Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

"ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް": އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ޝަރުތުތައް އީރާނުގެ ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވައިފި

އެމެރިކާ އާ އެކު މަޝްވަރާކުރުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޚާރިޖީ ވަޒީރަށް އިރުޝާދު ދެއްވަމުން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށް ގެންދަންވާނީ ބިރުދެއްކުމެއް ނެތް، އިހުތިރާމް ގާއިމުވެފައިވާ މާހައުލެއްގައި އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށް.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 09:36
2025 ޖޫން 12 ވީ ބުރާސްފަތި ދުވަހު އީރާނުގެ އިލާމްގައި ބޭއްވި ބައްދަލުވުމެއްގައި އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ.

2025 ޖޫން 12 ވީ ބުރާސްފަތި ދުވަހު އީރާނުގެ އިލާމްގައި ބޭއްވި ބައްދަލުވުމެއްގައި އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ. | ރޮއިޓާސް

އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުން ކަނޑައަޅާ ޝަރުތުތައް ރައީސް ޕެޒެޝްކިއަން ކަނޑައަޅުއްވަމުން އެއީ "ބިރުދެއްކުމާއި ފިއްތުންތަކެއް ނެތް" މަޝްވަރާތަކަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާ އާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ޚާރިޖީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ގެންދަންވާނީ އިހުތިރާމް ގާއިމުވެފައިވާ، ބިރުދެއްކުންތަކުން މިންޖުވެފައިވާ މާހައުލެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ސިލްސިލާ ޕޯސްޓުތަކެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ސަރަހައްދުގެ "އެކުވެރި ސަރުކާރުތަކުން" އެދިގެން އެމެރިކާއިން ހުށަހަޅާފައިވާ މަޝްވަރާގެ ހުށަހެޅުމަށް ޖަވާބުދާރީވުމަށް ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް އަންގަވާފައިވާ ކަމަށެވެ.

"ބިރުދެއްކުމާއި ބުއްދިއަށް ގަބޫލުނުކުރެވޭ ފަދަ އުންމީދުތަކެއް ނެތް، އަދި އެކަށީގެންވާ މާހައުލެއް އޮތް ނަމަ، އިހުތިރާމާއި، ދުރުވިސްނުމާއި، އަދި މަސްލަހަތަށް އިސްކަންދިނުމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ވާނީ ޚާރިޖީ ވަޒީރަށް އިރުޝާދު ދީފައި،" ރައީސް ޕެޒެޝްކިއަން ލިޔުއްވާފައިވެ އެވެ.

"މި މަޝްވަރާތައް ކުރިއަށް ގެންދަންވާނީ އީރާނުގެ ގައުމީ މަސްލަހަތުތަކުގެ އިންތަކުގެ ތެރެއިން،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޕެޒެޝްކިއަން މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އިރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ އަންނަ ހުކުރު ދުވަހު އިސްތަންބޫލްގައި ބައްދަލުކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޑިޕްލޮމެޓިކް ގޮތުން މިފަދަ ފުރުސަތެއް މި ހުޅުވުނީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފައުޖުތައް ދާދިފަހުން އެ ސަރަހައްދަށް ފޮނުވުމާ ގުޅިގެން ހުޅުަނގު އޭޝިއާގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން އަސްކަރީ ގޮތުން ކިތަންމެ ކުޑަ ފިޔަވަޅެއް އެޅި ނަމަވެސް، އޭގެ ރައްދު ވަރުގަދަކޮށް ދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ.

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާދީއްތަ ދުވަހު އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން އިރާނަށް ހަމަލާދީފި ނަމަ ސަރަހައްދީ ހަނގުރާމައެއް ފެށިގެންދާނެއެވެ.

ނިއުކްލިއާ އެއްބަސްވުމެއްގެ ޝަރުތެއްގެ ގޮތުން، އިރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ޕްރޮގްރާމް މުޅިން ހުއްޓާލުމަށާއި މިސައިލް އުފެއްދުމުގެ ގާބިލުކަން ހަނިކުރުމަށް އެމެރިކާއިން މީގެ ކުރިން ކުރި ޑިމާންޑުތަކަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންކާރުކޮށްފައެވެ.

އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ފޮރިން ޕޮލިސީ ހެޑް އަލީ ބަޣޭރީ ހޯމަ ދުވަހު ވިދާޅުވީ، އެ ގައުމުގައި ރައްކާކޮށްފައިވާ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ކުރިމަގާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.

"މުއްސަނދިކޮށްފައިވާ ނިއުކްލިއާ މާއްދާތައް އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ގަސްތެއް އިރާނުގެ އޮފިޝަލުންގެ ނެތް. އަދި މަޝްވަރާތައް އެފަދަ ކަންކަމުގެ މައްޗަކަށް ބިނައެއް ނުވޭ،" ބަޣޭރީ ވިދާޅުވިއެވެ.

އީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންއައްބާސް އަރަގްޗީސްޓީވް ވިޓްކޮފްއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީނިއުކްލިއާ އެއްބަސްވުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026
އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

02 ފެބުރުއަރީ 2026
ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު