Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާން-އެމެރިކާ މަޝްވަރާތަކަށް ތައްޔާރު، ބައްދަލުވާ ތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް: އީރާން

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށާއި، މި ބައްދަލުވުންތައް ބާއްވާނެ މަންޒިލަކާ ގުޅޭގޮތުން މިހާރު މަޝްވަރާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައި. ތުރުކީވިލާތާއި އޮމާން ފަދަ ގައުމުތަކުން މި މަޝްވަރާތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބައްދަލުވުންތައް އިސްތަންބޫލްގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުން. ނިއުކްލިއާ ޕްރޮގްރާމަށް އަމާޒުކޮށްގެން ބާއްވާ މި މަޝްވަރާތަކުގައި ސަރަހައްދީ ބައެއް ގައުމުތަކުގެ މަންދޫބުން ވެސް ބައިވެރިވާނެ ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 07:16
މި ފޮޓޯއިން ފެންނަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ކަނާތްފަރާތުގައި) އަދި އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް.

މި ފޮޓޯއިން ފެންނަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ކަނާތްފަރާތުގައި) އަދި އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް. | ޕްރެސް ޓީވީ

އެމެރިކާ އާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، މަޝްވަރާތައް ބާއްވާނެ ތަނަކާ ގުޅޭގޮތުން މިހާރު މަޝްވަރާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އަންގާރަ ދުވަހު ވާހަކަދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، މަޝްވަރާތަކަށް ބޭނުންވާ ޕްލޭންތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި، މަޝްވަރާތައް ބާއްވާނެ ތަނެއް ކަނޑައެޅުމުން އެކަން އިއުލާނުކުރާނެ ކަމަށެވެ.

ސަރަހައްދީ ގައުމުތަކުގެ އެއްބާރުލުމަށް ޝުކުރު އަދާކުރުން

ތެހެރާނާއި ވޮޝިންޓަނާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާ ގައުމުތަކަށް ބަޣާއީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ "ހެޔޮ ނިޔަތާއެކު މަޝްވަރާތަކަށް ބޭނުންވާ މާހައުލު ގާއިމުކޮށްދިނުމަށް މަސައްކަތްކުރާ ހުރިހާ އެކުވެރި ގައުމުތަކެއްގެ" މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މީގެ އިތުރުން ބަގާއީ ވިދާޅުވީ، މަޝްވަރާތައް ބާއްވާނެ ވަގުތާއި ތަނަކީ މީޑިއާތަކުން އަމިއްލައަށް ގޮތްގޮތަށް ވާހަކަދައްކަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން ބަލާއިރު، މަޝްވަރާތައް ބާއްވާނެ ވަގުތާއި ތަނަކީ އެހާ އުނދަގޫ ކަންތައްތަކެއް ނޫން ކަމަށާއި، އެއީ މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރުމަށް ބޭނުންކުރާ ބަހަނާއަކަށް ވެގެންނުވާނެ ކަމަށް އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ބަޣާއީ ފާހަގަކުރެއްވި ގޮތުގައި ތުރުކީވިލާތާއި، އޮމާން އަދި ސަރަހައްދީ އެހެން ބައެއް ގައުމުތަކުން ވަނީ މި މަޝްވަރާތައް އެ ގައުމުތަކުގައި ބޭއްވުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ. އަދި އެ ގައުމުތަކުން ހުށަހެޅި ހުށަހެޅުންތަކަކީ ވަރަށް އަގުހުރި ހުށަހެޅުންތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މަޝްވަރާތައް ބާއްވާނެ ތަނަކާ ގުޅޭގޮތުން މީޑިއާގައި ފެތުރޭ ޚަބަރުތައް

އީރާނުން މިފަދައިން ވާހަކަދައްކާފައިވަނީ، މި މަޝްވަރާތައް އިސްތަންބޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހޯމަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީން ވަނީ، އީރާނުގެ ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމަށް އަމާޒުކޮށްގެން އީރާނާއި އެމެރިކާއިން އާ ބުރެއްގެ މަޝްވަރާތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށް، ނަން ހާމަނުކުރާ އީރާނާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި މަޝްވަރާތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ގަތަރާއި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި މިސްރުގެ މަންދޫބުން ވެސް ދެ ގައުމުގެ ދެމެދުގަ އާއި ގިނަ ގައުމުތައް ބައިވެރިވާ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ރޮއިޓާސްގެ މި ރިޕޯޓާ ގުޅިގެން އީރާނުގެ އޮފިޝަލުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމެރިކާގެ ނިއުސް ވެބްސައިޓެއް ކަމަށްވާ އެކްސިއޯސް އިންވެސް ވަނީ މިފަދަ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

މި ރިޕޯޓުތައް އާންމުވެފައި ވަނީ، އީރާނާއި އެމެރިކާ އާ ދެމެދު ބާއްވާ ނިއުކްލިއާ މަޝްވަރާތަކުގެ ފްރޭމްވޯކަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، އެމެރިކާ އިން އީރާނަށް ހަމަލާއެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް އަލީ ލަރީޖާނީ ދޮގުކުރެއްވި ފަހުންނެވެ. އޭނާގެ ވާހަކަތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނުން ވޮޝިންޓަނާ މުއާމަލާތް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި ކުރިއެރުންތައް އައިސްފައިވަނީ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެ، އީރާނަށް އަސްކަރީ ގޮތުން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުން ދެމުންދާ ދަނޑިވަޅެއްގަ އެވެ.

ނިއުކްލިއާ އެއްބަސްވުމަކާ ގުޅިގެން އެމެރިކާއިން ކުރިން ހުށަހަޅާފައިވާ ބައެއް ޝަރުތުތަކަށް އީރާނުގެ އޮފިޝަލުން ވަނީ މީގެ ކުރިން އިންކާރުކުރައްވާފަ އެވެ. އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމާއި، އީރާނުގެ މިސައިލް ޕްރޮގްރާމަށް ހުރަސްތަކެއް ކުރިމަތިކުރުން ހިމެނެ އެވެ.

އީރާން-އެމެރިކާއިސްމާޢީލް ބަޣާއީއީރާން ނިއުކްލިއަރ ޕްރޮގްރާމްރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

އީރާނާ އެމެރިކާގެ މަޝްވަރާ ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ، އީރާނުން ބޭނުންވަނީ ބައްދަލުވުން އޮންނަ ތަނާއި އެޖެންޑާ ބަދަލު ކުރަން

04 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

އީރާނުން އެމެރިކާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓަކަށް ހުރަސްއަޅައިފި

03 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގެންފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު