Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

އިންތިޚާބުތައް އޮޅުވާލުމަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިހާރު ފެންނަނީ ރައްޔިތުންގެ ބާރުތައް އަތުލައި ވެރިކަން މަރުކަޒުކޮށް ޚުދުމުހުތާރުވަމުންދާ މަންޒަރު ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ފެބުރުއަރީ 2026 | އަންގާރަ 03:40
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ޚާއްސަކޮށް ޒުވާނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބާއި މެދު ވިސްނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޒުވާނުން ނުކުމެ ޕީއެންސީ އާއި ދެކޮޅަށް ވޯޓު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަަމަށް ޝާހިދު ވިދާޅުވި އެވެ. މި ވޯޓަށްފަހު ޒަމާންތަކެއް ވަންދެން ދިވެހިންނަށް ވޯޓެއް ލާނެ ފުރުސަތެއް ނުލިބި ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

އިންތިޚާބުތައް އޮޅުވާލުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ އަމަލުތައް ބައްޓަންކުރަމުންދާ ކަމަށް ޝާހިދު ސިފަކުރެއްވި އެވެ. ރިމޯޓަށް ފިތާލީމަ ކަން ހިނގާ އުސޫލުން ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރުމަކީ އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި، އެއީ މިނިވަން ކަމާއި އެކު ވޯޓުލާން ލިބޭ ފުރުސަތަކަށް ވެގެން ނުދާނެ ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

"މިކަހަލަ ވާހަކަ ދެއްކީމަ ހީވެދާނެ ކަންބޮޑުކޮށްގެން ވާހަކަދައްކަނީ ކަމަށް. އަޅުގަނޑަކީ ކަންކަން ހިނގާ ގޮތް ސާފުކޮށް ފޮރުވުމެއް ނެތި ދަންނަވާ މީހެއް. މިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ދެންނެވިން ހުދުމުހުތާރު ވެރިއެކޭ ތި ގެންނަވަނީ. ހަމަ އެހެންވީ." ޝާހިދު ވިދާޅުވި އެވެ.

ޕީއެންސީ އަކީ ރައްޔިތުންނަށް ބާރު ދިނުމުގެ ވިސްނުން ގެންގުޅޭ ބައެއް ނޫން ކަމަށާއި ވެރިކަން ލިބޭ ކޮންމެ ފަހަރަކު ފެންނަނީ ރައްޔިތުންގެ ބާރު ދަމާ އަތުލާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މަރުކަޒުކުރުމާއި ޚުދުމުހުތާރު ވެރިކަމެއްގެ ސިފަ މިހާރު ފެންނަމުންދާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ޑަބްލިއުޑީސީޕީއެންސީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް

02 ފެބުރުއަރީ 2026
ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް
02 ފެބުރުއަރީ 2026

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
02 ފެބުރުއަރީ 2026

ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

02 ފެބުރުއަރީ 2026
ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި
02 ފެބުރުއަރީ 2026

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

02 ފެބުރުއަރީ 2026
އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް
02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު