Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

އީރާނުން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ އެ ބޯޓު ގަވާއިދާ ހިލާފަށް އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނުމާ ގުޅިގެން ކަމަށާއި، ނަމަވެސް ބޯޓު މިހާރު ދަނީ އެމެރިކާގެ މަނަވަރެއްގެ ހިމާޔަތުގައި ދަނީ ދަތުރު ކުރަމުން. މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާ އިން ހަމަލާއެއް ދީފި ނަމަ އެ ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 17:54
އީރާނުގެ އަސްކަރިއްޔާއިން މާރިޗު 12، 2025 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އޮމާން ކަނޑުގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން އެ ގައުމުގެ ކަނޑުގެ ސިފައިން މޮޓޯ ބޯޓެއްގައި ހަރަކާތްތެރިވާ މަންޒަރު.

އީރާނުގެ އަސްކަރިއްޔާއިން މާރިޗު 12، 2025 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އޮމާން ކަނޑުގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން އެ ގައުމުގެ ކަނޑުގެ ސިފައިން މޮޓޯ ބޯޓެއްގައި ހަރަކާތްތެރިވާ މަންޒަރު. | އޭއެފްޕީ

އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ ބޯޓަކަށް، ހޯމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް އީރާނުގެ ހަތިޔާރު އެޅި އަސްކަރީ އުޅަނދުތަކަކުން ހުރަސްއަޅައި ސުވާލުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ ކުންފުންޏެއް ކަމަށްވާ ވެންގާޑް ޓެކް އިން އަންގާރަ ދުވަހު ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ހާދިސާއަށްފަހު އެ ބޯޓު މިހާރު ދަނީ ދަތުރު ކުރިއަށް ގެންދަމުންނެވެ.

ވެންގާޑް ޓެކް އިން މައުލޫމާތު ދޭ ގޮތުގައި "ސްޓެނާ އިމްޕަރޭޓިވް" ނަމަކަށް ކިޔާ މި ބޯޓު އޮމާންގެ އުތުރުން ގާތްގަނޑަކަށް 16 ނޯޓިކަލް މޭލު (30 ކިލޯމީޓަރު) ބޭރުން ކަނޑުއޮޅި ހުރަސްކުރަނިކޮށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް ނިސްބަތްވާ ހަތިޔާރު އެޅި ކުދި ހަ ބޯޓެއް ވަނީ އެ ބޯޓާ ކައިރިކޮށްފަ އެވެ.

އީރާނުގެ އަސްކަރީ އުޅަނދުތަކުން ރޭޑިއޯ މެދުވެރިކޮށް ބޯޓުގެ ކެޕްޓަނަށް ގުޅައި، "އިންޖީނު ނިއްވާލުމަށާއި ބޯޓަށް ސިފައިން އެރުމަށް ތައްޔާރުވުމަށް" އަމުރުކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް، ބޯޓުގެ ދުވެލި ބާރުކޮށް ކުރިއަށް ދިޔަ ކަމަށާއި، އެ ބޯޓު އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ނުވާނެ ކަމަށް ވެންގާޑް ޓެކް އިން ބުންޏެވެ.

"މިހާރު އެ ބޯޓަށް ހިމާޔަތް ދެމުން ދަނީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން،" ވެންގާޑް ޓެކް އިން ހާމަކުރި އެވެ.

މި ހާދިސާއާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން މީގެ ކުރިން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ އިދާރާއިން އޭރު ބޯޓުގެ ނަމެއް ނުވަތަ އެއީ ކޮން ގައުމެއްގެ ބޯޓެއްކަމެއް ހާމައެއް ނުކުރެ އެވެ.

އީރާނުގެ ދައުލަތާ ގުޅުން އޮންނަ ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ވަކި ގައުމެއް ހާމަނުކުރާ ބޯޓެއް ހޯމޫޒް ކަނޑުއޮޅިން އީރާނުގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފައިވެ އެވެ. އަދި އެ ވަގުތު އީރާނުގެ އަސްކަރީ ޔުނިޓުތަކުން ވަނީ ބޯޓަށް ބޭނުންވާ ހުއްދަތައް ދެއްކުމަށް "އެދިފައި" ކަމަށް އެ އެޖެންސީން ބުނެ އެވެ.

"އެ ސަރަހައްދުގައި އޮތުމަށް އެ ބޯޓަށް ގާނޫނީ އެއްވެސް ހުއްދައެއް ނެތް،" ފާސް ނިއުސް އެޖެންސީން ބުންޏެވެ. "އެހެންކަމުން އެ ބޯޓަށް އިންޒާރު ދިނުމާއެކު ވަގުތުން ވަނީ އީރާނުގެ ސަރަހައްދުން ބޭރުވެފައި."

ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެޔޮ އަދި ގުދުރަތީ ގޭސް އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމޫޒް ކަނޑުއޮޅިއަކީ މީގެ ކުރިންވެސް މިފަދަ އެތައް ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެކެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކަނޑުގެ ސިފައިންގެ އިސް އޮފިޝަލަކު މިދިޔަ ހަފުތާގައި ވަނީ، އެމެރިކާ އިން ހަމަލާއެއް ދީފި ނަމަ އެ ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާހޯމޫޒް ކަނޑުއޮޅިވެންގާޑް ޓެކްއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްސްޓެނާ އިމްޕަރޭޓިވް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026
"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026
އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު