Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ފުރަތަމަ ޑިވިޝަން އިން ޔޫވީ ރެލިގޭޓު ވެއްޖެ

31 ޖެނުއަރީ 2026 | ހޮނިހިރު 03:13

ޔޫވީ އިން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ 2016 ވަނަ އަހަރު. މިފަހަރުގެ ލީގުގެ އެންމެ ފުލުގައި އެ ޓީމު އޮތްއިރު، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޔޫވީ އަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާާން ޖެހުނު ސީޒަން. ލީގުގައި ކުޅެފައިވާ 17 މެޗުން އަށް ޕޮއިންޓާ އެކު ޔޫވީ އޮތީ 10 ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2026 | ހޮނިހިރު 03:13
ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ކުލަބު ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ކުލަބު ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން | އެފްއޭއެމް

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާ ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) ރެލިގޭޓު ވެއްޖެ އެވެ.

ޔޫވީ ރެލިގޭޓްވީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުންނެވެ. ލީގު ރޭވިފައި އޮތް ގޮތުން، 10 ޓީމު ވާދަ ކުރާ ލީގުގެ އެންމެ ފުލަށްދާ ދެ ޓީމު ރެލިގޭޓު ވާނެ އެވެ. ވެލެންސިއާ ބަލިކޮށް، ރެލިގޭޓު ނުވެ ސަލާމަތް ވުމުގެ ފުރުސަތު ޔޫވީ އަށް އޮތް ނަމަވެސް، އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. 

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް، އެއްވެސް ޓީމަކަށް ލިބުނު ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގައި ވެލެންސިއާ އަށް ލީޑު ނަގައިދޭން އެންމެ ގިނަ ފުރުސަތު ލިބުނީ އެ ޓީމުގެ އީތަބް އިބްރާހީމް ޒަކީ އަށެވެ.

ޔޫވީ އިން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ 2016 ވަނަ އަހަރު އެވެ. މިފަހަރުގެ ލީގުގެ އެންމެ ފުލުގައި އެ ޓީމު އޮތްއިރު، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޔޫވީ އަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާާން ޖެހުނު ސީޒަން އެވެ. ލީގުގައި ކުޅެފައިވާ 17 މެޗުން އަށް ޕޮއިންޓާ އެކު ޔޫވީ އޮތީ 10 ވަނައިގަ އެވެ. 

ޔޫވީ އަތުން ޕޮއިންޓެއް ލިބުނު ވެލެންސިއާ އޮތީ ނުވަ ވަނައިގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ 17 މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ލީގުގެ ފަހު މެޗުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ނިކުންނައިރު، ރެލިގޭޓުވުމުން ސަލާމަތް ވުމަށްޓަކައި ވެލެންސިއާ އަށް އެއީ މުހިންމު މެޗެކެވެ. ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމު ރެލިގޭޓު ވާއިރު، ހަތް ވަނަ ޓީމާއި އަށް ވަނަ ޓީމަށް ޖެހޭނީ ރެލިގޭޝަން ޕްލޭ އޮފްގައި ވާދަ ކުރާށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ކުލަބު ވެލެންސިއާ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި
25 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ

25 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
24 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި
19 ޖެނުއަރީ 2026

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026
ޓީސީ އިން ގްރީން ބަލިކޮށްފި
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
17 ޖެނުއަރީ 2026

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް