Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026 | ހޯމަ 04:50

ގްރީން އަތުން ހޯދި މުހިންމު މޮޅާ އެކު، ޓީސީ އޮތީ ލީގު ތާވަލްގެ ހަތް ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 12 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2026 | ހޯމަ 04:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން، ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޓީސީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޓީސީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ޓީސީ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުން ނުކުރެވުނު އިރު، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. 

މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޓީސީ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޙުސެއިން މުޙައްމަދު ޝަރީފް އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި މުޙައްމަދު ދާނިޝް އިބްރާހީމް ވަނީ ޓީސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

ގްރީން އަތުން ހޯދި މުހިންމު މޮޅާ އެކު، ޓީސީ އޮތީ ލީގު ތާވަލްގެ ހަތް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 12 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އަށް ވަނައިގައި ގްރީން އަށް ލިބެނީ އަށް ޕޮއިންޓެވެ. ނުވަ ވަަނައިގައި އޮތް ކުލަބު ވެލެންސިއާ އަށް ވެސް އަށް ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) އަށް ލިބެނީ ހަތް ޕޮއިންޓެވެ.

ލީގު ތާވަލްގެ އެންމެ ފުލަށް ދާ ދެ ޓީމު ރެލިގޭޓު ވާނީ ރީޖަނަލް ލީގުގެ މާލޭ ލީގަށެވެ. މިވަގުތު ރެލިގޭޓު ވުމުގެ ބިރު އެންމެ ބޮޑަށް އޮތީ ވެލެންސިއާ އާއި ޔޫވީ އަށެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
17 ޖެނުއަރީ 2026

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
07 ޖެނުއަރީ 2026

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް