Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026 | ހޮނިހިރު 04:04

ޔޫވީ އަތުން ހޯދި މުހިންމު މޮޅާ އެކު ގްރީން އިން ވަނީ ލީގު ތާވަލްގެ ހަތް ވަނަ މަގާމަށް ޖެހިލާފައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 16 މެޗުން 11 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2026 | ހޮނިހިރު 04:04
މެޗުގައި ލަނޑު ޖެހުމަށް ފަހު ގްރީންގެ އަންސަރު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ގްރީންގެ އަންސަރު އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުލަބު ގްރީން ސްޓްރީޓްސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ. 

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގްރީން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ދެ ޓީމަށް ވެސް މޮޅެއް ހޯދުމަށް މުހިންމުވެފައި އޮތް މެޗުގައި، ގްރީން އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. 

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ގްރީން އިން ވަނީ 22 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޖަހައި ގްރީން އަށް ލީޑު ނަގައިދިނީ އަންސަރު އިބްރާހީމް އެވެ. އެ ލަނޑު އަންސަރު ޖެހީ ގްރީންގެ މުޙައްމަދު ސަހާއު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. 

އޭގެ ފަހުން މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ޔޫވީ އިން މަސައްކަތް ކުރިއިރު، ގްރީން އިން ވަނީ ލީޑު ފުޅާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގައި އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. 

ޔޫވީ އަތުން ހޯދި މުހިންމު މޮޅާ އެކު ގްރީން އިން ވަނީ ލީގު ތާވަލްގެ ހަތް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 16 މެޗުން 11 ޕޮއިންޓާ އެކު އެވެ. ގްރީން އަތުން ބަލިވި ޔޫވީ އޮތީ، 16 މެޗުން އަށް ޕޮއިންޓާ އެކު ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ. ނުވަ ވަނައިގައި އޮތީ ކުލަބު ވެލެންސިއާ އެވެ. ނަމަވެސް އެއީ މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ކުލަބް ގްރީން ސްޓްރީޓްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2026

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026
ޓީސީ އިން ގްރީން ބަލިކޮށްފި
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
17 ޖެނުއަރީ 2026

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް