Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ

ވެލެންސިއާ އަތުން ހޯދި މުހިންމު މޮޅާ އެކު ޓީސީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި އެ ޓީމު ކުޅެފައިވާ 16 މެޗުން 15 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2026 | އާދީއްތަ 04:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ޕްރިންސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ޕްރިންސް އުފާ ފާޅު ކުރަނީ | ޓީސީ ސްޕޯޓްސް ކްލަބް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޓީސީ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޓީސީ އިން ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗުގައި ޓީސީ އިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން ވެސް ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތާ ހަމައަށް ދިޔައިރު ވެސް، ޓީސީ އަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗު އެއްވަރު ވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓީސީ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ބޯޑޫ އެވެ. 

ވެލެންސިއާ އަތުން ހޯދި މުހިންމު މޮޅާ އެކު ޓީސީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި އެ ޓީމު ކުޅެފައިވާ 16 މެޗުން 15 ޕޮއިންޓާ އެކު އެވެ. ޓީސީ އަތުން ބަލިވި ވެލެންސިއާ އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. ރެލިގޭޓުވުމުގެ ބިރު ބޮޑުވެފައިވާ ވެެލެންސިއާ އިން މިހާތަނަށް ކުޅެފައިވާ 16 މެޗުން އެ ޓީމަށް ލިބެނީ އަށް ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުކުލަބު ވެލެންސިއާ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
24 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި
19 ޖެނުއަރީ 2026

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026
ޓީސީ އިން ގްރީން ބަލިކޮށްފި
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު