Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

އިންތިޚާބުތައް ގިނަވުމުން ދައުލަތުގެ ޚަރަދު ބޮޑުވެ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސްއެޅޭތީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2026 | ހޯމަ 14:23
ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

 ދެ އިންތިހާބު އެއްކޮށްލަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އާދަމް ޝަރީފް ވަނީ ނިޒާމީ ގޮތުން އެންމެ ރަނގަޅު ގޮތަކީ އިންތިޚާބުތައް އެއްކޮށްލުން ކަމަށް ވިދާޅުވެފަ އެވެ. މިހާރު ދައުރެއްގެ ތެރޭގައި އޮންނަ އިންތިޚާބުތައް ގިނަ ވުމުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސަކަށް ހުންނަވާ ބެފުޅާ އަށް ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ފުރަތަމަ 6 މަސް ދުވަސް ރައީސް ހޭދަކުރައްވަން ޖެހެނީ މަޖިލީހުގެ އޮއެވަރުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ދުވަސް ކޮޅެއް ފަހުން ކައުންސިލް އިންތިޚާބަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބަދު އިންތިޚާބުތަކުގެ ތެރޭގައި އޮންނަން ޖެހުމަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ފެހި ޤާނޫނުއަސާސީއަކީ 30 އަހަރުގެ ވެރިކަމެއް ނިންމުމަށް ބައްޓަން ކުރި އެއްޗެއް. ޒަމާނާ އެއްގޮތަށް އޭގެ އިސްލާހީ ބަދަލުތައް ގެނައުމަކީ ގައުމުގެ އިގްތިސާދަށާއި ހިންގުމަށްޓަކާ މުހިންމު ކަމެއް." އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ލިބުނު ކުރު މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ސިފަކުރައްވާ އެކަން ދިފާއުކުރައްވަން މަސައްކަތް ކުރައްވާފަ އެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ބޭއްވުން އިތުރަށް ލަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް ޕީއެންސީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ވަނީ ކައުންސިލް އިންތިހާބުގެ ވޯޓާ އެކު ރެފެރެންޑަމް ބާއްވާނަމަ ރައްޔިތުން ހޭލުންތެރިކުރުމަށް ލިބެނީ މަދު ވަގުތުކޮޅެއް ކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވަނީ އިންތިޚާބުތައް އެއްކޮށްލުމަށް ދިރާސާ އެއް ހެދުން މުހިންމު ނޫން ކަމަށާއި މިއީ ބުއްދީގެ ހަމަތައް ޤަބޫލުކުރާ ގޮތް ކަމަށް ފާހަގަކުރައްވާ އިންތިޚާބުތައް އެއްކޮށްލުމަށް ފަހިވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. 

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އިންތިޚާބުތައް އެއްކޮށްލުން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާދަމް ޝަރީފު އުމަރުޕީއެންސީމިނިސްޓްރީ އޮފް ލޯކަލް ގަވަރމަންޓްރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

02 ފެބުރުއަރީ 2026
ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި
02 ފެބުރުއަރީ 2026

ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!

02 ފެބުރުއަރީ 2026
ކޭޕާކު ޚިޔާނަތުގެ ފައިސާ ވަޒީރު ސައީދަށް ލިބުނު ކަމުގެ ތުހުމަތު، ސައީދު ގެ ކޮމެންޓެއް ނެތް!
01 ފެބުރުއަރީ 2026

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި

01 ފެބުރުއަރީ 2026
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި
01 ފެބުރުއަރީ 2026

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!
01 ފެބުރުއަރީ 2026

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި
31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
30 ޖެނުއަރީ 2026

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

29 ޖެނުއަރީ 2026

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"
28 ޖެނުއަރީ 2026

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

28 ޖެނުއަރީ 2026
ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު