Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އަރަބި ކަނޑުން ދަތުރުކުރި އެމެރިކާގެ "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަނަވަރާ ނުރައްކާތެރި މިންވަރަކަށް ކައިރިވި އީރާނުގެ ޑްރޯނެއް، އަމިއްލަ ދިފާއުގައި އެމެރިކާގެ ހަނގުރާމަމަތީ ބޯޓަކުން ވައްޓާލައިފި ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނޭ. މީގެ އިތުރުން ހޯމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ވިޔަފާރި އުޅަނދަކަށް އީރާނުން ހުރަސްއަޅަން މަސައްކަތް ކުރުމުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ އުޅަނދަށް ހިމާޔަތް ދީފައި.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 17:48
ޢަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރު.

ޢަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރު. | އޭއެފްޕީ

އަރަބި ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާ "ނުރައްކާތެރި" މިންވަރަކަށް ކައިރިވި އީރާނުގެ ޑްރޯނެއް، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ ހަނގުރާމަމަތީ ބޯޓަކުން ބަޑިޖަހައި ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އީރާނުގެ ދެކުނު އައްސޭރިފަށާ ގާތްގަނޑަކަށް 500 މޭލު ބޭރުން، އަރަބި ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަނަވަރު "ޔޫއެސްއެސް އެބްރަހަމް ލިންކަން" ދަތުރުކުރަމުން ދަނިކޮށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ބުނީ، އީރާނުގެ ދެކުނު އައްސޭރިފަށާ ގާތްގަނޑަކަށް 500 މޭލު ބޭރުން "ޔޫއެސްއެސް އަބްރަހަމް ލިންކަން" ދަތުރުކުރަމުން ދަނިކޮށް، އީރާނުގެ "ޝާހިދު-139" މަރުކާގެ ޑްރޯނެއް އެއްވެސް ބޭނުމެއް ނެތި އެ މަނަވަރާ ދިމާލަށް މިސްރާބު ޖެހި ކަމަށެވެ. 

މަނަވަރާއި އޭގެ ފަޅުވެރިންގެ ސަލާމަތަށްޓަކައި، އަމިއްލަ ދިފާއުގައި އެ ޑްރޯން ވައްޓާލާފައިވަނީ އެ މަނަވަރުން އުދުއްސާލި "އެފް-35ސީ" މަރުކާގެ ހަނގުރާމަމަތީ ބޯޓަކުން ކަމަށް ހޯކިންސް ވިދާޅުވިއެވެ. މި ހާދިސާގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެމެރިކާގެ އެއްވެސް އާލާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހޯމޫޒް ކަނޑުއޮޅި ސަރަހައްދުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ނިސްބަތްވާ ދެ ބޯޓަކާއި "މުހާޖިރު" މަރުކާގެ ޑްރޯނެއް، އެމެރިކާގެ ދިދަ ޖަހާފައިވާ އަދި އެމެރިކާގެ ފަޅުވެރިން ތިބި ވިޔަފާރި އުޅަނދަކާ ކައިރިވެ، އެ އުޅަނދަށް އަރައި ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. ހޯކިންސް ވިދާޅުވީ އެމެރިކާގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރަކުން އެކަމަށް އިޖާބަދީ، މިހާރު އެ ވިޔަފާރި އުޅަނދަށް ހިމާޔަތް ދެމުންދާ ކަމަށެވެ.

"ސެންޓްކޮމްގެ ފައުޖުތަކުން ދަނީ މެދުއިރުމަތީގައި އެމެރިކާގެ މުވައްޒަފުންނާއި، މަނަވަރުތަކާއި، މަތިންދާބޯޓުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެންމެ މަތީ ފަންތީގެ ފަންނީ ހުނަރާއެކު މަސައްކަތް ކުރަމުން. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި އީރާނުން ކުރިއަށްގެންދާ ފުރައްސާރަކުރުންތަކާއި ދެމުންދާ އިންޒާރުތަކަށް ކެތެއް ނުކުރެވޭނެ." ސެންޓްކޮމް އިން ބުނެފައިވެ އެވެ.

އިތުރަށް ހޯކިންސް ބުނެފައި ވަނީ އީރާނުން ދައްކަމުންދާ ބޭނުމެއް ނެތް އުދުވާނީ އަމަލުތަކުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުން ގެއްލުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.

އީރާން-އެމެރިކާއަރަބި ކަނޑުޔޫ.އެސް.އެސް އަބްރަހަމް ލިންކަންއައިއާރުޖީސީސެންޓްކޮމްހޯމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

03 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި
03 ފެބުރުއަރީ 2026

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި
03 ފެބުރުއަރީ 2026

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

03 ފެބުރުއަރީ 2026
"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި
03 ފެބުރުއަރީ 2026

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް
02 ފެބުރުއަރީ 2026

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

02 ފެބުރުއަރީ 2026
އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު