Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕްރެސް

މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ކެންޑިޑޭޓުންނަށް ބިރުދައްކައި ވަޒީފާގެ ބިރުވެރިކަން އުފައްދަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ. އިންތިޚާބާ ދިމާކޮށް ވަޒީފާ ދިނުމާއި ގޯތިގެދޮރުގެ މަންފާ ބަހަމުންދާއިރު، މިފަދަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން މުއައްސަސާތަކުން މަސައްކަތް ނުކުރާކަން އެ ޕާޓީން ފާހަގަކުރޭ. އެހެންކަމުން، ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި މި އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ފެބުރުއަރީ 2026 | ބުދަ 08:45
 ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ބިރުވެރިކަމާ، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް ކަމަށް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 

އެ ޕާޓީ އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ހީލަތްތެރި ސަރުކާރެއް ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގަޑުބަޑު ކުރުމަށްވެސް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މި ސަރުކާރުން ބިރުދައްކަމުން ދާ ކަމާ ބައެއް ފަރާތްތަކަށް އިންޒާރު ދީފައިވާއިރު އަނެއްބައި ފަރާތްތަކުން ވަޒީފާތަކުން ވަކި ކުރަމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މި އިންތިޚާބަކީ މި އަނިޔާވެރި ސަރުކާރުގެ ކިބައިން ސަލާމަތްވެވެން އޮތް ހަމައެކަނި މަގު ކަމަށެވެ. އަދި ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެނަމަ ރައްޔިތުންގެ ދިފާއުގައި، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާނެ އެއްވެސް ފަރާތެއް އޭރުން ނުތިބޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

އެހެންވީމަ މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް. މި ސަރުކާރުގެ ކިބައިން އަޅުގަނޑުމެންނަށް ސަލާމަތް ވެވެން އޮތް ހަމައެކަނި މަގަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން. އެ ބާރު ރައްޔިތުންގެ އަތުގަ ބޭއްވުމަށްޓަކައި މަސައްކަތް ކުރުން.
 ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ކައުންސިލްތަކުގެ ބާރު ރައްޔިތުން ދޫކޮށްލައިފި ނަމަ ހުރިހާ ބާރެއް ސަރުކާރަށް ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުންގެ އަތުގަ އޮތް އެ ބާރު ދޫ ނުކޮށްލުމަށާ ސަރުކާރަށް އެ ބާރު ނުދިނުމަށް ކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

ވަހީދު ވިދާޅުވީ އީސީން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފަސޭހައިން ކަންކަން މަގުފަހިވާ ގޮތަށް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ޖާގަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން އިންތިޚާބާ ގުޅިގެން ގޯއްޗާއި، ފްލެޓު ދިނުމުގެ އިތުރުން ވަޒީފާތައް ބަހަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އެއްވެސް ކަމެއް ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އަދި މުއައްސަސާއަކަށް ނުފެންނަ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ އޭސީސީއަށް ވެސް އެ މަންޒަރު ނުފެންނަ ކަމަށް ވަހީދު ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ދިމާ ނުވާ މީހުން ވަޒީފާ އިން ވަކި ކުރުމާއި ވަޒީފާތައް ސިޔާސީ މަންފާ އަށް ބެހުމުގެ މައްސަލަ މި ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުން މިފަދަ ކަންކަން ކުރަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

އެމްޑީޕީއަބްދުﷲ ވަހީދުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

މޭޔަރު އާޒިމް ހުޅުމާލެ ދެކުނުގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި

03 ފެބުރުއަރީ 2026
މޭޔަރު އާޒިމް ހުޅުމާލެ ދެކުނުގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި
03 ފެބުރުއަރީ 2026

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

03 ފެބުރުއަރީ 2026
ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ
03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
03 ފެބުރުއަރީ 2026

ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

03 ފެބުރުއަރީ 2026
ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ
03 ފެބުރުއަރީ 2026

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

03 ފެބުރުއަރީ 2026
އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު