Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026 | ބުދަ 08:54

ވަހީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ މެނިފެސްޓޯއެއް އާއްމު ކުރާނެ ކަމަށް. އަދި ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ލާމަރުކަޒީ ނިޒާމު ދަންނަ ފަރިތަ ބަޔަކަށް ވާނެ ކަމަށާއި، ކެންޑިޑޭޓުންނަށް ދޭން ޖެހޭ ތަމްރީނުތައް ދެމުންދާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2026 | ބުދަ 08:54
އެމްޑީޕީ އިން މާލޭ ގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" މުޒާހަރާގެ ތެރެއިން

އެމްޑީޕީ އިން މާލޭ ގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" މުޒާހަރާގެ ތެރެއިން | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންދާ ކަމަށާއި، ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ އިންތިޚާބަށް ފެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާގެ ދަށުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ފަދަ މެނިފެސްޓޯއެއް އާއްމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަހީދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ލާމަރުކަޒީ ނިޒާމު ދަންނަ ފަރިތަ ބަޔަކަށް ވާނެ ކަމަށާއި، ކެންޑިޑޭޓުންނަށް ދޭން ޖެހޭ ތަމްރީނުތައް ދެމުންދާ ކަމަށެވެ. 

މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ލާމަރުކަޒީ ނިޒާމު ދަންނަ، ލާމަރުކަޒީ ނިޒާމުގައި އެބަހުރާ ހަމަތަކުގެ މަތީން ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތް ކުރަމުން.  ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއިންތިޚާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނާ އަދި އެއާއެކުގައި މިއިންތިޚާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކެއްގެ ކެންޕޭން ޓީމްތަކަށް ވެސް އަޅުގަނޑުމެން މިދަނީ އެބޭފުޅުންނަށް ބޭނުންވާ  ތަމްރީން ދެމުން. 
އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު 

ވަހީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއް ކަމަށާއި، އިންތިޚާބުތަކަށް ކުރިމަތިލާނީ ވަރަށް ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށެވެ.

މި އިންތިޚާބުގައި އެމްޑީޕީން ނުކުންނަނީ ސިޔާސީ ނުފޫޒުން ކައުންސިލްތައް ހިމާޔަތް ކުރުމަށްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު، ކައުންސިލްތަކުގެ ބާރު ހަނި ކޮށްފައިވާ ކަަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް ޕީއެންސީއަށް ދިނުމުން، މިއަދު މަޖިލީހުގައި ރައްޔިތުންގެ ބާރު ނެތް ކަމަށް ވަހީދު ވިދާޅުވި އެވެ. 

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއަބްދުﷲ ވަހީދުޕީއެންސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު
28 ޖެނުއަރީ 2026

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް