިހަމަ ކުރެވުނީސް ކަމަށް ބައެއް މީހުން ދެކެ އެވެ.

ރާއްޖެ އިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. މިއީ ފުޓްސަލްގައި ރާއްޖެ އިން ބައިނަލްއަޤުވާމީ ތައްޓެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

27 ޖެނުއަރީ 2026
ފަހު މެޗުގައި ލަންކާ ބަލިކޮށް، ރާއްޖެ އަށް ފުރިހަމަ ރެކޯޑެއް

ފަހު މެޗުގައި ލަންކާ ބަލިކޮށް، ރާއްޖެ އަށް ފުރިހަމަ ރެކޯޑެއް

26 ޖެނުއަރީ 2026
ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026
އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ

އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު