Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުސައިން ފިޔާޒު މޫސާ

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

މީގެ ކުރިންވެސް އެކިފަހަރު މަތިން ފިޔާޒުއަށް މަރުގެ އިންޒާރު ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާވެސް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދައްކަވައިފިކަމަށް ފިޔާޒު ވަނީ ވިދާޅުވެފަ. މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ފުލުހުން ކުރިއަށްދާ ގޮތާމެދު ގިނަބަޔަކު ސުވާލު އުފައްދާ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 06:46
 އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ.

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ. | ސޯޝަލް މީޑިއާ

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ޖޯކު ޖަހާނަމަ، މަރާލާނެ ކަމަށް ބުނެ އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ފޭސްބުކް އެކައުންޓްއަކުން އިންޒާރު ދީފި އެވެ. 

އަދަދު ނޫހުން ޝައިއުކޮށްފައިވާ ހަބަރުގައި ވާގޮތުން ފިޔާޒުއަށް މަރުގެ އިންޒާރު ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ފޭސްބުކް ގައި ހިންގާ އެކައުންޓަކުންނެވެ. 'ޔޫސުފް އާސް' ގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓުން ރޭ ދަންވަރު 3:30 ގައި ފިޔާޒުއަށް މެސެންޖާއިން ފޮނުވި މެސެޖުގައި އިންޒާރުދީ ބުނެފައި ވަނީ ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށެވެ.

Advertisement - newsAdvertisement
ފިޔާޒުއަށް ދިން މަރުގެ އިންޒާރު
ފިޔާޒުއަށް ދިން މަރުގެ އިންޒާރު

މީގެ ކުރިންވެސް އެކިފަހަރު މަތިން ފިޔާޒު އަށް ވަނީ  މަރުގެ އިންޒާރު ދީފަ އެވެ. އެގޮތުން މި ވެރިކަން ފެށުނު ފަހުން ފިޔާޒުއާއި މީހަކު މަގުމަތިން ދިމާކޮށް ވަނީ އިންޒާރު ދީފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވަނީ ފިޔާޒުއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދައްކަވައިފަ ކަމަށް ފިޔާޒު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ދާދިފަހުން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން ގެ ރައީސް އަހުމަދު ނާއިފް އަށް ވެސް ފޭސްބުކް އެކައުންޓްއެއް މެދުވެރިކޮށް ވަނީ  މަރުގެ އިންޒާރު ދީފަ އެވެ. އަދި ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމުއަށް ވެސް ސޯޝަލް މީޑިއާގައި މީހަކު ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެހެންނަމަވެސް އެއްވެސް މައްސަލައެއް ތަހުގީގު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެ އެވެ. 

ނޫސްވެރިންނާއި ސަރުކާރާ ދެކޮޅަށް ބަސް ބުނާ މީހުންނަށް އަމާޒުކޮށް މަރުގެ އިންޒާރު ދިނުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ފުލުހުން ކުރިއަށްދާ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިފަދަ އިންޒާރުތައް ދިނުމަށްފަހު މީގެ ކުރިން ރާއްޖޭގައި ނޫސްވެރިންނަށް ބޮޑެތި އަނިޔާ ދިނުމާއި، ފުރާނަ ދުއްވާލުމުގެ ލާއިންސާނީ އަމަލުތައް ވެސް ވަނީ ހިންގާ ފައެވެ. 

ޕީއެންސީހުސެއިން ފިޔާޒް މޫސާއަދަދު ނޫސްރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު