Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރެސް

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

3 ފެބުރުއަރީ 2026 | އަންގާރަ 12:45

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފިނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވި ވާހަކައަށް އެމްޑީޕީން ވަރުގަދަ ރައްދެއް ދީފި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ރައްޔިތުންނަށް ނުދޭ ގެއްލުމެއް ނެތް ކަމަށާއި، ކައުންސިލްތަކުގެ ބާރު ސަރުކާރަށް ދޫކޮށްނުލުމަށް އިލްތިމާސްކުރާ ކަމަށް. މީގެއިތުރުން، އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ފެބުރުއަރީ 2026 | އަންގާރަ 12:45
އެމްޑީޕީ ކައުންސިލް އިންތިޚާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު

އެމްޑީޕީ ކައުންސިލް އިންތިޚާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ 2 އަހަރުގައި ރައްޔިތުންނަށް ނުދެނީ ކޮން ގެއްލުމެއް ތޯ ވިދާޅުވެދެއްވެވޭނެތޯ އެމްޑީޕީ އިން ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާ ސުވާލު ކޮށްފި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ނުހޮވައިފިނަމަ، ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ސާޖިދާ ވަނީ މިފަހުން ވިދާޅުވެފަ އެވެ. މިކަމަށް އެމްޑީޕީ އިން މިވަނީ ހޫނު ރައްދެއް ދީފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން އެ ޕާޓީ އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފިނަމަ ރައްޔިތުންނަށް ގެއްލުން ވާނެ ކަމަށް ސާޖިދާ ވިދާޅުވެފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަޅުގަނޑު އެވާހަކަ ކުށްވެރިކުރަން. މެޑަމް ސާޖިދާ އަށް ދަންނަވަން އޮތީ ރައްޔިތުންނަށް ކޮން ގެއްލުމެއްތޯ ނުދެނީ ވޭތުވެ ދިއަ 2 އަހަރު ދުވަހުގެ ތެރޭގައި. މެޑަމް ސާޖިދާ ވިދާޅުވެދެއްވަބައްލަވާ ރައްޔިތުންނަށް ކޮން ގެއްލުމެއްތޯ ނުވަނީ ވޭތުވެ ދިއަ 2 އަހަރުގެ ތެރޭގަ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭކަށެއް ނުޖެހޭ. އެ ސަބަބުތަކަކީ ރައްޔިތުންނަށް ލިބިފަ އޮތް މިއަދުގެ ހަމައެކަނި ބާރަކީ ކައުންސިލްތައް.
ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ކައުންސިލްތަކުގެ ބާރު ރައްޔިތުން ދޫކޮށްލައިފި ނަމަ ހުރިހާ ބާރެއް ސަރުކާރަށް ލިބިގެން ދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ދިފާއުގައި، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާނެ އެއްވެސް ފަރާތެއް އޭރުން ނޯންނާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުންގެ އަތުގަ އޮތް އެ ބާރު ދޫ ނުކޮށްލުމަށާ ސަރުކާރަށް އެ ބާރު ނުދިނުމަށް ކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

މިއަދުވެސް ސަރުކާރުގެ ނުފޫޒުން އެތައް ކަމެއް މި އިންތިޚާބު ގަޑުބަޑު ކުރުމަށްޓަކައި ކުރަމުންދާއިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކެންޑިޑޭޓުންނަށް ބިރު ދައްކަމުން ދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.  އެގޮތުން އެސްއޯއީ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރުދައްކަމުން ދާ ކަމަށާ ބައެއް މުވައްޒަފުން މިހާރު ވަކި ވެސް ކޮށްފއިވާއިރު އަނެއްބައި މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. 

އެމްޑީޕީއަބްދުﷲ ވަހީދުޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު

18 އޯގަސްޓު 2026
އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު
18 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

18 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
16 އޯގަސްޓު 2026

ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!

16 އޯގަސްޓު 2026
ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް